ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގެ މައުލޫމާތު ސީދާ ގޮތެއްގައި އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވުމުން، ސަރުކާރުން އެކަމަށް ރައްދު ދީފި އެވެ.
27 މެއި 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގެ މައުލޫމާތު ސީދާ ގޮތެއްގައި އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވުމުން، ސަރުކާރުން އެކަމަށް ރައްދު ދީފި އެވެ.
ދޮންބިލެތް ހަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަމަލާގައި ވެފައިވާ ޒަހަމްތަކަށް ފަރުވާ ހޯއްދަވަން މިހާރު ޖަރުމަނުގައި ހުންނެވި ނަޝީދާ ވާހަކަ ދައްކާލުމުގެ ފުރުސަތު އިއްޔެ ލިބިވަޑައިގަތް ކަމަށެވެ.
"ތަހުގީގުގެ މައުލޫމާތު ސީދާ އެ މަނިކުފާނަށް ނުލިބި، ރައީސް އޮފީސް މެދުވެރިވެގެން ސާފުކުރަން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވި،" ނަޝީދާ ހަވާލާދެއްވައި ހަލީމް ވިދާޅުވި އެވެ.
އެކަންބޮޑުވުމާ ބެހޭ ގޮތުން "މިހާރު"ން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ތަހުގީގުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ރައީސް އީވާ އަބްދުﷲ އަށާއި 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމަށް ފުލުުހުން ދޭ ކަމަށެވެ. އަދި އޭގެ އިތުރުން ވަކިވަކި ބައެއް މެމްބަރުންނަށް ވެސް މައުލޫމާތު ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ޕާލަމެންޓްރީ އިންކުއަރީއެއް ވެސް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އަންނަނީ ހިންގަމުންނެވެ. އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާއި މެދު އޭނާ ހިތްހަމަޖެހިވަޑައިގަންނަވަ އެވެ.
ނަޝީދު އަވަހަރާކޮށްލަން ދިން ބޮމުގެ ހަމަލާ އަށް ފަހު، ހަރުކަށި ފިކުރާ ދެކޮޅަށް ސިފައިންނާއި ފުލުހުން ހިންގާ ހަރަކާތްތައް ވަނީ އިތުރުކޮށްފަ އެވެ. މި މައްސަލައިގެ ތަހުގީގު އަވަހަށް ނިންމަން ފުލުހުން ވަނީ އަމާޒު ހިފައިފަ އެވެ. އެގޮތުން މާލެ އާއި އެހެން ބައެއް ރަށްރަށުން މީހުން ހައްޔަރުކޮށް، ތަންތަން ބަލައި ފާސްކުރުމުގެ ގިނަ އޮޕަރޭޝަންތަކެއް ވަނީ ހިންގައިފަ އެވެ.
ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އެ މަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވުމުން އޭޑީކޭ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއް ހެދުމަށް ފަހު މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަނުގަ އެވެ.
އާއިލާ އިިން އެންމެ ފަހުން ބުނެފައިވާ ގޮތުގައި ހަފުތާއަކު ދެ ފަހަރު ޗެކަޕް ހައްދަވަން ހޮސްޕިޓަލަށް ވަޑައިގަންނަވާ ގޮތަށް، އެ މަނިކުފާނު މިހާރު ހުންނެވީ ޖަރުމަނުގެ ހޮސްޕިޓަލުން ޑިސްޗާޖު ކޮށްފަ އެވެ.
ދެބާރުގެ ވެރިންނަށް ވަގުތީ ގެކޮޅު ހަމަޖައްސައިފި
ދެބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމައެއްނުޖެހޭ
ދެ ބާރަށް ގެކޮޅު ހަމަޖެއްސުމުގެ ބިލް ތަސްދީގުކޮށްފި
ރަސްމީ ގެކޮޅު ހަމަޖައްސާ ބިލް ރައީސް އޮފީހަށް
"ނަޝީދުގެ ހަމަލާއާ ގުޅޭ ރިޕޯޓަށް އަމަލުކުރަން ޖެހޭ"
ނަޝީދުގެ މައްސަލަ ނުފެށި ކޮމިޓީގައި 2 އަހަރު!
މެއި 6 ގެ ފުލް ރިޕޯޓް ހޯދަން މަޖިލީހުގައި އެދިއްޖެ
ނަޝީދު ވަކިކުރަން ރައީސާ ވެސް މަޝްވަރާކުރި: މިއުވާން
އަލިމަނިކު ދޫކޮށްލި ގޮތް ސާފުކޮށް ނުދޭތީ މަޖިލީހަށް
ނަޝީދު ކުރެއްވި ތުހުމަތުތަކުގެ ޗެޓްލޮގް ދޭން ފާސްކޮށްފި