ޗެނަލް 13 އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގެ މައްސަލަ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ނިންމައިފި އެވެ.
06 އޯގަސްޓް 2021
ޗެނަލް 13 އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގެ މައްސަލަ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ނިންމައިފި އެވެ.
ބްރޯޑްކާސްޓަރުން ޒިންމާދާރު ކުރުވައި ހަމަ މަގަށް އެޅުވުމުގެ ޒިންމާ ގާނޫނީ ގޮތުން މަތި ކޮށްފައިވާ މިނިވަން މުއައްސަސާ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، "ހަޖަމް" ޕްރޮގްރާމްގެ ރޭގެ ކޮންޓެންޓް އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"އަދި މި ކޮމިޝަނުން މައްސަލަ ބެލުމުގައި ގެންގުޅޭ އިޖުރާއަތްތަކާ އެއްގޮތަށް އެކަން ބަލަމުންދާކަން ސަމާލުކަމަށްޓަކައި ދެންނެވީމެވެ،" އެ ޓުވީޓުގައި ވެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބްރޯޑްކާސްޓުކުރުމުގެ ސުލޫކީ މިންގަޑުތަކާއި އުސޫލުތަކުގައި ހިފެހެއްޓުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންގެ ކިބައިން އެދިފަ އެވެ.
"ޗެނަލް 13" އިން ގެންނަ އެންމެ މަގުބޫލު އެއް ޕްރޮގްރާމް "ހަޖަމް" ގެ ރޭ ކޮންޓެންޓުގެ މައްސަލަ ފެންމަތިވީ، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާ ގުޅުވައިގެން އެ ޕްރޮގްރާމްގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. ޕީޖީ ޝަމީމަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ފަސް ލައްކަ ޑޮލަރު ލިބިފައިވާ ކަމަށް ބުނެ އޭނާ އަށް އެ ޕްރޮގްރާމްގައި "ވަގަށް" ގޮވާފައި ވެ އެވެ. އަދި ޝަމީމާއި ކުޑަކުއްޖަކާ ގުޅުވައިގެން ވެސް ސާބިތު ނުހިފޭ ވާހަކަތަކެއް އެ ޕްރޮގްރާމްގައި ދެއްކި އެވެ.
ޝަމީމަށް މީގެ ކުރިން ވެސް ކޮރަޕްޝަންގެ އެ ތުހުމަތު ކޮށްފައިވާއިރު، އޭނާ ވަނީ އެ ވާހަކަ އެކި ފަހަރު މަތިން ދޮގުކުރައްވައިފަ އެވެ. އަދި އެއީ އެއްވެސް މުއައްސަސާއަކުން ބަލައި އަދި ސާބިތުވެފައިވާ މައްސަލައެއް ވެސް ނޫނެވެ.
މީގެ ކުރިން ވެސް ބްރޯޑްކޮމުން ވަނީ ޗެނަލް 13 އަށް ފިޔަވަޅު އަޅައިފަ އެވެ.
އެއީ "މަޑިސީލަ" ގެ ނަމުގައި "ހަޖަމް" ޕްރޮގްރާމް ގެނެސްދިން ދުވަސްވަރު، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ އެޅި ފިޔަވަޅެކެވެ. އޭރު އަންގާފައި އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ނިމެންދެން އެ ޕްރޮގްރާމް މެދުކަނޑައިލުމަށެވެ.
ރައީސަށް ވަގަށް ގޮވާ ލަވަ ނުދައްކަން އަންގައިފި
ޗެނަލް 13 މާފަށް އެދެން ބްރޯޑްކޮމްއިން އަންގައިފި
ޖަވާބުދާރީވާން ޗެނަލް13 އަށް ދެވަނަ ފުރުސަތެއް ދީފި
ބްރޯޑްކޮމްއަށް ޖަވާބުދޭން ޗެނަލް-13 އުޒުރުވެރި ވެއްޖެ
ޖިންސީ ގޯނާ: ޗެނަލް13ގެ މައްސަލަ ބަލަން ފަށައިފި
ޝަރީފްގެ އަބުރަށް އަރައިގަތުމުން މާފަށްއެދެން އަންގައިފި
ޗެނަލް 13 އަށް ބްރޯޑްކޮމް އިން އިންޒާރު ދީފި
ޗެނަލް 13 އަށް ފިޔަވަޅު އަޅައިދިނުމަށް ބްރޯޑްކޮމްއަށް
ގާސިމްގެ އަބުރާ ބެހޭ ކަމަށް ބުނެ ޖޭޕީން ބްރޯޑްކޮމްއަށް
މައުމޫނަށް ހުތުރު ފުރައްސާރަތަކެއް؛ ގިނަ ބަޔަކު ރަތަށް