01 ޖުލައި 2021
އެމްޕީއެލް އިން ދެމުން އައި ބަހުގެ ހިދުމަތް އެމްޓީސީސީއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފި އެވެ.
އެމްޕީއެލް އިން ދެމުން އައި ބަހުގެ ހިދުމަތް އެމްޓީސީސީއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފި އެވެ.
ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުގެ މައި ބަސް ސްޓޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
އެމްޕީއެލު އިން ދެމުން އައި ބަހުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރީ އެއް ފުރާޅެއްގެ ދަށުން ރާއްޖޭގެ ހުރިހާ ޕަބްލިކް ޓްރާންސްޕޯޓެއް ހިންގުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުންނެވެ. އެގޮތުން، އެމްޕީއެލްގެ ދަށުން ދެމުން އައި ހުރިހާ ޓްރާންސްޕޯޓު ހިދުމަތަކާއި އެ ހިދުމަތް ދޭން ތިބި މުވައްޒަފުން މިހާރު ވަނީ އެމްޓީސީސީއަށް ބަދަލުކޮށްފަ އެވެ.
މާލެ ސަރަހައްދުގެ އިތުރުން އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅުގައި ވެސް އެމްޕީއެލް އިން އައީ ޓްރާންސްޕޯޓުގެ ހިދުމަތް ދެމުންނެވެ. މި ހުރިހާ ހިދުމަތެއް މިއަދުން ފެށިގެން ފޯރުކޮށްދޭނީ އެމްޓީސީސީންނެވެ.
އެމްޓީސީސީއާ ބަހުގެ ހިދުމަތް ހަވާލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްޓީސީސީއާ ބަހުގެ ހިދުމަތް ހަވާލު ކުރުމުން އެ ހިދުމަތް އިތުރަށް ފުރިހަމަވާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ވެސް އިތުރު ފަސޭހަތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޓީސީސީ އަކީ ސަރުކާރުން ޓްރާންސްޕޯޓަށް ހާއްސަކޮށްގެން އުފެއްދި ކުންފުންޏެއް. އެ ކުންފުނީގެ ތަޖުރިބާއާއި ވަސީލަތްތަކާއި ގާބިލު ކަމާ އަޅުގަނޑުމެން މިއަދު މި ހަވާލު ކުރާ ވަސީލަތްތަކާ އެއްވެގެންދާއިރު އަޅުގަނޑު ގަބޫލު ކުރަނީ މިއަދު މި ދެމުން ގެންދާ ފެންވަރަށް ވުރެ ރަނގަޅަށް ހިދުމަތް ދިނުމުގެ ގާބިލުކަން އެ ކުންފުނީގައި ހުންނާނެ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.
އެމްޓީސީސީއާ ބަހުގެ ހިދުމަތް ހަވާލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އާޒިމް ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
މި ބަދަލާއެކު އެމްޓީސީސީގެ ދަށަށް ބަދަލުވި އެމްޕީއެލްގެ މުވައްޒަފުންނަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެމްޕީއެލު އިން އެ މުވައްޒަފުންނަށް ދެމުން އައި ލޯތްބާއި އަޅާލުން އެމްޓީސީސީން ވެސް ދޭނެ ކަމުގެ ޔަގީން ކަން އާޒިމް ދެއްވި އެވެ.
އާޒިމް ވިދާޅުވީ އެންމެ ބޮޑު ޓްރާންސްޕޯޓު ނެޓްވޯކު އެ ކުންފުނީގެ ދަށުން ހިންގަން ފުރުސަތު ލިބުމަކީ ކުންފުންޏަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޅި ރާއްޖޭގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް އަޅުގަނޑުމެންނާ ހަވާލު ކުރެވިގެން މިދިޔައީ. އަޅުގަނޑުމެން ދޭން ބޭނުންވާ ޔަގީންކަމަކީ ދިވެހިރާޖޭގެ އުތުރުން ދެކުނަށް ކަނޑުމަގުންނާއި އެއްގަމު މަގުން ދެމުން އަންނަ މި ހިދުމަތްތައް ރައްޔިތުން ބޭނުންވާ ފެންވަރުގައި ދެމުން ގެންދާނެ ކަން،" އާޒިމް ވިދާޅުވި އެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު (ކ) އާއި އެމްޓީސީސީގެ ސީއީއޯ އާޒިމް (ވ) މަޝްވަރާ ކުރައްވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އެމްޕީއެލްގެ ބަހުގެ ހިދުމަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 50 އަހަރުގެ ސާވިސް އެގްރީމަންޓެއްގެ ދަށުންނެވެ. ކުރިއަށް އޮތް ދެ މަސްދުވަހު މި ހިދުމަތް ދެމުން ގެންދާނީ އެމްޕީއެލްގެ ބެލުމުގެ ދަށުންނެވެ.
އެމްޕީއެލް އިން ބުނެފައިވާ ގޮތުގައި ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަހުގެ ހިދުމަތް ހޯދައިފަ އެވެ. އަދި އެ ހިދުމަތުން 34 މިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ލިބުނެވެ.
އެމްޕީއެލްގައި 22 ބަސް އޮތް އިރު 90 އަށް ވުރެ ގިނަ މުވައްޒަފުން ބަހުގެ ހިދުމަތް ދިނުމުގައި އުޅެ އެވެ. އައްޑުއާއި ފުވައްމުލަކާއި ލ. އަތޮޅުގެ މުވައްޒަފުންނާއެކު 270 އެއްހާ މުވައްޒަފުން ވަނީ އެމްޓީސީސީއަށް ބަދަލު ކޮށްފަ އެވެ.
އެމްޕީއެލް ބަސްތަކުން 4 މިލިިއަން މީހުން ދަތުރުކޮށްފި
ބަހުގެ ހިދުމަތް އެމްޓީސީސީއާ މި މަހު ހަވާލު ކުރާނެ
މާލޭގައި ބަހުގެ ޚިދުމަތް އެމްޓީސީސީއާ ހަވާލުކުރަނީ
ހައްޖުވެރިންނާއި އާއިލާތަކަށް އެމްޕީއެލް ބަސް ވެސް ހިލޭ
ފެރީ ޓާމިނަލާއި ސެނަހިޔާ ކައިރިއަށް ބަސް މަޑުކުރަނީ
މާލެ-ހުޅުމާލެ ބަސް ދަތުރު އެންމެ ފަހުން އެމްޓީސީސީއަށް
މާލޭގައި ފަތިހު 5ގައި ބަހުގެ ހިދުމަތް ދޭން ފަށަނީ
ސައިކަލެއް ބަހަކާއި ކާރެއްގައިޖެހި މީހަކަށް އަނިޔާވެެއްޖެ
އަމީނީމަގުގެ މަސައްކަތް ފެށުމުން ބަސް ރޫޓަށް ބަދަލެއް
އަތޮޅުތެރޭގައި އާރުޓީއެލް ބަހަށް ކާޑުން ފައިސާ ދެއްކޭނެ