Roadha Mihaaru
ވެކްސިން ފުރިހަމަކުރީ އާބާދީ 54 ޕަސެންޓް މީހުން

ރާއްޖެ އިން ވެކްސިން ފުރިހަމަކުރި އާބާދީ 54 ޕަސެންޓު މީހުން

19 އޯގަސްޓް 2021

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖެ އިން މިހާތަނަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކޮށްފައި ވަނީ 54 ޕަސެންޓު މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖެ އިން މިހާތަނަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކޮށްފައި ވަނީ 54 ޕަސެންޓު މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެ އެޖެންސީން މިއަދު ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން، މުޅި ރާއްޖޭގެ އާބާދީއަކީ 545،847 ކަމަށް ވާއިރު، އޭގެ ތެރެއިން 65 ޕަސެންޓު މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފަ އެވެ. އަދި ދެ ވަނަ ޑޯޒު ޖެހީ 54 ޕަސެންޓު މީހެކެވެ.

ވެކްސިން ޖަހަން އެންމެ ފުރަތަމަ ހުޅުވައިލި 18 އަހަރުން މަތީ މީހުންނަށެވެ. އެ އުމުރުގެ 415،078 މީހުންގެ ތެރެއިިން 83 ޕަސެންޓު މީހުން ފުރަތަމަ ޑޯޒު އަދި 71 ޕަސެންޓް މީހުން ދެ ވަނަ ޑޯޒު ފުރިހަމަކޮށްފައި ވެ އެވެ.

އުމުރުން 12 އަހަރުން މަތީގެ މުޅި ރާއްޖޭގެ އާބާދީއަކީ 452،798 ކަމަށް ވާއިރު، އެ އުމުރުގެ 78 ޕަސެންޓު މީހުން ފުރަތަމަ ޑޯޒު އަދި 65 ޕަސެންޓު މީހުން ދެ ވަނަ ޑޯޒު ޖަހާފައިވެ އެވެ.

ހަލުވިކަމާއެކު، ކޮވިޑު ފެތުރުނު މާލެ ސަރަހައްދުގައި 69 ޕަސެންޓު މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު އަދި 58 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފައި ވެ އެވެ. މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ކޮވިޑް ވެކްސިން ޖެހޭ އުމުރުން 18 އަހަރުން މަތީގެ 83 ޕަސެންޓް މީހުން ފުރަތަމަ ޑޯޒު އަދި 71 ޕަސެންޓް މީހުން ދެ ވަނަ ޑޯޒު ފުރިހަމަކޮށްފައި ވެ އެވެ.

މާލެ ސަރަަހައްދުގައި އުމުރުން 12 އަހަރުން މަތީގެ 80 ޕަސެންޓް ކުދިން ފުރަތަމަ ޑޯޒު އަދި 67 ޕަސެންޓް ކުދިން ވެކްސިން ފުރިހަމަކޮށްފައި ވެ އެވެ.

ރަށްރަށުގައި 62 ޕަސެންޓު މީހުން ވެކްސިން ފުރިހަމަކޮށްފައިވާއިރު، ދެ ވަނަ ޑޯޒު ނިންމާފައިވަނީ 51 ޕަސެންޓު މީހެކެވެ. ވެކްސިނަށް ޝަރުތު ހަމަވާ 18 އަހަރުން މަތީގެ 83 ޕަސެންޓް މީހުން އެއް ޑޯޒު ޖަހާފައިވާއިރު ދެ ވަނަ ޑޯޒު ފުރިހަމަކޮށްފައިވަނީ 70 ޕަސެންޓް މީހެކެވެ. ވެކްސިން ޖެހޭ 12 އަހަރުން މަތީގެ 77 ޕަސެންޓު ކުދިން ފުރަތަމަ ޑޯޒު އަދި 63 ޕަސެންޓު ކުދިން ދެ ވަނަ ޑޯޒު ޖަހާފައި ވެ އެވެ.

ވެކްސިން ޖެހޭ އުމުރުގެ 34 ޕަސެންޓު މީހުން އަދި އެއްވެސް ޑޯޒެއް ނުޖަހާއިރު މާލެ ސަރަހައްދުގައި ވެކްސިން ނުޖަހާ މީހުން އުޅެނީ 30 ޕަސެންޓުގަ އެވެ. އެ އަދަދު އަތޮޅުތެރޭގައި އުޅެނީ 37 ޕަސެންޓުގަ އެވެ.

ސަރުކާރުން ނިންމާފައިވަނީ މި މަސް ނިމުމުގެ ކުރިން އާބާދީގެ 90 ޕަސެންޓަށް ވެކްސިންގެ ޑޯޒުތައް ދީ ނިންމާށެވެ. އެހެންވެ، ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒު ދޭނީ އަންނަ މި މަހުގެ ނިޔަލަށެވެ. ނަމަވެސް ކޮވިޑް ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އެންމެންނަށް ވެކްސިން ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.