މެދުކެނޑުމަކަށް ފަހު، ޗައިނާގެ ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން މާދަމާ ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
27 ޖުލައި 2021
މެދުކެނޑުމަކަށް ފަހު، ޗައިނާގެ ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން މާދަމާ ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ، ކޮވިޑުން ދިފާއުވުމަށް ދޭ ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ ފުރުސަތު ހުޅުވައިލަން ނިންމާފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހިތާ ތިން ހަފުތާ ވެފައިވާ މީހުންނަށް ކަމަށެވެ.
މާދަމާ ހެނދުނު 09:00 އިން 11:00 އަށް ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ސެނަހިޔާ ހޮސްޕިޓަލުގައި ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އެޗްޕީއޭއިން އާންމު ކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖޭގައި 260،991 މީހަކު ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 321،350 މީހެކެވެ.
މިދިޔަ އަޟްހާ އީދާއި މިނިވަން ދުވަހުގެ ބަންދާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތައް ވަނީ ބަންދުކޮށްފަ އެވެ.
ސަރުކާރުން ނިންމާފައި ވަނީ ކޮވިޑް ވެކްސިން ހުރިހާ ދިވެހިންނަށް ޖެހުމަށް ކަމަށް ވާއިރު، އަންނަ މަހު 90 ޕަސެންޓު މީހުންނަށް ވެކްސިން ޖަހައި ނިމޭނެ ކަމަށް ވަނީ ބުނެފަ އެވެ.
70 ޕަސެންޓް މީހުން ސިނޮފޯމްގެ ދެވަނަ ޑޯޒް ނުޖަހާ
ސައިނޯފާމްގެ ދެ ވަނަ ޑޯޒް ދޭނީ ހަތަރު ހަފުތާ ފަހުން
ކޮވިޑް ބޫސްޓާ ޑޯޒް ޖެހުން މަޖުބޫރު
ވެކްސިނަށް ފަހު ކަސްރަތު މަޑުޖައްސާލުން ރަނގަޅު
ބޫސްޓަޑޯޒް ނުޖަހާ ނަމަ ކަރަންޓީކުރަން މަޝްވަރާކުރަނީ
ވެކްސިންޖެހި މީހުންގެ ކަރަންޓީން މުއްދަތު 10 ދުވަހަށް
ވެކްސިން އެކްސްޕަޔާވުމުގެ ކުރިން ޖަހައި ނިންމޭތޯ ބަލަނީ
ކޮވިޑް ޓެސްޓާ ނުލައި މިހާރު 28 ރަށަކަށް ދެވޭނެ
ތިން ލައްކަ މީހުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފި
ވެކްސިން ފުރިހަމަކުރީ އާބާދީ 54 ޕަސެންޓް މީހުން