ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް އެ ރަށުން ބޮޑު ބިމެއް ދޫކުރާ މައްސަލައިގައި ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަނިމާދު އަށް ވަޑައިގެން ކައުންސިލަރުންނާ ބައްދަލު ކުރައްވައި، އެ ކަން ހައްލު ކުރައްވައިފި އެވެ.
18 ޖުލައި 2021
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް އެ ރަށުން ބޮޑު ބިމެއް ދޫކުރާ މައްސަލައިގައި ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަނިމާދު އަށް ވަޑައިގެން ކައުންސިލަރުންނާ ބައްދަލު ކުރައްވައި، އެ ކަން ހައްލު ކުރައްވައިފި އެވެ.
ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން މިދިޔަ މާޗު މަހު ހުށަހެޅި އެވެ. އެއާއެކު، ގިނަ އަދަދެއްގެ ގޯތި ދޫކުރޭ ވަރުގެ ބޮޑު ސަރަަހައްދެއް އެއާޕޯޓުގެ ތަރައްގީ އަށް ދޭން އެދުމުން އެ ރަށުގެ އާއްމުން ކަންބޮޑުވުން ފާޅުކުރަން ފެށި އެވެ.
އެކަމާ ދެކޮޅަށް ހަނިމާދޫގެ ކްލަބް ޖަމިއްޔާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ވެސް ވަނީ ފޮނުވައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބިން ކަނޑައެޅުމުގައި ހުރި ކަންބޮޑުވުންތަކަށް، ރައީސާއި ކައުންސިލަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ހައްލެއް ހޯދާފައިވާ ކަމަށެވެ.
އެކަމުގެ ތަފްސީލް ދެއްވަމުން އެ ބައްދަލުވުމުގައި ބައިވެރިވި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ޝަމީމް "މިހާރު" އަށް ވިދާޅުވީ ރަށުގެ ރައްޔިތުންގެ މައިގަނޑު ކަންބޮޑުވުމަކީ މާލީ ގޮތުން ރަށަށް މާ ބޮޑު ފައިދާތަކެއް އެ މަޝްރޫއުން ނުވާއިރު، ބޮޑު ބިމެއް ދިނުމާއި އެންމެ ޕްރައިމް ލޮކޭޝަނުން ބިމެއް ނަގަން އުޅޭ މައްސަލަ ކަމަށެވެ.
ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ބޮޑު ބިމެއް ދޭ މައްސަލަ ހައްލު ކުރައްވަން، ރަށު ކައުންސިލާއި ޖަމިއްޔާތަކާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަޝްވަރާ ކުރައްވަނީ.---ފޮޓޯ / ރައީސް އޮފީސް
އެ ޝަކުވާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ހިއްސާ ކުރުމަށް ފަހު، ކުރިން ބިން ނަގަން އުޅުނު ސަރަހައްދު ނޫން އެހެން ސަރަހައްދަކަށް އެތަން ބަދަލު ކުރަން އެ މަނިކުފާނު އެއްބަސްވެވަޑައިގަތް ކަމަށް ޝަމީމް ވިދާޅުވި އެވެ. ނަމަވެސް ބިމުގެ ސައިޒަށް އެއްވެސް ބަދަލެއް ގެންނަން ނުނިންމުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ބޮޑު ބިމެއް ދޭ މައްސަލަ ހައްލު ކުރައްވަން، ރަށު ކައުންސިލާއި ޖަމިއްޔާތަކާއެކު މަޝްވަރާ ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން.---ފޮޓޯ / ރައީސް އޮފީސް
"ބޮޑު ބިމެއް ދޭތީ ވެސް ކަންބޮޑުވޭ. އެކަމަކު ދެ ފަރާތުން ވެސް ދޫތަކެއް ދީގެން މައްސަލަ ހައްލު ކުރެވޭނީ. ސަރުކާރުން އެއްބަސްވީ ލޮކޭޝަން ބަދަލު ކޮށްދޭން. އެއީ ގެދޮރު އެޅުމުގެ ފުރުސަތު އޮތް ޕްރައިމް ލޮކޭޝަނެއް މި ސަލާމަތް ކުރެވުނީ،" ޝަމީމް ވިދާޅުވި އެވެ.
"އެއާޕޯޓްގެ ތަރައްގީ އަށް ހުރަސް އަޅާކަށް ބޭނުމެއް ނޫން. އެހެންވެ އެއާޕޯޓް ކައިރިން ކަސްޓަމްސް އިމާރާތުގެ އިރުމައްޗަށް ވާ ގޮތަށް އޮންނަ ބިން ދޫކުރީ އެކަމަށް."
އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނި ގޮތުގައި އިންޑިއަން އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުން އެއާޕޯޓު ތަރައްގީ ކުރަނީ ހަނިމާދޫގައި އިންޑިއާގެ ސިފައިން ބޭތިއްބުމަށެވެ. އަދި ސަރުކާރުގެ ބޭނުމަކީ އެއާޕޯޓް ހިންގުން އިންޑިއާ ބަޔަކަށް ދިނުމަށް ކަމަށް ވެސް އެއް ބަޔަކު ބުންޏެވެ.
ނަމަވެސް ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވާ ގޮތުގައި އެ އެއާޕޯޓުގެ މިލްކުވެރިކަމާއި އެތަން ހިންގުން އޮންނާނީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގަ އެވެ.
ހަނިމާދޫގައި ބޭރުގައުމެއްގެ ސިފައިންނެއް ނުތިބޭނެ:ރައީސް
އެއާޕޯޓު ތަރައްގީގެ ކަންބޮޑުވުމާއެކު ރައީސަށް ޕެޓިޝަނެއް
"ތަރައްގީ ގެންނާނީ ވިސްނައިގެން، ދެމެހެއްޓެނިވިގޮތަށް"
ހަނިމާދޫ އެއާޕޯޓްގެ ބޮޑު މަޝްރޫއުގެ މަސައްކަތް ފަށައިފި
ހަނިމާދޫ އެއާޕޯޓަށް ރަށުން ބިން ނުނަގަން އެދި ރައީސަށް
"ފްލެޓު އަޅައިގެން ރަށްރަށުން މީހުން އާބާދުކުރަން ތާއިދުކުރަން"
އިތުރު ލައިޓް ހަރުކޮށް ހަނިމާދޫ އަލިކޮށްލައިފި
ޓޫރިޒަމްގެ ބޭނުމަށް ހަނިމާދޫން 14 ބިން ކުއްޔަށް ދެނީ
ކުވައިތު ފަންޑުގެ ފަންޑު އަނބުރާ ގެންދިޔަ: ރައީސް
ހަނިމާދޫގެ އާ ރަންވޭ އިތުރަށް ދިގު ކުރަނީ