20 ޖުލައި 2021
ބޮލީވުޑްގެ ބަތަލާ ޖެކްލީން ފެނަންޑޭޒް ކަންނާޑާ ފިލްމަކަށް ސޮއިކޮށްފި އެވެ.
ބޮލީވުޑްގެ ބަތަލާ ޖެކްލީން ފެނަންޑޭޒް ކަންނާޑާ ފިލްމަކަށް ސޮއިކޮށްފި އެވެ.
މި ފިލްމަކީ ސަލްމާން ޚާންގެ "ދަބަންގް 3" ގެ ވިލަންގެ ރޯލު ކުޅުނު އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ކިއްޗާ ސުދީޕް ބަތަލުގެ ރޯލު ކުޅޭ ފެންޓަސީ އެކްޝަން އެޑްވެންޗަ ފިލްމު "ވިކްރަންތު ރޯނާ" އެވެ.
އަނޫޕް ބަންޑާރީ ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓްގައި ނިރޫޕް ބަންޑާރީ އާއި ނީތާ އަޝޯކް ވެސް ހިމެނެ އެވެ.
މިހާތަނަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ޖެކްލީންގެ ކުރިއަށް ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި "ބޫތު ޕޮލިސް"، "އެޓޭކް"، "ބައްޗަން ޕާންޑޭ"، "ސާކަސް" އަދި "ރާމް ސެތޫ" ހިމެނެ އެވެ.
ޖެކްލީން އެންމެ ފަހުން ފެނިފައި ވަނީ މެއި މަހު ރިލީޒްކުރި ސަލްމާން ޚާންގެ "ރާދޭ" ގެ ލަވައަކުންނެވެ.
މިދިޔަ ހަފުތާގައި އިއުލާންކުރި ބަތަލާ ތާޕްސީ ޕައްނޫގެ ފިލްމު ކުންފުނި އައުޓްސައިޑާޒް ފިލްމްސް އިން ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު "ބްލާ" ގެ ޝޫޓިން ފަށައިފަ އެވެ.
އަޖޭ ބާލް ޑައިރެކްޓްކުރާ މި މިސްޓްރީ ތުރިލާގެ ބަތަލަކީ ގުލްޝަން ދެވިއާ އެވެ. "ބްލާ" ގައި ތާޕްސީގެ ކެރެކްޓާގެ ނަމަކީ ގަޔަތުރީ އެވެ. މި ފިލްމު ހަދާ އަޖޭ އަކީ "ސެކްޝަން 375" އާއި "ބީއޭ ޕާސް" ފަދަ ކްރިޓިކުންގެ ތައުރީފު ލިބުނު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ "ބްލާ" އަކީ ތާޕްސީގެ ފިލްމު ކުންފުންޏާއި ޒީ ސްޓޫޑިއޯސް އަދި އެކެލޯން ޕްރޮޑަކްޝަން ގުޅިގެން ހަދާ އެއްޗެކެވެ.
މި މަހުގެ 30 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމި ކްރިތީ ސެނަންގެ ފިލްމު "މިމީ" ގެ ލަވައެއް ދައްކާލައިފި އެވެ.
ލަކްޝްމަން އުޓޭކަރް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް ދޫކޮށްލި ފުރަތަމަ ލަވަ އަކީ "ޕަރަމް ސުންދަރީ" އެވެ. ކްރިތީގެ ފޯރިގަދަ ނެށުންތަކެއް ފެނިގެންދާ ލަވަ ކިޔާފައި ވަނީ ޝްރެޔާ ގޯޝަލް އެވެ.
#ParamSundari is here! ????
— Kriti MIMI Sanon (@kritisanon) July 16, 2021
Song OUT NOW.
Link: https://t.co/4XHBVDl6gK
Exclusive world premiere 30th July on @JioCinema & @NetflixIndia.@kritisanon @TripathiiPankaj @Evelyn_Edwards1 @SaieTamhankar @aidanwhytock #SupriyaPathak #ManojPahwa #SharukhShaik #DineshVijan
ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ގެނެސްދޭ "މިމީ" އަކީ ރަހިމު ވިއްކައިގެން ދަރިން ހޯދައިދޭ މީހެއްގެ ރޯލު ކްރިތީ ކުޅެފައިވާ ފިލްމެކެވެ. މީގެ ކާސްޓްގައި ޕަންކަޖް ތުރިޕަތީ، ސުޕްރިޔާ ޕަތަކް، މަނޯޖް ޕަހްވާ، ސާއީ ތަމްހާކަރް އަދި އަމަރްދީޕް ޖާ ހިމެނެ އެވެ.
ކާމިޔާބު ފިލްމުތައް ކަމަށްވާ އޯ މައި ގޯޑް (އޯއެމްޖީ) އާއި "100 ނޮޓް އައުޓް" ގެނެސްދިން ޑައިރެކްޓަރު އުމޭޝް ޝުކްލާގެ އާ ފިލްމު "އާނކް މިޗޯލީ" ގެ މޯޝަން ޕޯސްޓަރު ދައްކާލައިފި އެވެ.
މި ފިލްމުގެ ލީޑް ތަރިންނަކީ ކުރީގެ ބަތަލާ ބަގިޔާޝްރީގެ ދަރިފުޅު އަބިމަންޔޫ ދައްސާނީ އާއި މި މަހުގެ 16 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ފަރުހާން އަޚްތަރުގެ ފިލްމު "ތޫފާން" ގެ ކާސްޓްގައި ހިމެނޭ މުރްނާލް ތާކޫރްގެ އިތުރުން ޕަރޭޝް ރާވަލް އެވެ.
ސޮނީ ޕިކްޗާޒް ފިލްމްސް އިންޑިއާ އިން ޕްރޮޑިއުސްކޮށްފައިވާ "އާނކް މިޗޯލީ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ވިޖޭ ރާޒް، އަބީޝެކް ބެނަޖީ އަދި ދިވްޔާ ދައްތާ ހިމެނެ އެވެ.
މި ފިލްމަކީ އާއިލީ މަޖާ ކަންތައްގަނޑެއް ފެނިގެން ދާނެ އެއްޗެކެވެ. އެކަމަކު ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރަކާއި ފިލްމު ގެނެސްދޭނެ ގޮތެއް އަދި އިއުލާނެއް ނުކުރެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސޮނާކްޝީގެ "ބުލްބުލް ތަރަން" ނަހަދަން ނިންމައިފި
އާލިއާގެ ރޯލެއް "މީނާކްޝީ ސުންދަރޭޝްވަރް" ގައި
ނެޓްފްލިކްސްގެ "ލަސްޓް ސްޓޯރީޒް" ގެ ދެވަނަ ބައެއް
ކާތިކް 10 ދުވަހުން ނިންމި ފިލްމު އަންނަ މަހު
ޖެކްލީން "365 ޑޭޒް" ގެ ބަތަލާ އެކު
ބަގިޔާޝްރީގެ ދަރިފުޅުގެ ދެވަނަ ފިލްމު ނޮވެމްބަރުގައި
ކަންގަނާގެ "ތަލައިވީ" ނެޓްފްލިކްސް އަށް