މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޮލީވުޑްގެ އެކްޓަރު ކާތިކް އާރިޔަން އެންމެ 10 ދުވަހުގެ ތެރޭގައި ޝޫޓިން ނިންމި ފިލްމު "ދަމާކާ" އަންނަ މަހުގެ 19 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާ ގޮތަށް ނިންމައި، އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.
20 އޮކްޓޯބަރ 2021
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޮލީވުޑްގެ އެކްޓަރު ކާތިކް އާރިޔަން އެންމެ 10 ދުވަހުގެ ތެރޭގައި ޝޫޓިން ނިންމި ފިލްމު "ދަމާކާ" އަންނަ މަހުގެ 19 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާ ގޮތަށް ނިންމައި، އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.
އުންމީދީ، ޒުވާން އެކްޓަރު ޓީވީ ނޫސް ރިޕޯޓަރެއްގެ ކުޅެފައިވާ މި ފިލްމަކީ ބްރިޖެއް ގޮއްވައިލާ ހާދިސާއެއް ކަވަރުކުރުމުގެ ތެރޭގައި ދިމާވާ ކަންތައްތަކެއް ފެނިގެންދާނެ ފިލްމެކެވެ. "ދަމާކާ" އަކީ 2013 ގެ ކޮރެއާ ފިލްމު "ދަ ޓެރާ ލައިވް" އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ.
ރޯނީ ސްކްރޫވާލާ ޕްރޮޑިއުސް ކޮށްފައިވާ ކާތިކްގެ ފިލްމު ޑައިރެކްޓްކުރީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު 2016 ގެ "ނީރްޖާ" ގެނެސްދިން ރާމް މަދުވާނީ އެވެ. އޭނާ އެންމެ ފަހުން ގެނެސްދިނީ މިދިޔަ އަހަރު ސުޝްމިތާ ސެން ލީޑް ރޯލު ކުޅުނު ވެބް ސީރީޒް "އާރިއާ" އެވެ.
އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެކްޝަން ތުރިލާ "ދަމާކާ" ގައި ކާތިކާ އެކު ބަތަލާގެ ރޯލު ކުޅުނީ މުރްނާލް ތާކޫރެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި އަމްރުތާ ސުބާޝް، ވިކާސް ކުމާރު އަދި ވިޝްވަޖީތު ޕްރަދާން ހިމެނެ އެވެ.
"ދަމާކާ" އަކީ މިދިޔަ އަހަރުގެ ކުރީކޮޅު ރިލީޒްކުރި ޑައިރެކްޓަރު އިމްތިއާޒް އަލީގެ "ލަވް އާޖް ކަލް" އަށް ފަހު، ރިލީޒްވާ ކާތިކްގެ ފުރަތަމަ ފިލްމެވެ.
"ހަސީން ދިލްރުބާ" އިން އާ ކަމެއް ފެންނާނެ: ތާޕްސީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސޮނާކްޝީގެ "ބުލްބުލް ތަރަން" ނަހަދަން ނިންމައިފި
ސާރާގެ "އަތުރަންގީ ރޭ" ޑިޖިޓަލް ޕްރީމިއާއަކަށް
ނުޝްރަތުގެ ބިރުވެރި ފިލްމު 26 ގައި އެމެޒޯނަށް
ނެޓްފްލިކްސްގެ "ލަސްޓް ސްޓޯރީޒް" ގެ ދެވަނަ ބައެއް