Roadha Mihaaru

އިންޑިގޯއިން މާލެ- ޗެންނާއީ- ހައިދަރައާބާދަށް ސީދާ ދަތުރުތައް ފަށަނީ

އިންޑިއާގެ ބަޖެޓު އެއާލައިން، އިންޑިގޯ އިން ރާއްޖެ އިން ޗެންނާއީ އާއި ހައިދަރައާބާދަށް ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

އިންޑިގޯއިން އިތުރު މަންޒިލްތަކަށް ސީދާ ދަތުރު ފަށަނީ
އިދުހާމް ނައީމް
އިދުހާމް ނައީމް

08 އޯގަސްޓް 2021

އިންޑިއާގެ ބަޖެޓު އެއާލައިން، އިންޑިގޯ އިން ރާއްޖެ އިން ޗެންނާއީ އާއި ހައިދަރައާބާދަށް ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

އެ އެއާލައިނުން ބުނެފައިވާ ގޮތުގައި މާލެ އިން ޗެންނާއީ އަށް ދަތުރުތައް ފަށާނީ މި މަހުގެ 21ގަ އެވެ. އަދި މާލެ އިން ހައިދަރައާބާދަށް ސީދާ ދަތުރުތައް ފަށާނީ މި މަހުގެ 22ގަ އެވެ.

މި ދަތުރުތަކާ އެކު ރާއްޖެއިން އިންޑިއާގެ އެންމެ ގިނަ މަންޒިލްތަކަށް ދަތުރު ކުރާ އެއާލައިނަށް އިންޑިގޯ ވާނެ އެވެ. އެގޮތުން، އެ ގައުމުގެ ހަ މަންޒިލަކަށް އިންޑިގޯއިން ދަތުރު ކުރާނެ އެވެ. އެއީ ޗެންނާއީ އާއި ހައިދަރައާބާދުގެ އިތުރުން ދިއްލީ، މުމްބާއީ، ބެންގަލޫރޫ އަދި ކޮޗިން އެވެ.

މާލެ އާއި ޗެންނާއީއާ ދެމެދު ހަފުތާއަކު ދެ ފްލައިޓް ބާއްވަން އިންޑިގޯއިން ތާވަލު ކޮށްފައިވާއިރު މާލެ އާއި ހައިދަރައާބާދާ ދެމެދު ހަފުތާއަކު ތިން ދަތުރު ކުރާނެ އެވެ.

އިންޑިގޯ އިން ބުނެފައިވާގޮތުގައި އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި ދަތުރުތައް އިތުރު ކުރާނެ އެވެ.