Roadha Mihaaru
ރަންވީރުގެ ޓީވީގެ ޝޯގެ ޕްރީމިއާ 16 ގައި

ރަންވީރުގެ ޓީވީގެ ޝޯގެ ޕްރީމިއާ މި މަހުގެ 16 ގައި

03 އޮކްޓޯބަރ 2021

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ހޯސްޓްކުރާ ފުރަތަމަ ޓީވީ ޝޯ ކަލާޒްގެ "ދަ ބިގް ޕިކްޗާ" މި މަހުގެ 16 ގައި ޕްރީމިއާކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ހޯސްޓްކުރާ ފުރަތަމަ ޓީވީ ޝޯ ކަލާޒްގެ "ދަ ބިގް ޕިކްޗާ" މި މަހުގެ 16 ގައި ޕްރީމިއާކުރަން ނިންމައިފި އެވެ.

ޝޯގެ ޕްރޮމޯތައް ދައްކާތާ ގާތްގަނޑަކަށް ތިން މަހެއްހާ ފަހުން ތާރީހު އިއުލާންކޮށް ބުނެފައި ވަނީ މިއީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 7:30 ގައި ގެނެސްދޭނެ ޝޯއެއް ކަމަށެވެ.

"ދަ ބިގް ޕިކްޗާ" އަކީ ތަސްވީރު ދިމާކޮށްގެން ބޮޑެތި ފައިސާގެ އިނާމު ލިބޭ ކްއިޒް ޝޯއެކެވެ. މިއީ މިގޮތަށް ޓީވީ ޝޯއެއް ރަންވީރާ އެކު ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ފަހަރެވެ. އޭނާ އަކީ އަބަދު ވެސް ވަރަށް މަޖާ މިޒާރުގެ އެކްޓަރަކަށްވާތީ ކްއިޒް ޝޯ ވެސް ރަންވީރުގެ ސިގްނޭޗާ ސްޓައިލްގައި ގެނެސްދޭނެކަމުގެ އުންމީދު ބޮޑެވެ.

ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާގެ ދެ ފިލްމެއް ވެސް މި ވަގުތު އޮތީ ރިލީޒްކުރަން ތާވަލުކޮށްފަ އެވެ. އެއީ ޑިސެމްބަރު 24 ގައި ގެނެސްދޭ ކްރިކެޓް ފިލްމު "83" އާއި ފެބްރުއަރީ 25 އަށް ތާވަލުކޮށްފައި އޮތް ސޯޝަލް ކޮމެޑީ "ޖަޔޭޝްބާއީ ޖޯރުދާރު" އެވެ.

ރަންވީރު މިހާރު އަންނަނީ ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތްކުރަމުންނެވެ.