އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި މައްސަލައާ ގުޅިގެން، ޗެނަލް 13 އިން ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް އިލްތިމާސްކޮށް އަދި ގާނޫނާއި ގަވައިދާ ތައާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިރޭ ދީފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި މައްސަލައާ ގުޅިގެން، ޗެނަލް 13 އިން ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް އިލްތިމާސްކޮށް އަދި ގާނޫނާއި ގަވައިދާ ތައާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިރޭ ދީފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުންނަކީ ފިއްލަވައިގެން އުޅުއްވާ ބޭފުޅުންތަކެއް ކަމަށް ދޭހަވާ ގޮތަށް، އެ ބޭފުޅުންގެ ފޮޓޯތައް، ޗެނަލް 13 އިން ދައްކަމުން ދާތީ އެ ސްޓޭޝަނަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އެ ކޮމިޝަނުން ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލައެއް މިރޭ ހުށަހެޅި އެވެ.
އަވަސް މައްސަލައެއްގެ ގޮތުގައި ހުށަހެޅި އެ މައްސަލައާ ގުޅިގެން، ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13 އަށް ފޮނުވި ސިޓީއެއްގައި ވަނީ، އެ ސްޓޭޝަނުން ކޮންޓެންޓް ފޮނުވުމުގައި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި އަބުރުގެ ގާނޫނުގައި ބުނާ ކަންތައްތަކާ އެއްގޮތަށް ބްރޯޑްކާސްޓް ކުރުމަށް ސަމާލުކަން ދިނުމަށް އެދިފަ އެވެ. އަދި މުޒާހަރާތަކާއި އެއްވުންތައް ލައިވް ކުރުމުގައި، އެއްވެ އުޅުމުގެ ގާނޫނުގައި ބުނާ ގޮތަށް، 60 ސިކުންތުގެ ލަސްކުރުމަކާ އެކު ބްރޯޑްކާސްޓް ކުރުމަށް ވެސް ޗެނަލް 13 އަށް ވަނީ އަންގައިފަ އެވެ.
"ސިޔާސީ ގޮތުން ގައުމު ހަލަބޮލި ވެފައިވާ މިފަދަ ދަނޑިވަޅެއްގައި ފޮނުވަމުންދާ ކޮންޓެންޓެއްގެ ސަބަބުން ގައުމުގެ އަމާންކަމާއި ސުލްހަ މަސްލަހަތު ގެއްލި ހަމަނުޖެހުމަކަށް މަގު ފަހިވާ ފަދަ ކޮންޓެންޓް ނުފޮނުވުމަށް ސަމާލުކަން ދެއްވުން ވެސް އެދެމެވެ،" ބްރޯޑްކޮމްގެ ސިޓީގައިވެ އެވެ.
"އަދި، ގާނޫނާއި ގަވާއިދާ ތައާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފި ނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމުގައި ވެސް ދަންނަވަމެވެ."
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވީ، ޗެނަލް 13 ގެ ސްކްރީންގެ ކަނަކަށް ކޮމިޝަންގެ މެމްބަރުންގެ ފޮޓޯ އަރުވައި، 'ފިލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މެމްބަރުން' އެގޮތަށް ލިޔެފައިވާ ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ.
އެ މައްސަލައިގެ އިތުރުން އެހެން ހަތަރު މައްސަލައެއް ވެސް ބްރޯޑްކޮމް އަށް ވަނީ ހުށަހަޅައިފަ އެވެ. އެއީ، ކޮމިޝަންގެ ފަސް މެމްބަރުންގެ އަބުރު ގެއްލޭ ގޮތަށް، ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ޗެނަލް 13 އިން ބްރޯޑްކާސްޓް ކޮށްފައިވާތީ އެ މައްސަލަ ބަލައި ފިޔަވަޅު އަޅައި ދިނުމަށެވެ.
"...ޚާއްސަކޮށް އަޅުގަނޑާއި އަކްރަމް [ކޮމިޝަންގެ މެމްބަރު] އާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތައް ޗެނަލް 13 އިން ދަނީ ބްރޯޑްކާސްޓް ކުރަމުން. އެއީ ސީރިއަސް މައްސަލައެއް،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފްގެ އަބުރަށް އަރައިގަތުމުން މާފަށްއެދެން އަންގައިފި
ޗެނަލް 13 އަށް ފިޔަވަޅު އަޅައިދިނުމަށް ބްރޯޑްކޮމްއަށް
ރައީސަށް ވަގަށް ގޮވާ ލަވަ ނުދައްކަން އަންގައިފި
ޗެނަލް13 ގެ ޕްރޮގްރާމެއްގެ މައްސަލަ ބަލަނީ
ޗެނަލް 13 މާފަށް އެދެން ބްރޯޑްކޮމްއިން އަންގައިފި
ޖަވާބުދާރީވާން ޗެނަލް13 އަށް ދެވަނަ ފުރުސަތެއް ދީފި
ބްރޯޑްކޮމްއަށް ޖަވާބުދޭން ޗެނަލް-13 އުޒުރުވެރި ވެއްޖެ
ޖިންސީ ގޯނާ: ޗެނަލް13ގެ މައްސަލަ ބަލަން ފަށައިފި
ޗެނަލް 13 ޖަވާބު ދާރީވާން ބްރޯޑްކޮމުން އަންގައިފި
ޓީވީތަކުން ހަމަހަމަ ފުރުސަތު ދޭން ލާޒިމްކުރަނީ