މި އަހަރުގެ ކުރީކޮޅު ޗައިނާގެ މާކެޓަށް ހާއްސަކޮށްގެން ލެނޯވޯ އިން ނެރުނު ޓެބްލެޓް، ޔޯގާ ޕެޑް ޕްރޯގެ އެންޑްރޮއިޑް އާ ވާޝަނެއް އިންޓަނޭޝަނަލް މާކެޓަށް ނެރެން ތައްޔާރުވެއްޖެ އެވެ.
29 ޖޫން 2021
މި އަހަރުގެ ކުރީކޮޅު ޗައިނާގެ މާކެޓަށް ހާއްސަކޮށްގެން ލެނޯވޯ އިން ނެރުނު ޓެބްލެޓް، ޔޯގާ ޕެޑް ޕްރޯގެ އެންޑްރޮއިޑް އާ ވާޝަނެއް އިންޓަނޭޝަނަލް މާކެޓަށް ނެރެން ތައްޔާރުވެއްޖެ އެވެ.
ކުންފުނިން މިއަށް ދިފައިވާ ނަމަކީ ޔޯގާ ޓެބް 13 އެވެ. އަދި މީގެ ހާއްސަ ކަމަކީ އެކްސްޓާނަލް ޑިސްޕްލޭއެއްގެ ގޮތުގައި ވެސް ބޭނުންކޮށްލެވުމެވެ. މިއީ ތަނެއްގެ މަތީގައި ބެހެއްޓުމުގެ އިތުރަށް ފާރު ކަހަލަ ތަނެއްގައި އަޅުވައިގެން ވެސް ބޭނުންކޮށްލެވޭނެ އެއްޗެކެވެ. މީގެ އެޓޭޗްޑް ސްޓޭންޑްގައި ޑިސްޕްލޭ 180 ޑިގްރީ އަށް ރޮޓޭޓް ވެސް ކުރެވޭނެ އެވެ.
ޔޯގާ ޓެބް 13 ގެ އަަގަކީ 679 ޑޮލަރު (10,456ރ.) އެވެ.
Get lost in your favorite shows anywhere you want with a 13" 2K Dolby Vision display and all-day battery.
— Lenovo (@Lenovo) June 28, 2021
Introducing Lenovo Yoga Tab 13 with a built-in kickstand and cinematic surround sound. #LenovoMWC #MWC21
ލެނޯވޯ އިން ބުނި ގޮތުގައި މި ޑިވައިސް އަކީ އެ ކުންފުނީގެ ޕްރެޒިޝަން ޕެން 2 ވެސް ބޭނުންކުރެވޭނެ އެވެ. އަދި ގިނަ ކަންކަމަށް ބޭނުންކުރަން ފަސޭހަ އެއްޗަކަށް ވާނެ އެވެ. އެގޮތުން ވީޑިއޯ ކޯލް ހަދާ އިރު، ފަހަތުން އިވޭ އަޑުތައް ދަށްކޮށްލައި، ވީޑިއޯ ކޯލް ފުރިހަމަކޮށްދޭން ވެސް މިއީ ވަރަށް ރަނގަޅު އުފެއްދުމަކަށް ވާނެ އެވެ.
A new tablet that delivers first-class entertainment with 2K visuals, quad speakers, and 15 hours of battery life for all-day fun for the family.
— Lenovo (@Lenovo) June 28, 2021
Introducing the Lenovo Yoga P11 Plus with built-in kids’ mode with Google Kids Space. #LenovoMWC #MWC21
ޔޯގާ ޓެބް 13 އާ އެކު ލެނޯވޯ އިން އެންޑްރޮއިޑް ޓެބްލެޓްގެ އިތުރު ވާޝަންތަކެއް ވެސް ނެރެން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި ޔޯގާ ޓެބް 11 އާއި ޓެބް ޕީ11 ޕްލަސްގެ އިތުރުން އެ ޑިވައިސްތަކަށް ވުރެ އަގުހެޔޮކޮށް ވިއްކާނެ ޓެބް އެމް7 އާއި ޓެމް އެމް8 ހިމެނެ އެވެ.
މި ޑިވައިސްތައް މި މަސް ނިމުމުގެ ކުރިން ވިއްކަން ފަށާނެ އެވެ.
ލެނޯވޯ ލެޕްޓޮޕްތަކަށް ވަޔަލެސް ޗާޖިން
އޮޕޯގެ ފަތްޖެހޭ ފޯނު ދައްކާލައިފި
އޮޕޯގެ ފޯނެއްގައި ކެމެރާއެއް ތަފާތު ގޮތަކަށް
"މެޓަ" ގެ ނަމުގެ މައްސަލަ ބޮޑުވެދާނެ
ވަން ޕްލަސްގެ "ހެރީ ޕޮޓާ" ތީމް ގަޑި އިންޑިއާ އަށް
ޝޯމީގެ އަމާޒަކީ ފޯނަކަށް ފުދޭ ސްމާޓް އައިނެއް
ރިއަލްމީން އެންޑްރޮއިޑް ފޯނަކުން އާ ކަމެއް ކުރަނީ
އެންމެ ބޮޑު އެސްޓްރޮނޮމީ މިއުޒިއަމް ޗައިނާގައި
ޔޫއޭއީން 2030 އަށް 6ޖީ ގެންނަން އަމާޒު ހިފައިފި
އެހީތެރިއެއްގެ ގޮތުގައި އުޅޭނެ އަގުހެޔޮ ރޮބަޓެއް