ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވާފައިވާ މަައްސަލައިގައި ޕީޖީ އޮފީހުން ހޯދަން އެދިފައިވާ ލިޔުންތައް އެއްކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
24 ޖޫން 2021
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވާފައިވާ މަައްސަލައިގައި ޕީޖީ އޮފީހުން ހޯދަން އެދިފައިވާ ލިޔުންތައް އެއްކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ މައްސަލައިގައި ޕީޖީ އޮފީހުން ވަނީ އިތުރު ބައެއް މައުލޫމާތުތައް ހޯދަން އޭސީސީގައި ދެ ފަަހަރެއްގެ މަތިން އެދިފަ އެވެ.
ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި އޮތް މި މައްސަލައާ ގުޅޭ ގޮތުން އޭސީސީގެ މީޑިއާ އޮފިޝަލު ހަސަން މަނިކު "މިހާރު" އަށް ވިދާޅުވީ، ޕީޖީން ހޯދަން އެދުނު ކަންކަން ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އެ މަސައްކަތްތައް ދެން މާ ލަހެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭސީސީގައި ހޯދަން އެދުނީ، ހެކިތަކަކާ ގުޅޭ ލިޔުންތަކެކެވެ. މަހުލޫފަށް ދައުވާކުރުމާ މެދު ގޮތެއް ނިންމާނީ ސާފުކުރަން ބޭނުންވާ ކަންތައްތައް ސާފުކުރުމަށް ފަހު ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
އޭނާއަށް ދައުވާކުރަން ފޮނުވާފައިވާ މައްސަލައާ ގުޅިގެން މަހުލޫފު ކުރިން ވިދާޅުވެފައި ވަނީ، އޭނާއާ ދެކޮޅަށް ހެކި ހޯދާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބޭނުންވާ ވަރަށް ދައުވާ ފުރިހަމަ ނުވާނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދީ އޭސީސީން ޕީޖީ އަށް ފޮނުވި ދުވަހުން ފެށިގެން ވަޒީރުކަމުން ސަސްޕެންޑު ކޮށްފައިވާ މަހްލޫފު ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ދައުވާކުރަން އުޅެނީ ޒާތީވެ، މަގާމުން ވަކި ކުރުމުގެ ބޭނުމުގައި ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން މަހުލޫފަށް ލިބުނު ކަމަށް އޭސީސީން ތުހުމަތު ކުރަނީ 33،000 ޑޮލަރެވެ. އޭސީސީން ބުނެފައި ވަނީ އެ ފައިސާ އަކީ މަހުލޫފު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިން ފައިސާ ކަމަށެވެ.
މަހުލޫފު ކުރިން ވިދާޅުވީ، އެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. ފައިސާ ދިން އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އެކަމަކު ތަހުގީގަށް ފަހު، އޭސީސީން ބުނެފައިވާ ގޮތުގައި އެއީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތެވެ.
މަހުލޫފުގެ ނަން ހިޔާނާތުގެ ލިސްޓުގައި އޮތްކަން އެންމެ ފުރަތަމަ އެނގުމުން ވެސް އޭނާ ސަސްޕެންޑު ކުރި އެވެ. ނަމަވެސް، ފަހުން އޭނާގެ ސަސްޕެންޝަން އުވައިލީ އެވެ. އެހެންވެ، މިއީ މި މައްސަލައިގައި ވަޒީރުކަމުން މަހްލޫފު ސަސްޕެންޑު ކުރި ދެވަނަ ފަހަރެވެ.
ޔޫތު މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްފި
"އަޅުގަނޑަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން"
މަހްލޫފުގެ މައްސަލަ އަނބުރާ ފޮނުވައެއް ނުލާ: ޕީޖީ
ޚިޔާނާތު މައްސަލާގައި މަހުލޫފަށް ދައުވާކުރަން ފޮނުވައިފި
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
ޒާތީ ނިންމުމެއް ކަމުގެ ތުހުމަތަށް ޖަވާބެއް ނުދެއްވި!
އިސްތިއުފާއެއް ނުދޭނަން: މަހްލޫފް
މަހްލޫފްގެ ސަސްޕެންޝަން އުވުނީ އުސޫލަށް ގެނައި ބަދަލުން
މަހްލޫފްގެ މައްސަލައިގައި ޕީޖީން ދެނީ އެއް ޖަވާބެއް!