Roadha Mihaaru
ތެލުގެ ވައްކަން: ބޮޑު ތުހުމަތެއް ބިދޭސީ މުއައްޒަފަކަށް

ތެލުގެ ވައްކަން: ބިދޭސީއެއްގެ އެކައުންޓުގައި އާދަޔާ ހިލާފަށް ފައިސާ ދައުރުވި!

27 ޖުލައި 2021

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބޭނުންވާ ތެޔޮ ހޯދުމުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްްއެމް)ގެ ބަޔަކާ ވެސް ގުޅިގެން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ވައްކަމުގެ މައްސަލައިގެ ބޮޑު ތުހުމަތެއް ބިދޭސީއަކަށް ކުރެވޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބޭނުންވާ ތެޔޮ ހޯދުމުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްްއެމް)ގެ ބަޔަކާ ވެސް ގުޅިގެން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ވައްކަމުގެ މައްސަލައިގެ ބޮޑު ތުހުމަތެއް ބިދޭސީއަކަށް ކުރެވޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެމްޕީއެލްގައި ވެސް އޮޕަރޭޝަންތައް މަދުވެ، ހަރަދުތައް ކުޑަކޮށްފައި އޮތް ނަމަވެސް ހިސާބުތަކުން ފެންނަ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އޮކްޓޯބަރު މަހާ ހަމައަށް ތެލަށް ބޮޑު ޚަރަދެއް ވަނީ ހިނގައިފަ އެވެ.

އެކަން ފަޅާ އަރައިގެން ހެދި އޮޑިޓުން ދައްކާ ގޮތުގައި އެމްޕީއެލް-އެފްއެސްއެމް ތެލުގެ ވައްކަމުގެ އަދަދު އަށް މިލިއަން ރުފިޔާއަށް އަރަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އެ އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް "މިހާރު" އަށް ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ އެ ކުންފުނީގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ބަންގްލަދޭޝް މީހަކަށް ކަމަށެވެ.

އޭނާއަކީ އެމްޕީއެލް އަށް ކޮށްފައިވާ ގިނަ ތެޔޮ ޑެލިވަރީތަކުގައި ސޮއިކޮށްފައިވާ މީހާ ކަމަށާއި އޭނާގެ އެކައުންޓަށް އާދަޔާ ހިލާފަށް ފައިސާ ވަދެފައި ހުރި ކަމަށް ގަސަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސުވާލު ކުރުމުން އޭނާ ބުނަނީ ޑޮލަރު މުއާމަލާތްތަކެއްގެ ވާހަކަ. އެކަމަކު މި މަސައްކަތުގައި ސީދާ އުޅުމާއި މުސާރައިގެ އިތުރުން އެކައުންޓުގައި ފައިސާ ދައުރުވެފައިވާ ގޮތަށް ބަލާއިރު އޭނާއަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ،" ގަސަމް ވިދާޅުވި އެވެ.

އެ މައުލޫމާތުތައް ފުލުހުންނާ ހިއްސާ ކުރުމުން އޭނާ ފުރުވައި ނުލާ ބަހައްޓަން އިރުޝާދު ދީފައިވާ ކަމަށް ގަސަމް ވިދާޅުވި އެވެ. އަދި އެ މީހާއާއެކީ އެއް ޑިއުޓީގައި ތިބޭ އެހެން މީހުން ވެސް އެހެން ޑިޕާޓްމަންޓުތަކަށް ބަދަލުކޮށްފައިވާ ކަމަށް ގަސަމް ވިދާޅުވި އެވެ.

"މައްސަލާގައި ކިރިޔާ ވެސް ޝައްކު ކުރެވޭ އެންމެން ވާނީ އެހެން ޑިޕާޓްމަންޓުތަކަށް ބަދަލުކޮށްފައި. ބިދޭސީ މީހާ މިހާރު ހުރީ ސަސްޕެންޑުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ތެލުގެ ވައްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ބަލަމުން އަންނައިރު އޮޑިޓާ ޖެނަރަލް އޮފީހުން ވެސް އަންނަނީ ހާއްސަ އޮޑިޓެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.