Roadha Mihaaru
ސޮނީގެ "ބަޅޭ އައްޗޭ ލަގްތޭ ހޭ 2" މިރޭ ފަށަނީ

ސޮނީ ޓީވީގެ "ބަޅޭ އައްޗޭ ލަގްތޭ ހޭ 2" މިރޭ ފަށަނީ

30 އޯގަސްޓް 2021

ސޮނީ ޓީވީން ޕްރޮމޯ ދައްކަމުން އަންނަތާ ދުވަސްކޮޅެއްވެފައިވާ އާ ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ 2" މިރޭ ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޮނީ ޓީވީން ޕްރޮމޯ ދައްކަމުން އަންނަތާ ދުވަސްކޮޅެއްވެފައިވާ އާ ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ 2" މިރޭ ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

މި ސިލްސިލާގެ އެޕިސޯޑްތައް ދައްކާނީ ކޮންމެ ހަފުތާއެއްގެ ހޯމަ-ހުކުރު ގެ ރޭގަނޑު ރާއްޖެ ގަޑިން 7:30 ގަ އެވެ. މިއީ ސޮނީން 2011-2014 އަށް ގެނެސްދިން ކާމިޔާބު ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ ދެވަނަ ސީޒަނެވެ.

ނަމަވެސް އާ ސީޒަން ގެނެސްދެނީ މުޅިން ތަފާތު ކާސްޓަކާ އެކީގަ އެވެ. ކުރީގެ ސިލްސިލާގައި މައިގަނޑު ރޯލުތައް ކުޅުނީ ރާމް ކަޕޫރާއި ސާކްޝީ ތަންވަރު ކަމަށް ވިޔަސް، ދެވަނަ ސީޒަންގެ ތަރިންނަކީ ޒުވާން ދެ ތަރިން ކަމަށްވާ ނަކުލް މެހެތާ އާއި ޑިޝާ ޕަރްމަރް އެވެ.

މި ދެ ތަރިންނަކީ ސްޓާ ޕްލަސް އިން 2012-2014 އަށް ގެނެސްދިން މަގުބޫލު ސިލްސިލާ "ޕިޔާރު ކާ ދަރުދު ހޭ މީތާ މީތާ ޕިޔާރާ ޕިޔާރާ" ގެ ލީޑް ރޯލު ކުޅުނު ދެ ތަރިންނެވެ. އަދި މިއީ އެ ސިލްސިލާ އަށް ފަހު ނަކުލް އާއި ޑިޝާ އެކީގައި ފެންނަ ފުރަތަމަ ސިލްސިލާ ވެސް މެ އެވެ.

"ބަޅޭ އައްޗޭ ލަގްތޭ ހޭ" އަކީ އިންޑިއާގެ ޓީވީ ސިލްސިލާތަކުގެ ރާނީ އެކްތާ ކަޕޫރްގެ ބާލާޖީން ގެނެސްދޭ އެއްޗެކެވެ.