Roadha Mihaaru
އައިފޯން 13 ދައްކާލާ އިވެންޓް މި މަހު 14 ގައި

އައިފޯން 13 ދައްކާލާނެ ކަމަށް ބެލެވޭ އިވެންޓް މި މަހުގެ 14 ގައި

08 ސެޕްޓެމްބަރ 2021

އެޕަލްގެ އައިފޯން 13 ދައްކާލާނެ ކަމަށް ބެލެވޭ އިވެންޓް މި މަހުގެ 14 ގައި އޮންނާނެކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލްގެ އައިފޯން 13 ދައްކާލާނެ ކަމަށް ބެލެވޭ އިވެންޓް މި މަހުގެ 14 ގައި އޮންނާނެކަން އިއުލާންކޮށްފި އެވެ.

"ކެލިފޯނިއާ ސްޓްރީމިން" ގެ ނަމުގައި މި އިވެންޓް އޮންނާނީ އެޕަލް ޕާކްގަ އެވެ. މިދިޔަ އަހަރުން ފެށިގެން ކޮވިޑާ ހެދި އެޕަލްގެ އިވެންޓްތައް ވާޗުއަލްކޮށް ބާއްވާތީ މި ފަހަރުގެ އިވެންޓް ވެސް އެޕަލްގެ ޕްލެޓްފޯމްތަކުން ލައިވްކޮށް ބަލައިލެވޭނެ އެވެ.

ނަމަވެސް އިވެންޓްގައި ނެރޭނެ އުފެއްދުންތަކާ ބެހޭ އެއްވެސް ވާހަކައެއް އެޕަލް އިން ހާމައެއް ނުކުރެ އެވެ. ނަމަވެސް މީޑިއާތަކުން ބުނީ 14 ވަނަ ދުވަހުގެ އިވެންޓްގައި އައިފޯން 13 ސީރީޒްގެ އިތުރުން އެޕަލް ވޮޗްގެ އެންމެ ފަހުގެ ވާޝަނާއި އާ އައިޕެޑް މިނީ އާއި މެކްގެ އަޕްގްރޭޑް ވާޝަންތައް ވެސް ދައްކައިލާނެ ކަމަށެވެ.

މީގެ އިތުރުން އައިއޯސް 15 ވެސް ލޯންޗްކުރުން އެ ދުވަހު އޮންނާނެ ކަމަށް މީޑިއާތަކުން ލަފާކޮށްފައިވެ އެވެ.