Roadha Mihaaru
އިންޑިގޯއިން މާލެ-ބެންގަލޫރަށް ކޮންމެ ދުވަހަކު

އަންނަމަހުން ފެށިގެން އިންޑިގޯގެ އިން ރާއްޖެ-ބެންގަލޫރު ދަތުރުތައް ކޮންމެ ދުވަހަކު

25 ޖެނުއަރީ 2021

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ އާއި ބެންގަލޫރާ ދެމެދު ކޮންމެ ދުވަހަކު ދަތުރުތައް ފަށަން އިންޑިއާގެ އިންޑިގޯ އެއާލައިނުން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ އާއި ބެންގަލޫރާ ދެމެދު ކޮންމެ ދުވަހަކު ދަތުރުތައް ފަށަން އިންޑިއާގެ އިންޑިގޯ އެއާލައިނުން ނިންމައިފި އެވެ.

އިންޑިގޯ އިން މިހާރު ވެސް އަންނަނީ އިންޑިއާގެ ތިން މަންޒިލަކަށް ދަތުރުކުރަމުންނެވެ. އެގޮތުން، މުމްބާއީއަށް ދުވާލަކު ދަތުރެއް ކުރަމުން އަންނައިރު ދިއްލީ އާއި ކޮޗިންއަށް ހަފުތާއަކު ހަތަރު ދަތުރު އަންނަނީ ކުރަމުންނެވެ.

އިންޑިއާ އަކީ ރާއްޖޭގެ ގިނަ ބަޔަކު ބޭސް ފަރުވާއަށް އަދި ޗުއްޓީ އަށް ދާ ގައުމެކެވެ. އަދި ބެންގަލޫރަކީ ބޭސް ފަރުވާގެ އިތުރުން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ތައުލީމު ހާސިލް ކުރުމަށް ވެސް ދާ ސިޓީ އެކެވެ.

އިންޑިގޯ އިން ވަނީ އެ އެއާލައިނުން ބޭސް ފަރުވާއަށް ދަތުރުކުރާ މީހުންނަށް ހާއްސަ މެޑިކަލް ފެއާއެއް ވެސް ކަނޑައަޅައިފަ އެވެ. އާސަންދައިގެ ދަށުން ރާއްޖެއިން ބޭސް ފަރުވާއަށް ދާ މީހުންނަށް ވެސް މި ފެއާ ލިބޭނެ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ދަތުރުތައް ކުރަމުން އަންނަނީ "ޓްރެވަލް ބަބުލް"ގެ ދަށުންނެވެ. އެހެންކަމުން އިންޑިއާއިން ރާއްޖެ އަންނަ މީހުން އަދި ރާއްޖެއިން އެ ގައުމަށް ދާ މީހުން ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.

އިންޑިއާ އަކީ ރާއްޖޭގެ ޓޫރިޒަމްގައި ވެސް އެންމެ މުހިންމު އެއް މާކެޓެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން 10،632 ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ. އަދި އިންޑިއާ އަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ.