Roadha Mihaaru
މަޖިލިސް: ރައީސާއި ނައިބު ރައީސް ވެސް ނެތި!

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވެސް ނެތް: ސީރިއަސް މައްސަަލައެއް!

30 އޯގަސްޓް 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހަރަަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު ފަރުވާ އަށް ވަޑައިގެން އެމަނިކުފާނު އަދިވެސް ހުންނެވީ ރާއްޖޭން ބޭރުގަ އެވެ. ބޮމުގެ ހަމަލާ އަށް ފަހު އޭޑީކޭއިން ފަރުވާ ފަރުވާ ކުރެއްވުމަށް ފަހު އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ ޖަރުމަންވިލާތަށެވެ. އެތަނުގައި ފަރުވާ ހޯއްދެވުމަށް ފަހު މިހާރު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހަރަަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު ފަރުވާ އަށް ވަޑައިގެން އެމަނިކުފާނު އަދިވެސް ހުންނެވީ ރާއްޖޭން ބޭރުގަ އެވެ. ބޮމުގެ ހަމަލާ އަށް ފަހު އޭޑީކޭއިން ފަރުވާ ފަރުވާ ކުރެއްވުމަށް ފަހު އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ ޖަރުމަންވިލާތަށެވެ. އެތަނުގައި ފަރުވާ ހޯއްދެވުމަށް ފަހު މިހާރު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ރައީސްގެ ޒިންމާތައް އަދާ ނުކުރެއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ޒިންމާތަކާ ހަވާލުވެވަޑައިގަންނަވާނީ ނައިބު ރައީސެވެ. ނަަޝީދަށް ބޮމުގެ ހަމަލާ ދިން ފަހުން އެމަނިކުފާނުގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވަނީ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

އެނގިފައިވާ ގޮތުގައި ކޮންމެހެން ކުރައްވަން ޖެހިވަޑައިގެންނެވި ދަތުރެއްގައި އީވާ މިހާރު ވަޑައިގެން ހުންނެވީ ރާއްޖޭން ބޭރުގަ އެވެ. މަޖިލީހުން އެކަން ކަށަވަރުކޮށް ނުދިނަސް، އީވާ މި ވަގުތު ހުންނެވީ ރާއްޖެ އިން ބޭރުގަ އެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް ރޭ ވިދާޅުވި ގޮތުގައި މިއަދު ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފެވެ. އެހެން ނަމަވެސް މަޖިލީހުގެ ރައީސްގެ އެހެން ޒިންމާތައް ނައިބު ރައީސް އީވާ އަދާކުރައްވަމުން ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ކަންތައްތައް ނިންމެވުމާއި އެންގުންތައް އެންގުން ފަދަ މަސަައްކަތްތައް އޭނާ ކުރައްވާނީ ވާޗުއަލް ކޮށެެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި، މާލެ ލޮކްޑައުން ކުރުމުން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ވެސް ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ އެވެ. އެ ހާލަތުގައި ދައުލަތުގެ އެހެން އިދާރާތަކުން ވެސް އެގޮތަށް މަސައްކަތް ކުރިއަށް ގެންދިޔަ އެވެ.

ޑިޖިޓަލް ސިގްނެޗާ ބޭނުންކުރައްވައިގެން ލިޔެކިއުންތަކުގައި ސޮއިކުރައްވައި، މަޖިލީހުގެ ރިޔާސަތުގެ ޒިންމާތައް އީވާ އަދާ ކުރައްވާ ގޮތަށް އޮތް ނަމަވެސް ބައެއް މެމްބަރުން ވިދާޅުވީ މިއީ ވަރަށް ދަތިި އުނދަގޫ ހާލަތެއް ކަމަށެވެ. ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ މަޖިލީހުގެ ރައީސް ރާއްޖޭގައި ވަޑައިގެން ނެތް ހާލަތެއްގައި ނައިބު ރައީސް ވެސް ބޭރަށް ވަޑައިގަންނަވަން ޖެހުމަކީ އޭގެ ސަބަބުން މައްސަލަތައް ކުރިމަތިވާނެ ކަމެެއް ކަމަށެވެ.

"މަޖިލީހުގެ ރައީސްގެ ހަމައެކަނި ޒިންމާއަކީ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމެއް ނޫން. މާގިނަ އެހެން ޒިންމާތައް ވެސް އޮންނާނެ. އެހެންވީމާ ރައީސްގެ ބަދަލުގައި އެ ޒިންމާތައް އަދާކުރައްވަން ހުންނެވި ނައިބު ރައީސް ވެސް ރާއްޖޭން ބޭރަށް ވަޑައިިގަންނަވަން ޖެހުމަކީ ވަރަށް ގިނަ މައްސަލަތައް ދިމާވާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

މިވަގުތު ރާއްޖެ އަށް އެނބުރި ވަޑައިގެންނެވެން ނެތް ކަން އަންގަވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ސިޓީއެއް ފޮނުއްވުމުން ވެސް ބައެއް މެމްބަރުން އޭރު ކަންބޮވުން ފާޅުކުރެއްވީ މިފަދަ ސަބަބުތަކާ ހެދި އެވެ.

އަވަހާރަކޮށްލަން ދިން ހަމަލާ އަށް ފަހު ރާއްޖެ އަށް އެނބުރި ވަޑައިނުގެން ހުންނަވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޗުއްޓީ އިތުރުކޮށްދެއްވުން އެދިވަޑައިގެން މި މަހުގެ 16 ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނަށް ދިން ހަމަލާ ރޭވުމުގައި ބައިވެރިވި މީހުން ހޯދައި ހައްޔަރު ނުކުރެވެނީސް ރާއްޖެ އަށް އެނބުރި ވަޑައިގަންނަވަން ޖެހިލުންވެވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ހަމަލާ ރޭވި މީހުން ހޯދައި ހައްޔަރު ނުކުރެވެނީސް އެނބުރި ވަޑައިގަތުމަށް އެ މަނިކުފާނުގެ އިތުރުން، އާއިލާގެ ބޭފުޅުންނާއި ހެޔޮއެދޭ އެތައް ރައްޔިތުންނެއް ވެސް ޖެހިލުންވާ ކަމަށެވެ.

އެހެންވެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވަން ނަޝީދު އެދިވަޑައިގެންނެވި އެވެ. ރާއްޖޭން ބޭރުގައި ހުންނަވާ އިރު މަޖިލީހުގެ ނައިބު ރައީސް އިސްކޮށް ހުންނަވައި މެމްބަރުންގެ އިރުޝާދާ އެކު މަސައްކަތްތައް ހިންގާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.

އެ ދުވަހުގެ ޖަލްސާގައި ނަޝީދުގެ ސިޓީ މަޖިލީހަށް އިއްވުމުން، މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ އެމަނިކުފާާނަށް އެނބުރި ވަޑައިނުގެންނެވޭ ނަަމަ ވަގުތީ އިންތިޒާމެއް ހަމަަޖައްސަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ވަގުތީ ގޮތުންް ނަމަވެސް މަޖިލީހަށް ރައީސަކު ހަމަަޖައްސަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ ވާހަކައަކީ ތިން މަސްދުވަހަށް ވުރެ ގިނަ ދުވަސް ވެގެން ދާއިރު، ރައީސް ނަޝީދަށް މިތަނުގައި ހިދުމަތް ކުރުމުގެ ފުރުސަތު ލިބިގެން ނުދާ ކަަމަށް ވެއްޖެއްޔާ މި މަޖިލީހުން އެބަ ޖެހެޔޭ ވަގުތީ ގޮތުން ނަމަވެސް އެހެން ރައީސަކު ދައްކަވަން،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އޭނާ އެ ވިދާޅުވީ 241 ކޮމިޓީގެ ބައެއް މެމްބަރުންނަށް ވަޑައިނުގެންނެވޭ ހާލަތް މެދުވެރިވުމުން ބަދަލުގައި އެހެން މެމްބަރުން ހަމަޖައްސައިގެން މަސައްކަތް ކުރިއަށް ގެންދިޔަ ވާހަކަ އެެވެ. މަޖިލީހުގެ މެޖޯރިޓީ އެބައޮތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވައި އާދަމް ޝަރީފު ވިދާޅުވީ އެއީ އެމަނިކުފާނަށް ނިންމެވެން އޮތް ނިންމެވުމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިރޭ ފެށި ކުއްލި ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިރޭ ފެށި ކުއްލި ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.

އާދަމް ޝަރީފު އެ ދުވަހު ވިދާޅުވީ ނަޝީދަށް ރާއްޖެ އަށް ވަޑައިނުގެންނެވޭ ގޮތަށް "ފޮނުވާލާފައި ބަހައްޓައިގެން" މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ މަޖިލީހުގެ ޒިންމާ އާއި އިހުތިސާސްތަކާ ފުށުއަރާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ މަޖްލިސްގައި މި ވާހަކަ ދައްކަން، ބަހުސް ކުރަން،" އޭނާ ވިދާޅުވި އެވެ.

އެހެން މެމްބަރަކު ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ނިޒާމެއްގައި އެއް ބާރުގެ ވެރިޔާގެ މަގާމު ފުރުއްވާނެ އެއްވެސް ބޭފުޅަކު ރާއްޖޭގައި މި ވަގުތު ވަޑައިގެން ނެތުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ޑިމޮކްރަސީއާ ބީރަށްޓެހި ކަމެއް ކަމަށެވެ. ރައީސަށް މަޖިލީހުގެ ޒިންމާ އަދާ ނުކުރެއްވޭ ނަމަ އެ މަގާމަށް އެހެން މެމްބަރަކު އިންތިހާބު ކުރުމަަކީ އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން ކުރަން ޖެހޭނެ ކަމެކެވެ.

"މިއީ ވަރަށް ސީރިއަސް މައްސަލައެއް. މިކަމަށް އަވަސް ހައްލެއް ހޯދަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ ރައީސް ވަޑައިގަތީ ފަރުވާ ހޯއްދަވަން. އެކަމަކު މިހާރު ފަރުވާ ހޯއްދަވައި ނިންމަވައިފި. މިހާރު އެމަނިކުފާނު ނެތުމަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ހުސްކަމެއް. އަދި އަމުދުން ނައިބު ރައީސް ފުރާވަޑައިގަންނަވައިގެން ނުވާނެ ރައީސް ވެސް ނެތް ދަނޑިވަޅެއްގައި."

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ޒިންމާ

މަޖިލީހުގެ ގަވާއިދުގެ (2) ވަނަ މާއްދާގެ (ހ) ބުނެފައިވާ ގޮތުގައި މަޖިލީހުގެ ރައީސަކީ މަޖިލީހުގެ އިދާރާ އާއި ޖަލްސާތަކާއި ކޮމިޓީތަކާއި މަޖިލީހުގެ އެންމެހައި ކަންތައްތައް ހިންގުމުގެ ވެރިޔާ އެވެ. އެ ގަވައިދުގެ (4) ވަނަ މާއްދާގެ (ހ) ގައި އޮތް ގޮތުން މަޖިލީހުގެ އިމާރާތާއި ގޯއްޗަކީ ވެސް މަޖިލީހުގެ ރައީސްގެ ބެލެހެއްޓެވުމާއި އަމުރުގެ ދަށުގައިވާ ތަންތަނެވެ.

މަޖިލީހުގެ މަސައްކަތެއް އެތަނުން ބޭރުގައި ކުރިއަަށް ގެންދާ ނަމަ އެ މަސައްކަތަކަށް ހާއްސަކޮށްފައިވާ އިމާރާތަކީ ނުވަތަ ކޮޓަރިއަކީ ވެސް މަޖިލީހުގެ ރައީސްގެ ބެލެހެއްޓެވުމާއި އަމުރުގެ ދަށުގައިވާ ތަނެކެވެ.

އެ ގަވައިދުގައި އޮތް ގޮތުން މަޖިލީހުގެ އިމާރާތާއި ގޯތީގެ އިތުރުން މަޖިލީހުގެ މަސައްކަތެއް ކުރިއަށް ގެންދާ އެހެން ތަނެއްގެ ވެސް ސަލާމަތީ ކަންތައްތައް ބަލަހައްޓާނީ މަޖިލީހުގެ ރައީސް އަންގަވާ ގޮތެއްގެ މަތިންނެވެ. ސަލާމަތީ ކަންތައްތައް ބަލަހައްޓާނީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުންނެވެ.

މޭ 6 ގައި ދިން ހަމަލާ އަށް ފަހު މަޖިލީހުގެ ރައީސް ޖަރުމަނުވިލާތުގައި ބޭސް ފަރުވާ ކުރައްވަން ވަޑައިގެން

މޭ 6 ގައި ދިން ހަމަލާ އަށް ފަހު މަޖިލީހުގެ ރައީސް ޖަރުމަނުވިލާތުގައި ބޭސް ފަރުވާ ކުރައްވަން ވަޑައިގެން

މަޖިލީހުގެ ގަވައިދުގައި، ރައީސްގެ ޒިންމާގެ ގޮތުގައި ކަނޑައަޅާފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި މަޖިލީހުން ފާސްކުރާ ބިލުތަކާއި ގަރާރުތަކާއި މީހަކު މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވާން އަންގާ އެންގުންތަކުގައި ސޮއިކުރެއްވުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ވެސް މަޖިލީހުގެ އެންމެހާ ކަންތައްތަކުގެ އެންމެ އިސް ވެރިޔަކީ މަޖިލީހުގެ ރައީސް ކަމަށް ގަަވައިދުގައި އޮތް އިރު ރައީސަށް އެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ހާލަތެއްގައި އެ ޒިންމާތަކާ ހަވާލުވާން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ނައިބު ރައީސަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަކީ ނައިބު ރައީސްގެ އިތުރުން މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ ފަސް މެމްބަރަކަށް ކުރެއްވި ދާނެ ކަމެކެވެ.

މަޖިލީހުގައި ރައީސާއި ނައިބު ރައީސް މާލޭގައި އެއްފަހަރާ ނޫޅުއްވުމަކީ ފަހަކަށް އައިސް ވެފައި އޮތް ގޮތެއް ނޫނެވެ. މަޖިލީހުގެ ރައީސް ވެސް، އަދި ނައިބު ރައީސް ނެތަސް މަޖިލީހުގެ އިދާރީ ކަންކަން ހިނގާނެ އެވެ. އެކަމަކު ނިންމަން ޖެހޭ ވަރަށް ގިނަ ކަންކަން ނުނިމި ވެސް ހުންނާނެ އެވެ.