Roadha Mihaaru
ކަލާޒް އަށް ރަންވީރުގެ ޓީވީ ޝޯއެއް

ކަލާޒް އަށް ރަންވީރުގެ ޓީވީ ޝޯއެއް

05 ޖުލައި 2021

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ހޯސްޓްކުރާ ޓީވީ ޝޯއެއް ވަރަށް އަވަހަށް ކަލާޒް ޗެނެލް އިން ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ހޯސްޓްކުރާ ޓީވީ ޝޯއެއް ވަރަށް އަވަހަށް ކަލާޒް ޗެނެލް އިން ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ރަސްމީކޮށް، އިއުލާންކޮށް މިހާރު ޕްރޮމޯ ވެސް ދައްކަމުން އަންނަ ޝޯގެ ނަމަކީ "ދަ ބިގް ޕިކްޗާ" އެވެ. މިއީ ކުއިޒް މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދާނެ އަދި ބައިވެރިވާ މީހުންނަށް ފައިސާގެ ބޮޑެތި އިނާމުތަކެއް ވެސް ލިބޭނެ ޝޯއެކެވެ.

"ދަ ބިގް ޕިކްޗާ" އާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. އެކަމަކު މިއީ ފިލްމު އިންޑަސްޓްރީއާ ގުޅުން ހުރި މައުލޫމާތުތަކަށް ބިނާކޮށް ގެނެސްދޭނެ ޝޯއެއް ކަމަށް ބެލެވެ އެވެ. ޝޯ ދައްކަން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ބެލެވެނީ ޝޯ ފަށާނީ އަންނަ މަހުގެ ތެރޭގައި ކަމެވެ.

"ދަ ބިން ޕިޗްކާ" އަކީ މިހާތަނަށް ކާމިޔާބު އެތައް ކުޅެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދި އެކްޓަރު ހޯސްޓްކުރާ ފުރަތަމަ ޓީވީ ޝޯ އެވެ.

"މިއީ ކެރިއަރުގައި އަނެއްކާ ވެސް ކޮށްލެވޭނެ ވަރަށް ތަފާތު އަދި ވަރަށް ފުރިހަމަ ތަޖުރިބާއަކަށް ބާނެ،" ރަންވީރު ބުންޏެވެ. "ހަމަ ޔަގީނުން ވެސް މިއީ ތަފާތު ޝޯއަކަށް ވާނެ."

ޓީވީ ޝޯއެއް ހޯސްޓްކުރަން ތައްޔާރުވާ އިރު ރަންވީރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "83" އާއި "ޖަޔޭޝްބާއީ ޖޯރުދާރު" އަދި "ސާކަސް" ހިމެނެ އެވެ.