Roadha Mihaaru

އީސީގެ ރައީސް ޝަރީފް އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް އެ ކޮމިޝަނުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އީސީގެ ރައީސް ޝަރީފް އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް އެ ކޮމިޝަނުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޝަރީފް އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި، ކޮމިޝަންގެ ރައީސްކަމާއި މެންބަރުކަމުން އިސްތިއުފާ ދެއްވަނީ އެ މަގާމުގައި އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށް ގަބޫލުކުރެއްވޭތީ އާއި އެހެން ބޭފުޅަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެފައި ކަމަށް ވަނީ އެނގިފަ އެވެ.

"ކޮމިޝަންގެ ރައީސެއްގެ ގޮތުން ދައުލަތަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެވިއްޖެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ، މި ވަޒީފާއިން ލިބެންވާ ތަޖުރިބާތައް ލިބިފައިވުމާ އެކު، އެހެން ބޭފުޅަކަށް ފުރުސަތު ދިނުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުންނާއި، އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ." އިސްތިއުފާގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ތިން އިންތިހާބުގައި އިހްލާސްތެރިކަމާ އެކު މަސައްކަތްކޮށްދެވުމުގެ ކަމުގެ ހިތްހަމަޖެހުން ލިބޭ ކަމަށެވެ. އަދި ކުރިމަގުގައި ވެސް ރައްޔިތުންގެ ހިދުމަތުން ފެންނާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އީސީގެ މެންބަރުކަމަށް ޝަރީފް އައްޔަންކޮށް މަގާމުގެ ހުވާކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާޗް 6، 2018 ގަ އެވެ. ހަމަ އެ ދުވަހު އޭނާ ވަނީ ކޮމިޝަންގެ ރައީސްކަމާ ހަވާލުވެވަޑައިިގެންފަ އެވެ. އެއީ ކުރިން އީސްގެ ރައީސްކަމުގައި ހުންނެވި އަހްމަދު ސުލައިމާން އިސްތިއުފާ ދެއްވުމުންނެވެ. ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެން އެންމެ ފަހުން ރިޔާސީ އިންތިހާބަށް ފަހު އިންތިހާބުގައި މަކަރު ހެދިކަމުގެ ތުހުމަތާ އެކު ޔާމީނާއި ސަޕޯޓަރުންގެ ފަރާތުން ޝަރީފާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާތައް ވެސް ކޮށްފައިވެ އެވެ.