Roadha Mihaaru
ނަޝީދު އަދި ރާއްޖެ ވަޑައިގަތުން ރަނގަޅެއް ނޫން:ހަސަން

މަޖިލީހުގެ ހުށަހެޅުންތަކަށް ސަރުކާރުން އަމަލުކުރާ ގޮތް ނޭނގެނީސް ނަޝީދު ރާއްޖެ ވަޑައިގަތުން ރަނގަޅެއް ނޫން: ހަސަން

05 އޯގަސްޓް 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގި ތަހުގީގުގައި ހުށަހެޅި ކަންކަމަށް ސަރުކާރުން އަމަލު ކުރާނެ ގޮތް ނޭނގެނީސް، ނަޝީދު ރާއްޖެ ވަޑައިގަތުން ރަނގަޅު ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގި ތަހުގީގުގައި ހުށަހެޅި ކަންކަމަށް ސަރުކާރުން އަމަލު ކުރާނެ ގޮތް ނޭނގެނީސް، ނަޝީދު ރާއްޖެ ވަޑައިގަތުން ރަނގަޅު ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހު 6 ވަނަ ދުވަހުގެ ރޭ އެއްޗެއް ގޮއްވާލައި، ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހިންގި ތަހުގީގަށް ފަހު، ގިނަ ހުށަހެޅުންތަކެއް ސަރުކާރަށް ވަނީ ހުށަހަޅައިފަ އެވެ.

ރާއްޖެ އިން ބޭރުގައި ފަރުވާ ހޯއްދެވުމަށް ފަހު ނަޝީދު އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ބެލެވެ ކަމަށް އެ މަނިކުފާނު އާއިލާ އިން އިއްޔެ ވަނީ ބުނެފަ އެވެ.

އެމްޑީޕީގައި ނަޝީދުއާ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ހަސަން ކުރެއްވި ޓްވީޓެއްގައި ވަނީ މަޖިލީހުން ހުށަހެޅި ކަންކަމަށް ސަރުކާރުން އަމަލުކުރަން ރާވާފައިވާ ގޮތް ބެލުމަށް ފަހު ނޫނީ އެ މަނިކުފާނު ރާއްޖެ ވަޑައިގަތުން ރަނގަޅު ނޫން ކަމަށެވެ. އެގޮތަށް ވިދާޅުވާން ޖެހެނީ ނަޝީދަށް ހަމަލާދިނުމުގެ ކުރިން ސަރުކާރަށް އެނގިފައި ހުރި ކަންކަމާ ގުޅިގެން ސަރުކާރުން އަމަލުކުރި ގޮތަށް ބެލުމަށް ފަހު ކަމަށް ހަސަންގެ ޓްވީޓްގައިވެ އެވެ.

އޭނާ ވިދާޅުވިގޮތުގައި، މަޖިލީހުން ހުށަހެޅި ކަންކަމަށް ސަރުކާރުން އަމަލުކުރާ ގޮތް ބެލުމަށް އުސޫލެއް ކަނޑައަޅަން މަޖިލީހުން މަސައްކަތް ކުރާނެ އެވެ.

ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް އެނގިވަޑައިގެން ހުންނަވައި، އެކަން އެއްވެސް ފަރާތަކާ ހިއްސާ ނުކުރި މައްސަލާގައި ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވި އެވެ. ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، އިތުރު ބައެއްގެ މައްޗަށް ވެސް ތަހުގީގު ދަނީ ހިންގަމުންނެވެ.