Roadha Mihaaru
ހުޅުމާލޭގައި އިތުރު 114 ހައުސިން ޔުނިޓު އަޅަނީ

މެދު އަދި މަތީ ފަންތީގެ މީހުންނަށް ހުޅުމާލޭގައި އިތުރު 114 ހައުސިން ޔުނިޓު އިމާރާތް ކުރަނީ

08 ޖުލައި 2021

ހުޅުމާލޭގައި އިތުރު 114 ހައުސިން ޔުނިޓު އިމާރާތްކުރަން އެޗްޑީސީން އިއްޔެ ބަޔަކާ ހަވާލުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހުޅުމާލޭގައި އިތުރު 114 ހައުސިން ޔުނިޓު އިމާރާތްކުރަން އެޗްޑީސީން އިއްޔެ ބަޔަކާ ހަވާލުކޮށްފި އެވެ.

ސާސޭ/ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މި ޕްރޮޖެކް އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. ސާސޭ/ގްލަޓުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދެވެ.

އެޗްޑީސީން ބުނީ މި ހައުސިން ޔުނިޓުތަކަކީ މެދު އަދި މަތީ ފަންތީގެ މީހުންނަށް ހާއްސަ ކޮށްގެން އިމާރާތްކުރާ ޔުނިޓުތަކެއް ކަމަށެވެ. މިއީ ވީހާ ވެސް ކުޑަ އަގެއްގައި ފްލެޓްތައް ދޫކުރުމަށް ހިންގާ ޕްރޮޖެކްޓެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހުޅުމާލޭ ޕްލޮޓް އެސް1-3ގެ ލޮޓް 11445 ގައި އިމާރާތްކުރާ މި ޔުނިޓުތަކުގެ ތެރެއިން 60 ޕަސެންޓު ޔުނިޓުތައް ވިއްކޭ އެންމެ ބޮޑު އަގަކީ އަކަފޫޓެއް 2،185ރ. އަށް ކަމަށް އެޗްޑީސީން ބުންޏެވެ. ބާކީ 40 ޕަސެންޓު ޔުނިޓުތައްް މާކެޓު އަގުގައި ވިއްކުމުގެ ބާރު ސާސޭ/ގްލަޓް އަށް ލިބޭނެ އެވެ.

މި ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް އެޗްޑީސީން ދިނީ ތިން އަހަރު ދުވަހުގެ މުއްދަތެކެވެ.