ހަކުރުބަލި ހުންނަ މީހުންނަށް ހާއްސަކޮށް ޕާކިސްތާނުގައި އެކި ވައްތަރުގެ "ޝުގަ ފްރީ" އަނބު ވިއްކަން ފަށައިފި އެވެ.
ހަކުރުބަލި ހުންނަ މީހުންނަށް ހާއްސަކޮށް ޕާކިސްތާނުގައި އެކި ވައްތަރުގެ "ޝުގަ ފްރީ" އަނބު ވިއްކަން ފަށައިފި އެވެ.
އަނބަކީ ގިނަ އަދަދަކަށް ހަކުރު އެކުލެވޭ މޭވާއެކެވެ.
ޕާކިސްތާނުގެ ދަނޑެއްގައި "ޝުގަ ފްރީ" އަނބު ހެއްދީ ކުރިން ހަދާފައި އޮތް ދިރާސާއަކަށް ބަލައި، އެޔަށް އިތުރު ބަދަލުތައް ގެނެސްގެންނެވެ.
ހަކުރުގެ މިންވަރު އެކި ވަރަށް ހުންނަ ތަފާތު ތިން ވައްތަރެއްގެ އަނބު ހައްދަ އެވެ. މި އަނބުތަކަށް ކިޔާ ނަންތަކަކީ ސޮނާރޯ އާއި ގުލެން އަދި ކެއިތު އެވެ. މި އަނބުތަކުގައި ހަކުރުގެ މިންވަރު ހުންނަނީ 4-7 ޕަސެންޓާ ދެމެދުގަ އެވެ.
ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގައި ދިރިއުޅުނު، އަނބުގެ އެކްސްޕާޓް އަދި ދަނޑުވެރިއެއް ކަމަށްވާ އެމް އެޗް ޕަންވަރު މަރުވުމުން އޭނާ ކޮށްފައިވާ އޮތް މި ދިރާސާގެ އަލީގައި މި މަސައްކަތް ކުރީ އޭނާ އަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ކަމަށްވާ ގުލާމް ސަރުވާރު އެވެ.
އަނބާއި ދޮންކޭލާ ގުޅޭ ގޮތުން އެމް އެޗް ޕަންވަރު ކުރި ދިރާސާގެ އަގުވަޒަންކޮށް، ޕާކިސްތާނުގެ ސަރުކާރުން ދޭ އެންމެ މަތީ އެއް ޝަރަފުގެ އެވޯޑު ކަމުގައިވާ "ސިތާރާ އެ އިމްތިއާޒް" ވެސް އޭނާ އަށް ދީފައިވެ އެވެ.
އޭނާ މަރުވުމުން، ގުލާމް ވަނީ މި ދިރާސާ އިތުރަށް ފުޅާކުރުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކުން ތަފާތު ވައްތަރުގެ އަނބު ގެންގޮސް، އޭނާގެ ދަނޑުގައި ހައްދައި އަންނަ ތަފާތުތައް ބަލައިފަ އެވެ. އޭނާ މި ކަން ކުރީ އިތުރު ބައެއްގެ އެހީ ނެތި އަމިއްލަ އަށެވެ.
ގުލާމް ބުނީ އޭނާގެ މި އާ ޓެކްނިކްގެ ސަބަބުން ހަކުރުގެ މިންވަރު ދަށްވުމުގެ އިތުރުން، އަނބު ހަލާކުވުން ވެސް ލަސްވާ ކަމަށެވެ.
ހަކުރުގެ މިންވަރު އެންމެ މަތީ ކެއިތު އަނބުގަ އެވެ. އެއީ 4.7 ޕަސެންޓެވެ. އަދި ސޮނާރޯ އާއި ގުލެންގައި 5.6 އާއި 6 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހަކުރު ހުރެ އެވެ. މީގެ އަނބު ކިލޯއެއް ވިއްކަނީ 150 ޕާކިސްތާނު ރުޕީސް އަށެވެ.
އާންމުކޮށް އަނބެއްގައި 15 ޕަސެންޓަށް ހަކުރު ހުރެ އެވެ.
އެންމެ ބޮޑު އަނބުގައި 4.25 ކިލޯ
ވަޓްސްއެޕް ގްރޫޕަކުން ބޭރުކޮށްލުމުން އެޑްމިން މަރާލައިފި
ޕާކިސްތާނު ސިފައިންނަށް ހަމަލާދީ 18 މީހަކު މަރާލައިފި
ޗޮކްލެޓެއް ނެގުމުން ކުއްޖަކަށް އަނިޔާކޮށް މަރާލައިފި
ޕާކިސްތާނަށް ފީފާގެ ސަސްޕެޝަނުގައި ހެޓްރިކެއް
ސޯޝަލް މީޑިއާގައި ދޮގު ފަތުރާނަމަ ޕާކިސްތާނުގައި ޖަލަށް
ތައުލީމް ދިނުމާގުޅޭ ސަމިޓްގައި ތާލިބާން ބައިވެރިއެއްނުވި
ރޭޕްކުރާތީ ދެ ދަރިން ބައްޕަ ގައިގައި ރޯކޮށް މަރާލައިފި
ޕާކިސްތާނުގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ޕާކިސްތާނުގެ ހަމަލާތަކެއްގައި އަފްޣާނިސްތާނުން 46 މަރު