Roadha Mihaaru
"ފްރެންޑްސް" ގެ ރީޔުނިއަން އިންޑިއާގެ ޒީ5 އަށް

"ފްރެންޑްސް" ގެ ރީޔުނިއަން އިންޑިއާގެ ޒީ5 އަށް

25 މެއި 2021

ބުރާސްފަތި ދުވަހު އެޗްބީއޯ މެކްސް އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ ކުރީގެ މަގުބޫލު ސިޓްކޮމް "ފްރެންޑްސް"ގެ ރިޔުނިއަން އިންޑިއާގެ ސްޓްރީމިން ޕްލެޓްފޯމް ޒީ5 އިން އިން ވެސް ގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބުރާސްފަތި ދުވަހު އެޗްބީއޯ މެކްސް އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ ކުރީގެ މަގުބޫލު ސިޓްކޮމް "ފްރެންޑްސް"ގެ ރިޔުނިއަން އިންޑިއާގެ ސްޓްރީމިން ޕްލެޓްފޯމް ޒީ5 އިން އިން ވެސް ގެނެސްދޭން ނިންމައިފި އެވެ.

މިކަން އެ ކުންފުނި ކަށަވަރުކޮށް ދީފައިވާ އިރު މިއީ އެޗްބީއޯ މެކްސް ނުލިބޭ ސަރަހައްދުތަކުގެ ފޭނުންނަށް ރީޔުނިއަން އެޕިސޯޑް ބަލައިލަން ލިބޭނެ ފުރުސަތަކަށް ވާނެ އެވެ.

މިހާރު އިންޑިއާގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ޒީ5 ގެ ޗީފް ބިޒްނެސް އޮފިސަރު މަނީޝް ކަރްލާ ބުނީ "ފްރެންޑްސް: ދަ ރީޔުނިއަން" ސްޓްރީމްކުރުމުގެ އެކްސްކްލޫސިވް ރައިޓްސް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަހަރެމެން މެދުވެރިކޮށް މި ސަރަހައްދުގެ ފޭނުންނަށް ފްރެންޑްސް ރީޔުނިއަން ގެނެސްދޭން ފުރުސަތު ލިބުމަކީ ހަމަ ހަގީގަތުގައި ލިބުނު ވަރަށް ބޮޑު ޝަރަފެއް. އެކަމަށްޓަކައި ވޯނާ ބްރަދާސް އާއި އެޗްބީއޯ މެކްސް އަށް ޝުކުރު އަދާކުރަން،" އޭނާ ބުންޏެވެ.

މަނީޝް ބުނި ގޮތުގައި ޒީ5 އިން "ފްރެންޑްސް: ދަ ރީޔުނިއަން" ބަލައިލަން ލިބުމަކީ އެ ޕްލެޓްފޯމްގެ މަގުބޫލުކަން ވެސް އިތުރުވެގެން ދާނެ ކަމެކެވެ.

މިހާތަނަށް އެންމެ ބޮޑު މަގުބޫލު ކަމެއް ހޯދި ސިޓްކޮމްގެ ޝަރަފު ހޯދި "ފްރެންޑްސް" ގެ އާ އެޕިސޯޑެއް އެތައް އަހަރެއް ފަހުން ކުރީގެ ކާސްޓުންނާ އެކު ގެނެސްދޭން ނިންމި ތާރީހަކީ އެޗްބީއޯ މެކްސްގެ ފުރަތަމަ އަހަރީ ދުވަހެވެ. އެހެންވެ މިއީ އެ ޕްލެޓްފޯމްގެ ފޭނުންނަށް ދެވޭ އަހަރީ ދުވަހުގެ ހަދިޔާއެއް ވެސް މެ އެވެ.

މައިގަނޑު ކާސްޓްގައި ޖެނިފާ އެނިސްޓަން، ލީސާ ކުޑްރޯ، ކޯޓްނީ ކޮޒް، މެޓް ލީ ބްލޭންކް، މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ ހިމަނައިގެން "ފްރެންޑްސް" ގެނެސްދިނީ 1994-2004 އަށެވެ. މީގެ އާ އެޕިސޯޑްގައި އެ ތަރިންނާ އެކު ގެސްޓް ފަންނާނުންގެ ގޮތުގައި ލޭޑީ ގާގާ، ޖަސްޓިން ބީބާ، ޑޭވިޑް ބެކަމް، ކިޓް ހެރިންޓަން އަދި މަލާލާ ޔޫސުފްޒާއީ ފަދަ މަޝްހޫރު މީސްމީހުން ވެސް ފެނިގެން ދާނެ އެވެ.