04 ޖުލައި 2021
ބޮލީވުޑްގް ތެރޭގައި އުފެދޭ ލޯބީގެ ގުޅުންތަކާއި ކައިވެންޏާއި ވަރި ގިނަ އެވެ. މި އަހަރުގެ މިހާތަނަށް ވެސް ފާހަގަކޮށްލެވޭ ކައިވެނިތަކެއް ކޮށްފި އެވެ. އެއީ ޖެނުއަރީ މަހުގެ ކުރީކޮޅު ކައިވެނިކުރި ޑައިރެކްޓަރު އަލީ އައްބާސް ޒަފަރާއި އެލީޝިއާގެ ކައިވެންޏާއި ޖެނުއަރީ މަހުގެ ފަހުކޮޅު އެކްޓަރު ވަރުން ދަވަން އާއި ފެޝަން ޑިޒައިނަރު ނަތާޝާ ދަލާލްގެ ކައިވެންޏާއި ފެބްރުއަރީގައި ބަތަލާ ދިއާ މިރްޒާ އާއި ވިޔަފާވެރިޔާ ވައިބާވް ރޭކީގެ ކައިވެނީގެ އިތުރުން މިދިޔަ މަހު ބަތަލާ ޔާމީ ގޯތަމް އާއިއި ޑައިރެކްޓަރު އަދިތިޔާ ދާރްގެ ކައިވެންޏެވެ.
ބޮލީވުޑްގް ތެރޭގައި އުފެދޭ ލޯބީގެ ގުޅުންތަކާއި ކައިވެންޏާއި ވަރި ގިނަ އެވެ. މި އަހަރުގެ މިހާތަނަށް ވެސް ފާހަގަކޮށްލެވޭ ކައިވެނިތަކެއް ކޮށްފި އެވެ. އެއީ ޖެނުއަރީ މަހުގެ ކުރީކޮޅު ކައިވެނިކުރި ޑައިރެކްޓަރު އަލީ އައްބާސް ޒަފަރާއި އެލީޝިއާގެ ކައިވެންޏާއި ޖެނުއަރީ މަހުގެ ފަހުކޮޅު އެކްޓަރު ވަރުން ދަވަން އާއި ފެޝަން ޑިޒައިނަރު ނަތާޝާ ދަލާލްގެ ކައިވެންޏާއި ފެބްރުއަރީގައި ބަތަލާ ދިއާ މިރްޒާ އާއި ވިޔަފާވެރިޔާ ވައިބާވް ރޭކީގެ ކައިވެނީގެ އިތުރުން މިދިޔަ މަހު ބަތަލާ ޔާމީ ގޯތަމް އާއިއި ޑައިރެކްޓަރު އަދިތިޔާ ދާރްގެ ކައިވެންޏެވެ.
ބޮލީވުޑްގައި ކުރިއަށް ވެސް ބޮޑެތި ކައިވެނިތަކެއް އެެބަ ހުއްޓެވެ. ނޭނގެނީ އެ ކައިވެނިތައް ކުރެވޭނެ އިރެކެވެ. އެކަމަކު ފޭނުން ވެސް ވަރަށް އިންތިޒާރުކުރާ ކައިވެނިތަކެއް ވެސް އެބަހުއްޓެވެ.
ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ވާހަކަ ދެކެވެމުން އަންނަތާ މިހާރު ތިން އަހަރު ވަނީ އެވެ. މިއީ ބޮލީވުޑްގެ ކުރިއަށް ހުރި ކައިވެނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކައިވެންޏަށް ވާނެ އެވެ. ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ ކައިވެންޏަކީ ވެސް މިއީ އެވެ.
ރަންބީރް، 38، އަކީ ކުރީގެ އެކްޓަރު ރިޝީ ކަޕޫރާއި ނީޓޫ ސިންގްގެ ދެ ދަރިންގެ ތެރެއިން ހަމައެކަނި ފިރިހެން ދަރިފުޅެވެ. އާލިއާ، 28، އަކީ ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓާއި ބަތަލާ ސޯނީ ރާޒްދާން ދެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ.
މި ދެ ތަރިން ލޯބީގެ ގޮތުން ގުޅުނު ފަހުން ދެ އާއިލާގެ ގުޅުން ވަރަށް ބަދަހި އެވެ. ތަފާތަކީ ހަމައެކަނި މިހާރު އާލިއާ އާއި ރަންބީރްގެ ގުޅުމުގައި ކައިވެނީގެ ގޮށްޖެހިގައި ނެތުމެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ކައިވެނި އަންނަ އަހަރު ފެނިގެން ދާނެ އެވެ.
އާލިއާއާ ރައްޓެހިވުމުގެ ކުރިން ރަންބީރް ބަތަލާ ދީޕިކާ ޕަދްކޯނާއި ބަތަލާ ކެޓްރީނާ ކައިފާ ވެސް ވަރަށް ސީރިއަސް ލޯބީގެ ގުޅުންތަކެއް ބޭއްވި އެވެ. އެކަމަކު ދީޕިކާ އާއި އެކްޓަރު ރަންވީރު ވަނީ 2018 ގައި ކައިވެނިކޮށްފަ އެވެ.
ރަންބީރްގެ ކުރިން އާލިއާ ރައްޓެހިވީ އޭނާގެ ފުރަތަމަ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ" ގައި ހިމެނުނު އެކްޓަރު ސިދާތު މަލްއުތުރާއާ އެވެ.
ކުރިން ކައިވެންޏެއްކޮށް މިހާރު ޒުވާން އުމުރަށް އަޅާފައިވާ ފިރިހެން ދަރިޔަކު ވެސް ހުރި މަލައިކާ އަރޯރާ އާއި އެކްޓަރު އަރުޖުން ކަޕޫރްގެ ގުޅުމުގެ ވާހަކަ އަކީ މި ފަހުން މީޑިއާތަކުގައި އެންމެ ގިނައިން ދެކެވޭ އެއް ވާހަކަ އެވެ.
މަލައިކާ، 47، ކުރިން ކައިވެނިކުރީ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ޚާނާ އެވެ. އެ ކައިވެނި 2018 ގައި ރަސްމީކޮށް ރޫޅުމާ އެކު އޭނާ ރައްޓެހިވީ އަރުޖުން، 36، އާ އެވެ. އަނިލް ކަޕޫރަށް ބޮޑުބޭބެ ކިޔާ އަރުޖުން އަކީ މަލައިލާ އަށް ވުރެ 11 އަހަރު ހަގު އެކްޓަރެކެވެ.
މި ދެ މީހުން ކައިވެނިކުރަން އުޅޭ ވާހަކަ މި ފަހުން އެތައް ފަހަރެއްގެ މަތިން މީޑިއާތަކުގައި ދެކެވިފައިވެ އެވެ. އެކަމަކު އަރުޖުން ބުނަނީ އަދި ކައިވެންޏަށް ތައްޔާރު ނޫން ކަމަށެވެ.
އާދާރު ޖެއިން އާއި ތާރާ ސުތާރިއާ އަކީ އަދި ބޮލީވުޑަށް ވަރަށް އާ ދެ ތަރިންނެވެ. އާދާރަކީ ރަންބީރްގެ ކަޒިންއެކެވެ.
އޭނާ އާއި ތާރާގެ ލޯބީގެ ވާހަކަ ދެކެވޭތާ މިހާރު ދޮޅު އަހަރު ވެދާނެ އެވެ. ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ތާރާ އަކީ 2019 ގެ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތައާރަފުވި ބަތަލާއެކެވެ. އޭނާ އާއި އާދާރް ރައްޓެހިވުމުގެ ކުރިން އެކްޓަރު ސިދާތު ރައްޓެހިވިކަމުގެ އަޑުތަކެއް ވެސް އެރި އެވެ.
މި ދޭތެރެ އިން އާދާރް، 26، އާއި ތާރާ، 25، ވަރަށް އަވަހަށް ކައިވެނިކުރާނެކަމުގެ އަޑުތަކެއް ވެސް އެރި އެވެ.
ރިޕޯޓްތައް މިހާރު ބުނާ ގޮތުން ސިދާތާއި ބަތަލާ ކިއާރާ އަދުވާނީ މިހާރު އުޅެނީ ރައްޓެހިވެގެންނެވެ.
ސުނިލް ޝެޓީގެ ދަރިފުޅު އާތިޔާ ޝެޓީގެ ވާހަކަ މި ފަހުން މުޅިން ވެސް ދެކެވެނީ އިންޑިއާގެ ކްރިކެޓް ތަރި ކޭއެލް ރާހުލްއާ ގުޅުވައިގެންނެވެ. ރައްޓެހިވެގެން އުޅޭކަން ރަސްމީކޮށް ކަށަވަރުކޮށް ނުދިން ނަމަވެސް އެ ދެ މީހުންގެ އިންސްޓަގްރާމުން އެއީ ލޯބިވެރިންކަން މިހާރު ޔަގީންވެ އެވެ.
އަނެއްކޮޅުން ދެ މީހުން ވެސް ޕޯސްޓްކުރާ އެއްޗިއްސަށް އާތިޔާ، 28، ގެ ބައްޕަ ސުނިލް ކުރާ ކޮމެންޓަކުން ދަރިފުޅާއި ރާހުލް، 29، ގެ ގުޅުމަށް އާއިލާ ރުހޭކަން ކަށަވަރުވެ އެވެ.
ދެހާސް ފަނައިރައިގައި ފިލްމު "ހީރޯ" އިން ބޮލީވުޑަށް ނުކުތް ނަމަވެސް އާތިޔާ އަކީ ކުރިއަށްދާނެ ރަނގަޅު ފުރުސަތެއް ނުލިބި ގެއްލިފައިވާ ބަތަލާއެކެވެ. އެހެންވެ މިހާރު ލަފާކުރެވެނީ ދެން މާ ލަސްތަކެއް ނުވެ އޭނާގެ ކައިވެނި ފެނިދާނެކަމެވެ.
އެކްޓަރު އަލީ ފަޒަލް، 34، އާއި ބަތަލާ ރިޗާ ޗައްޑާ، 34، ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ގިނަ ދުވަސްތަކެއް ވެދާނެ އެވެ. ދެ ތަރިން މިދިޔަ އަހަރުގެ އެޕްރީލްގައި ކައިވެނިކުރަން އުޅެނިކޮށް އެކަމަށް ހުރަހަކަށްވީ ކޮވިޑް-19 ގެ ބޮޑު ވަބާ އެވެ.
އެހެންވެ މިހާރު މަސައްކަތްކުރަނީ މި އަހަރުގެ ފަހުކޮޅު ކައިވެނީގެ ހަފުލާ ބޭއްވޭތޯ އެވެ. އެކަމަކު އެއީ އަނެއްކާ ވެސް އިންޑިއާގެ ކޮވިޑްގެ ހާލަތަށް އަންނަ ބަދަލަކަށް ބެލުމަށް ފަހު އެވެ.
މިދިޔަ އަހަރު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ އެންމެ ފުރަތަމަ ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ބަތަލާ އަންކިތާ ލޯކަންދޭ އާއި ލޯބިވެރިޔާ ވިކީ ޖެއިން، 34، ވަރަށް އަވަހަށް ކައިވެނިކުރާނެ އެވެ. އެ ވާހަކަ ވަރަށް ފަހުން ވެސް އަންކިތާ މީޑިއާތަކުގައި ބުންޏެވެ.
އޭނާ ބުނި ގޮތުގައި މިހާރު އަންނަނީ ކައިވެންޏަށް ތައްޔާރު ވެސް ވަމުންނެވެ.
އަންކިތާ، 36، އާއި ސުޝާންތު މަޝްހޫރުވީ ޒީޓީވީގެ ސިލްސިލާ "ޕަވިތުރަ ރިޝްތާ" އިންނެވެ. ފަހުން ދެ މީހުން ވެސް ނުކުތީ ބޮލީވުޑަށެވެ. އަންކިތާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ސަޕޯޓިން ރޯލެއް ކުޅުނު "ބާގީ 3" އެވެ.
ކުރީގެ މިސް ޔުނިވާސް ސުޝްމިތާ އާއި ލޯބިވެރިޔާ ރަހްމާން ޝޯލްގެ ގުޅުން މިހާރު ވަރަށް ބަދަހި އެވެ. ދެ މީހުން މިހާރު ވެސް އުޅެނީ ދެމަފިރިން ގޮތަށެވެ. ސުޝްމިތާ 45، ގެ އެޑޮޕްޓެޑް ދެ ކުދިންނާއި ރަހްމާން، 30، އަކީ މިހާރު ވަރަށް އުފާވެރި އާއިލާއެކެވެ.
ތަފާތަކީ ރަސްމީކޮށް އެ ގުޅުމުގައި ކައިވެނީގެ ގޮށްޖެހިފައި ނެތުމެވެ. ކައިވެންޏާ ބެހޭ ގޮތުން ސުވާލުކުރާ ކޮންމެ ފަހަރަކު ސުޝްމިތާ ބުނަނީ ކޮންމެހެން ކައިވެނީގެ ސެޓްފިކެޓެއް މުހިއްމު ނުވާ ކަމަށާއި އޭނާގެ ހަޔާތް މިހާރު ވަރަށް އުފާވެރި ކަމަށެވެ.
ޓީވީ ބަތަލާއެއްގެެ ގޮތުގައި މަޝްހޫރުކަން ހޯދުމަށް ފަހު މިހާރު ބޮލީވުޑްގައި މަސައްކަތްކުރާ ބަތަލާ މޯނީ ރޯއި ދުބާއީގެ ވިޔަފާވެރިޔަކާ ކައިވެނިކުރަން އުޅޭ ވާހަކަ ތިލަވީ މި އަހަރު އެވެ. އެކަމަކު މޯނީ ހުރީ އެ ވާހަކަ ދައްކާކަށް ތައްޔާރަކަށް ނޫނެވެ.
ޔަގީންވާ ކަމަކީ މި ފަހަކަށް އައިސް މޯނީ، 35، ގިނައިން އުޅެނީ ދުބާއީގައިކަމެވެ. އަދި އެއީ އޭނާ ރައްޓެހިވެގެން އުޅޭ ސޫރަޖް ނަމްބިއާ، 34، އާއި އޭނާގެ އާއިލާއާ އެކީގަ އެވެ.
މޯނީގެ ކުރިއަށް އެންމެ ބޮޑު އެއް ފިލްމަކީ އާލިއާ އާއި ރަންބީރް އެކީގައި ފެންނާނެ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ" އެވެ.
ފިލްމްފެއާ އެވޯޑުގައި ރަންބީރާއި އާލިއާ ވިދާލައިފި
ލަވް އެންޑް ވޯ: ބަންސާލީގެ އާ ފިލްމު
ރަންބީރާއި އާލިއާގެ ކައިވެންޏަކީ ފޭކެއް: ކަންގަނާ
އާލިއާގެ ހެދުމެއް ފަހަން 3،000 ގަޑިއިރު ހޭދަވި!
ރަންބީރާއި އާލިއާގެ ކައިވެނީގެ ލޯބި ފޮޓޯތައް
ރަންބީރާއި އާލިއާގެ ކައިވެނީގެ ދައުވަތު 28 މީހަކަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އާލިއާގެ އެދުމަކަށް ބަންސާލީ ދިނީ ފުރަގަސް
ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު
ރަންބީރާއި އާލިއާގެ "ބުރައްމަސްތުރާ" އަންނަ އަހަރު