Roadha Mihaaru
އޮޅުންބޮޅުން: އުސޫލީ މައްސަލަތަކުގައި ކޯޓަށް ދިއުން

އޮޅުންބޮޅުން: އުސޫލީ މައްސަލަތަކުގައި ކޯޓަށް ދިއުން

28 ނޮވެމްބަރ 2016

އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް އެކިއެކި ކަންކަމާ މެދު ދެބަސްވުން އައުމުން ނުވަތަ އެއްބަސްވުންތަކާ ޚިލާފްވުމުން ކޯޓަށް ދިއުމުގެ ސަގާފަތު އަންނަނީ މަޑުމަޑުން އަށަގަންނަމުންނެވެ. އަދި ބައެއް ފަހަރު ވަރަށް ކުދި ކަންތައްތަކާ ވެސް ކޯޓަށް ދިއުން ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. ހުށައެޅޭ މައްސަލައަކީ ޢާއްމު ނަޒަރަކުން ބަލާއިރު ކިތަންމެ ކުޑަ މައްސަލައަކަށް ވިޔަސް އެ މައްސަލައެއް ހުށައަޅާ ފަރާތަކުން ބައެއް ފަހަރަށް، އެފަރާތެއްގެ އެއިރެއްގެ މަސްލަޙަތަށް ރިޢާޔަތްކުރުމަށް ފަހު ޤާނޫނީ ނިންމުމެއްގެ ބޭނުން ބޮޑުވެގެން މައްސަލަ ކޯޓަށް ހުށައަޅަނީ އެވެ. މިއީ އެހެން ޤައުމުތަކުގައި ވެސް މިކަން އޮންނަ ގޮތެވެ. ނަމަވެސް ރާއްޖޭގައި އަމަލުކުރާ ތަން މިހާރު ބައެއް ފަހަރު ފެންނަ ގޮތާއި އެހެން ޤައުމުތަކުގައި އަމަލުކުރާ ގޮތާ ތަފާތުތަކެއް އެބަ ފެނެ އެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް އެކިއެކި ކަންކަމާ މެދު ދެބަސްވުން އައުމުން ނުވަތަ އެއްބަސްވުންތަކާ ޚިލާފްވުމުން ކޯޓަށް ދިއުމުގެ ސަގާފަތު އަންނަނީ މަޑުމަޑުން އަށަގަންނަމުންނެވެ. އަދި ބައެއް ފަހަރު ވަރަށް ކުދި ކަންތައްތަކާ ވެސް ކޯޓަށް ދިއުން ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. ހުށައެޅޭ މައްސަލައަކީ ޢާއްމު ނަޒަރަކުން ބަލާއިރު ކިތަންމެ ކުޑަ މައްސަލައަކަށް ވިޔަސް އެ މައްސަލައެއް ހުށައަޅާ ފަރާތަކުން ބައެއް ފަހަރަށް، އެފަރާތެއްގެ އެއިރެއްގެ މަސްލަޙަތަށް ރިޢާޔަތްކުރުމަށް ފަހު ޤާނޫނީ ނިންމުމެއްގެ ބޭނުން ބޮޑުވެގެން މައްސަލަ ކޯޓަށް ހުށައަޅަނީ އެވެ. މިއީ އެހެން ޤައުމުތަކުގައި ވެސް މިކަން އޮންނަ ގޮތެވެ. ނަމަވެސް ރާއްޖޭގައި އަމަލުކުރާ ތަން މިހާރު ބައެއް ފަހަރު ފެންނަ ގޮތާއި އެހެން ޤައުމުތަކުގައި އަމަލުކުރާ ގޮތާ ތަފާތުތަކެއް އެބަ ފެނެ އެވެ.

ޢާޢްމު ގޮތެއްގައި މަދަނީ މައްސަލައެއް ކޯޓަށް ހުށައަޅަނީ ދެ ފަރާތަކުން ނުވަތަ އެއަށް ވުރެ ގިނަ ފަރާތްތަކަކުން އެއްބަސްވެފައިވާ އެއްބަސްވުމަކާ ޚިލާފްވުމުން އެކަމުގެ ހައްލެއް ހޯދުމަށެވެ. ނުވަތަ އެއްބަސްވެފައިވާ ގޮތް ތަފާތު ގޮތަކަށް މާނަކުރެވިގެން އަމަލުކުރެވޭ ޤާނޫނުތަކާއި ގަވައިދުތަކަށް ފެތޭ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުމަށެވެ. ލިޔެކިއުމުން ކޯޓަށް ފެންނަން ނެތް އެއްޗަކަށް ނުވަތަ އެކަމަކަށް އެދޭ ފަރާތަކުން އެކަށީގެންވާ ހެއްކާއި ޤަރީނާ ހުށަނާޅާ މައްސަލައަކަށް ކޯޓުން އަލުން މައްސަލައެއް އުފައްދައިގެން ހައްލެއް ނުނެރެވޭނެ އެވެ. ކޯޓުން އެނިންމާ ގޮތަކީ އެކަމުގައި އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ވެދާނެ އެވެ. އެންމެ މަސްލަޙަތު ހުރި ގޮތް ކަމަށް ވެސް ވެދާނެ އެވެ. ނަަމަވެސް ކަންކަމުގައި އެންމެ ރަނގަޅު ގޮތް ހޯދައިދިނުމަކީ ކޯޓުގެ މަސްއޫލިއްުޔަތެއް ނޫނެވެ. ސަބަބަކީ ކޯޓަކީ ހުށައަޅާ މައްސަލަތަކުގައި، ކުރިން ވެސް ދެންނެވި ފަދައިން، ދެ ފަރާތުގެ ލިޔެކިއުންތަކަށް ބެލުމަށް ފަހު ނުވަތަ އެކަމާ ގުޅުން ހުރި ފަރާތްތަކުން ދައްކާ ހެއްކާއި ޤަރީނާއަށް ބެލުމަށް ފަހު މައްސަލަތައް ނިންމަން ޖެހޭ މުއައްސަސާއަކަށް ވާތީވެ އެވެ.

ސިޔާސީ ބާރުތަކާ އަމަލީ ގޮތުން ލާމެހިފައި ނުއޮންނަ ޤައުމުތަކުގެ ކޯޓްތަކަށް ހުށައަޅާ، ރައްޔިތުންގެ މަޖިލީހާ ގުޅުން ހުންނަ ކަމަށް ފެންނަ ނުވަތަ ސިޔާސީ ބާރުތަކުން ނިންމަން ޖެހޭނެ ކަމަށް ބެލެވޭ މައްސަލަތަކާ މެދު ކޯޓުން ގޮތެއް ނިންމަން ވަރަށް ޖެހިލުންވެ އެވެ. އެފަދަ މައްސަލަތަކާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް ކޯޓުން ބުރަވަނީ ސިޔާސީ ބާރުތަކަށެވެ.

ޢާއްމު ގޮތެއްގައި ދުނިޔެ ބަލައިގަންނަ ޑެމޮކްރެޓިކް ގައުމުތަކުގައި އެކަމެއްގެ މައްޗަށް ރައްޔިތުން ތަބާވާން ޖެހޭ ކަންކަން ނިންމަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެއީ ރައްޔިތުންގެ މަންދޫބުންނަށް ވާތީވެ އެވެ. އަދި އެތަނުން ނިންމާ ބައެއް މައްސަލަތަކަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ރައްޔިތުން ބަލައިގަންނަން ބޭނުންނުވާ މައްސަލަތަކެއް ކަމަށް ވިޔަސް އެކަމުގައި ކުރެވޭނެ ކަމެއް ނުއޮވެ އެވެ. އެފަދަ މައްސަލައަކީ ޤާނޫނުއަސާސީން ދީފައި އޮންނަ ފަރުދީ ޙައްޤަކަށް އަރައިގަތުން ކަމަށް ވިޔަސް އެވެ. މިސާލަކަށް އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީސް ނަގަމާތޯ އެވެ؟ ދުނިޔޭގެ ތަޖުރިބާ ލިބިފައި ތިބި މީހުން ދެކެ ވަރަށް ޖެހިލުންވާ މަޖިލީހެކެވެ. ފުރަތަމަ ފާސްކުރީ އުމުރުން 65 އަހަރު ވީ މީހުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލިޔަ ނުދިނުމަށެވެ. ދެން ކޮންމެވެސް ފަރާތަކުން މަސައްކަތް ކުރީ އެ އުމުރުގެ މީހުން ކައުންސިލްތަކުގެ އިންތިޚާބާ ވެސް ކުރިމަތިލިޔަ ނުދިނުމަށެވެ. ޒުވާނުންނަށް ފުރުޞަތު ދިނުމުގެ ބަހަނާގަ އެވެ. އިންތިޚާބަކާ ކުރިމަތިލާ ކޮންމެ މީހަކަށް ވޯޓުލާން ދާ އެންމެން ވޯޓުލާނެތޯ އެވެ؟ އެމީހުން ބަލާ ބެލުންތަކަށް ފަހު ވޯޓުލާނީ އެމީހަކަށް ފެންނަ އެންމެ ރަނގަޅު މީހަކަށެވެ. ވޯޓްލާ މީހުން އުމުރުން 65 އަހަރު ފުރިފައިވާ މީހާއަށް ވޯޓް ނުލައި، އިންތިޚާބާ ކުރިމަތިލާފައި ތިބި މީހުންގެ ތެރެއިން އެންމެ އުމުރު ހަގު މީހަކަށް ވޯޓްލުމުން އެކަން ނިމުނީ އެވެ. މިހާރު މިއޮންނަ ގޮތުން އެތައް ބައެއްގެ ފަރުދީ ހައްޤު ގެއްލެނީ އެވެ.

ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމު ދާދި ފަހުން ހޯދި އިނގިރޭސި ވިލާތުގެ މަރޭ: އެއް ވަނަ މަގާމަށް އެރީ ވާދަވެރި އެހެން ކުޅުންތެރިން ބަލި އެނދުގައި ބައިތިއްބައިގެންނެއް ނޫން

ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމު ދާދި ފަހުން ހޯދި އިނގިރޭސި ވިލާތުގެ މަރޭ: އެއް ވަނަ މަގާމަށް އެރީ ވާދަވެރި އެހެން ކުޅުންތެރިން ބަލި އެނދުގައި ބައިތިއްބައިގެންނެއް ނޫން

އުމުރުން ދުވަސް ވެފައިވާ މީހާއަށް އޭނާ ބޭނުން އިންތިޚާބަކާ ކުރިމަތިލުމުގެ ޙައްޤު ގެއްލެނީ އެވެ. ވޯޓް ދޭ މީހުންނަށް އެމީހަކު ބޭނުން މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބުމުގެ ފުރުޞަތު ހަނިކުރެވެނީ އެވެ. ޒުވާނުންނަށް އޮންނަ ފުރުޞަތު ފުޅާކުރުމުގެ ނަމުގައި ޒުވާނުންގެ ޑެމޮކްރެޓިކް ޙައްޤުތަކަށް އަރައިގަނެވެނީ އެވެ. މިސާލަކަށް ދަންނަވާ ނަމަ ދުނިޔޭގެ ޗެމްޕިއަން ޓެނިސް ކުޅުންތެރިޔާ އަށް ވާން ބޭނުންވާ މީހާ ބޭނުންވާނީ އޭނާއާ ވާދަކުރާ އެންމެ ބޮޑެތި ވާދަވެރިން ހޮސްޕިޓަލުގައި، ބަލި އެނދުގައި ބާއްވައިގެން ޗެމްޕިއަންކަން ހޯދާކަށެއް ނޫނެވެ. ވާދަކޮށްގެން ކޯޓުގައި ކުޅެ ބަލިކޮށްގެން ޗެމްޕިއަންކަން ހޯދާށެވެ.

ދުވުމުގެ ރޭހެއްގައި ބައިވެރިވާ ޓީމަކަށް ކާނާވިހަވުމުން ދިމާވާ މައްސަލައެއްގައި ރޭހަށް ތައްޔާރުވުމުގައި ހުރި ދަތިތަކާ ހުރެ ރޭސް ލަސްކުރުވަން ކޯޓަށް ގޮސްގެން ހައްލެއް ހޯދިދާނެ ބާވަ އެވެ؟ އެމައްސަލަ ދާން ޖެހޭނީ ރޭސް އިންތިޒާމްކުރާ ފަރާތަށެވެ. ނުވަތަ އެފަރާތުގެ މައި އިދާރާ އަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ބައިނަލްއަޤްވާމީ މިންގަނޑުން ބެލެވޭ ޒުވާނުންގެ އުމުރު ފަހަނައަޅާފައި ތިއްބެވި، މެދު އުމުރުގެ އަހަރުތައް ގުނަމުންދާ ނުވަތަ ހަރު މީހުން ކަމަށް ބެލެވޭ ގިނަ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ޒުވާނުންނަށް ފުރުޞަތު ދިނުމުގެ ނަމުގައި ހުށައަޅުއްވާ ބައެއް މައްސަލަތަކާއި ބިލްތަކަކީ ބޯދާ ޚިޔާލުގެ ބިލްތަކާއި މައްސަލަތަކެވެ. އެފަދަ ބޭފުޅުން އެފަދަ މައްސަލަތައް މަޖިލީހަށް އެތެރެކުރުމުގެ ބަދަލުގައި ޚިޔާލުގައި ތަނަވަސްކަން ހުރި "ޒުވާން ސިކުނޑީގެ" މީހުންނަށް ގޮނޑި ދޫކޮށްލެވުމުން، އެކަމުން ޤައުމަށާއި ހަށިގަނޑާއި ސިކުނޑީގެ ޒުވާނުންނަށް ކުރާނެ ފައިދާ މާ ބޮޑުވާނެ އެވެ.

ޤާނޫނަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްޗެކެވެ. އެ ޤާނޫނެއްގެ ދަށުން ޤަވައިދު ހެދުމުގެ ހުދޫދު ވެސް ކަނޑައަޅަނީ އެ ޤާނޫނެއްގަ އެވެ. ރައްޔިތުން އެމައްޗަށް އަމަލުކުރަން ޖެހެނީ ރައްޔިތުންގެ މަންދޫބުން ފާސްކޮށްފައިވާ ބިލެއް ޤާނޫނަކަށް ވުމުގެ ސިއްކަ ޖެހުމުންނެވެ. މިފަދަ ކަންކަމާ މެދު ކޯޓަށް ދާ ނަމަ ދަނީ މަޖިލީހުން ހުއްދަ ދީފައި އޮންނަ ހުދޫދުން ބޭރުގައި ކަމެއް ކޮށްފައިވޭތޯ ބެލުމަށެވެ. ޑެމޮކްރެޓިކް ޤައުމުތަކުގައްޔާއި، ލިއެފައި އޮންނަ ޤާނޫނަށް ތަބަޢަވާ ޤައުމުތަކުގައި، ކޯޓަކުން މިދެންނެވި ގޮތާ ޚިލާފް އެންމެ ރަނގަޅު ހައްލެއް ހޯދައެއް ނުދޭނެ އެވެ. އެއީ ކޯޓުގެ މަސްއޫލިއްޔަތެއް ނޫނެވެ. ކޯޓުން ހޯދައިދެނީ ހުށައަޅާ ލިއުންތަކާއި ޤާނޫނާއި ޤަވައިދަށާއި ލިބެން ހުރި ހެއްކާއި ޤަރީނާ އަށް ބެލުމަށް ފަހު ހޯދައިދެވެން އޮތް އެންމެ ރަނގަޅު ހައްލެކެވެ.

ދުވުމުގެ ރޭހެއްގައި ބައިވެރިވާ ޓީމަކަށް ކާނާވިހަވުމުން ދިމާވާ މައްސަލައެއްގައި ރޭހަށް ތައްޔާރުވުމުގައި ހުރި ދަތިތަކާ ހުރެ ރޭސް ލަސްކުރުވަން ކޯޓަށް ގޮސްގެން ހައްލެއް ހޯދިދާނެ ބާވަ އެވެ؟ އެމައްސަލަ ދާން ޖެހޭނީ ރޭސް އިންތިޒާމްކުރާ ފަރާތަށެވެ. ނުވަތަ އެފަރާތުގެ މައި އިދާރާ އަށެވެ. އެ އިދާރާއަށް ހުށައެޅި މައްސަލާގައި ހައްލެއް ނުލިބުމުން، އެމައްސަލައެއް ނިންމާފައިވަނީ ކަނޑައެޅިފައި އޮތް ޤަވައިދާ އެއްގޮތަށްތޯ ބެލުމަށް ކޯޓަށް ދެވިދާނެ އެވެ. ކޯޓަކީ ދިމާވާ ކޮންމެ އުނދަގުލަކަށް ބޭނުންވާ އެންމެ ރަނގަޅު ހައްލު މުސްތަޤިއްލުކޮށް ދެވޭ ގޮތަށް ބިނާކޮށްފައި އޮންނަ މުއައްސަސާއެއް ނޫނެވެ. ކޯޓަކަށް އެކަމެއް އޮންނަންވާނެ އެންމެ ރަނގަޅު ގޮތަކަށް މައްސަލަތައް ނިންމޭކަމަށްވާ ނަމަ ހެދިފައި އޮންނަ ޤާނޫނާއި އެއިންް ބާރު ލިބިގެން ހަދާ ޤަވައިދުތަކުގެ ބާރު ކެންޑިގެންދާނެ އެވެ. ޢާއްމުންނަށް ހިނގަންވާ މަގު އޮޅޭނެ އެވެ. އެ މަސައްކަތެއްގައި އުޅޭ މީހުންނަށް ކުރިއަށް ދާނެ ގޮތަކާ މެދު އޮޅުންބޮޅުން އަރާނެ އެވެ.