ދައުލަތުގެ ތިން ބާރުގެ ވެރިންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މ. މުރައިދޫގެ އަދި އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ރެހެންދި ފްލެޓްގެ އެޕާޓްމެންޓެއް ސަރުކާރުން ވަގުތީ ގޮތުން ހަމަޖައްސައިދީފި އެވެ.
24 ޖުލައި 2021
ދައުލަތުގެ ތިން ބާރުގެ ވެރިންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މ. މުރައިދޫގެ އަދި އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ރެހެންދި ފްލެޓްގެ އެޕާޓްމެންޓެއް ސަރުކާރުން ވަގުތީ ގޮތުން ހަމަޖައްސައިދީފި އެވެ.
މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާއި އުއްތަމަފަނޑިޔާރު މުއުތަސިމް އަމިއްލަ ގެކޮޅުތަކުގައި ދިރިއުޅުއްވަމުން ގެންދެވިޔަސް، މޭ ހަ ވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނުމުން ދައުލަތުގެ އިސްވެރިންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް މަޝްވަރާކޮށް، ސަރުކާރުން ގެކޮޅުތައް ހަމަޖައްސައިދޭން ނިންމީ އެވެ.
ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭންޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.
އެނގިފައިވާ ގޮތުގައި، ނަޝީދަށް މުރައިދޫގެ އަދި މުއުތަސިމަށް ރެހެންދި ފްލެޓެއް މިހާރު ވަނީ ވަގުތީ ގޮތުން ހަމަޖައްސައިދީފަ އެވެ. މިހާރު އެތަންތަނުގެ މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ވަގުތީ ގޮތުން މި ތަންތަން ހަމަޖެއްސިޔަސް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އާއިލާ އަށް ދާއިމީ ގެކޮޅެއް ހަމަޖައްސައިއިދިނުމުގެ އިތުރުން ދައުލަތުން އެ ދެ ބޭފުޅުންނަށް މުވައްޒަފުން ވެސް ހަމަޖައްސައިދޭން ޖެހެ އެވެ.
މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި އެ ބޭފުޅުންގެ އާއިލާ ދިރިއުޅުއްވުމަށް ކަނޑައަޅާ ރަސްމީ ގެކޮޅަށް ބޭނުންވާ މުވައްޒަފުންނާއި ތަނުގެ ހަރަދު ވެސް ބަލަހައްޓަން ޖެހެނީ ދައުލަތުން ކަމަށް ގާނޫނުތަކަށް ގެނައި އިސްލާހުތަކުގައިވެ އެވެ.
ދައުލަތުގެ ދެ ބާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭން ނިންމީ ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާއެއް ދިން ފަހުންނެވެ. އެ ހަމަލާ ދިންއިރު އެ މަނިކުފާނު ދިރިއުޅުއްވީ އާއިލީ ގެކޮޅު ގ. ކެނެރީގޭގަ އެވެ. އެހެންވެ، ދައުލަތުގެ އިސް ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި އޭރު ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމަށް ދައުލަތުން އަބަދު ވެސް ރަސްމީ ގެކޮޅަކާއި މުވައްޒަފުން ހަމަޖައްސައިދެ އެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އާއިލާ މުލީއާގޭގައި ދިރިއުޅުއްވާއިރު، ނައިބު ރައީސް ފައިސަލް ނަސީމާއި އާއިލާގެ ރަސްމީ ގެކޮޅަކީ ހިލާލީގެ އެވެ.
މެނިފެސްޓޯގައި ނިޒާމީ ވޯޓު ނަގާކަށް ނުނިންމާ: ސަރުކާރު
އަހުދުގެ މަތީގައި ދެމިހުންނެވީ ރައީސް އެކަނި: އަސްލަމް
އުއްތަމަ ފަނޑިޔާރުގެ ވަގުތީ ގެކޮޅު ނިންމަން ދެ ހަފުތާ
ދެބާރުގެ ވެރިންނަށް ވަގުތީ ގެކޮޅު ހަމަޖައްސައިފި
ދެބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމައެއްނުޖެހޭ
ތަހުގީގުގެ މައުލޫމާތު ފުލުހުން މަޖިލީހަށް ދޭ: މަބްރޫކް
ރަސްމީ ގެކޮޅު ހަމަޖައްސާ ބިލް ރައީސް އޮފީހަށް
ނަޝީދުގެ ހުކުމް ސުޕްރީމް ކޯޓަށް ބާތިލެއް ނުކުރެވޭނެ
ހއ. އަތޮޅުގެ 10 ރަށަކަށް ރައީސް ފުރާވަޑައިގެންފި
ރޯދަމަހުގެ ރަސްމީގަޑިއަކީ ހެނދުނު 9-1 އަށް