ކޮވިިޑް-19 އިން ދިފާއުވުމުގެ ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު ތިން ލައްކަ އިން މައްޗަށް އަރައިފި އެވެ.
25 އޯގަސްޓް 2021
ކޮވިިޑް-19 އިން ދިފާއުވުމުގެ ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު ތިން ލައްކަ އިން މައްޗަށް އަރައިފި އެވެ.
އެޗްޕީއޭ އިން އިއްޔެ ބުނީ ރޭގެ ހަވީރު 6:00 އާ ހަމައަށް 376،630 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު 300،064 މީހަކު މިހާތަނަށް ވެކްސިން ފުރިހަމަކޮށްފައިވެ އެވެ.
ގާތްގަނޑަކަށް ފަސް ލައްކަ މީހުންގެ އާބާދީއެއް އޮންނަ ރާއްޖޭގައި އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިން ދެމުން އަންނައިރު، އުމުރުން 12-17 އަހަރާ ދެމެދުގެ ކުދިންނަށް ޖަހަނީ ފައިޒާ ވެކްސިނެވެ. މާބަނޑު މީހުންނާއި ހާއްސަ ހާލަތްތަކުގައި ތިބޭ މީހުންނަށް ވެސް އެ ވެކްސިން ދެ އެވެ.
އާންމުކޮށް ސިނަފޯމާއި ކޮވިޝީލްޑް ނުވަތަ އެސްޓްރަޒެނެކާ ވެކްސިން ދެނީ އުމުރުން 18 އަހަރުން މަތީގެ އުމުރުފުރާއަށެވެ. މިވަގުތު ރާއްޖެއިން ކޮވިޝީލްޑް ވެކްސިން ހުސްވެފައިވާތީ އެ ވެކްސިން ޖެހި މީހުންނަށް ދެވަނަ ޑޯޒްގެ ގޮތުގައި ދެނީ އެސްޓްރަޒެނެކާ ވެކްސިނެވެ. މިއީ އެއް ފޯމިއުލާއެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ.
މި މަސް ނިމުމުގެ ކުރިން ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓަށް ވެކްސިން ދިނުމަށް ސަަރުކާރުން އަމާޒު ހިފާފައިވާއިރު، 84 ޕަސެންޓް މީހުން ވެކްސިން ޖަހާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.
ވެކްސިން ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުންނަށް ސަރުކާރުން އަންނަނީ ލުއިތައް ވެސް ދެމުންނެވެ.
ކޮވިޑް ބޫސްޓާ ޑޯޒް ޖެހުން މަޖުބޫރު
ވެކްސިނަށް ފަހު ކަސްރަތު މަޑުޖައްސާލުން ރަނގަޅު
ބޫސްޓަޑޯޒް ނުޖަހާ ނަމަ ކަރަންޓީކުރަން މަޝްވަރާކުރަނީ
ވެކްސިންޖެހި މީހުންގެ ކަރަންޓީން މުއްދަތު 10 ދުވަހަށް
ވެކްސިން އެކްސްޕަޔާވުމުގެ ކުރިން ޖަހައި ނިންމޭތޯ ބަލަނީ
ކޮވިޑް ޓެސްޓާ ނުލައި މިހާރު 28 ރަށަކަށް ދެވޭނެ
ވެކްސިން ފުރިހަމަކުރީ އާބާދީ 54 ޕަސެންޓް މީހުން
40،000 ކުއްޖަކަށް ވެކްސިން ޖަހާނެ: އެޑިއުކޭޝަން
ފައިޒާ ވެކްސިން މާދަމާ އިން ފެށިގެން ޖަހައިދޭން ފަށަނީ
ރާއްޖެއަށް ސްޕަޓްނިކް ވެކްސިން ދެން ނުގެންނާނެ