Roadha Mihaaru
ބިލެއްފަހި ބަނދަރު ނިމެނީ

ބިލެއްފަހި ބަނދަރު ނިމެނީ

05 ޖޫން 2022

ށ. ބިލެއްފަހި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ށ. ބިލެއްފަހި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން މިއަދު ބުނި ގޮތުގައި، ބިލެއްފަހި ބަނދަރު ހެދުމުގެ 80 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި ބޭރުތޮށި ހަދަން ބޭނުންވާ ސަރަހައްދު ސާފުކޮށް ނިމިފައިވާ ކަމަށް ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 50،376 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، އެއްގަމު ތޮށި ލުމާއި ބޭރު ތޮށި ލުން އަދި 170 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހުން ހިމެނެ އެވެ.

މަގު ބައްތި ޖަހައިގެން 1565 އަކަ މީޓަރު ސަރަހައްދުގައި ޕޭވްމެންޓް ހެދުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ސަރުކާރުން ކުރިއަށްގެންދާ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބަނދަރު ތަރައްގީ ކުރުމުގެ ޕްރޮގްރާމްގެ ދަށުން އެމްޓީސީސީން އަންނަނީ ގިނަ އަދަދެއްގެ ރަށްތަކެއްގެ ބަނދަރުގެ މަސައްކަތްތައް ނިންމަމުންނެވެ.