16 އޯގަސްޓް 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖޭގައި އަދިވެސް ރައްކާތެރިކަން ނެތް ކަމަށް ވިދާޅުވެ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވަައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖޭގައި އަދިވެސް ރައްކާތެރިކަން ނެތް ކަމަށް ވިދާޅުވެ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވަައިފި އެވެ.
މޭ މަހުގެ ހަ ވަނަ ދުވަހު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ޒަހަމްވެ، އިތުރު ފަރުވާއަށް ވަޑަައިގެން ރާއްޖޭން ބޭރުގައި ހުންނަވައި މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ނަޝީދު ވިދާޅުވީ ހަމަލާ ރޭވި މީހުން ހައްޔަރު ނުކުރެވެނީސް އެނބުރި ވަޑައިގަންނަވަން ޖެހިލުންވެވަޑައިގަންނަވާ ކަމަށެވެ. މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މިއަދު ފެށުމާއި އެކު ނަޝީދުގެ އެ ސިޓީ މަޖިލީހުގެ ތަޅުމަށް އިއްވި އެވެ.
މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން އުޅެނީ މަޖިލީހުގެ ރައީސް އެނބުރި ރާއްޖެއަށް ވަޑައިނުގެންނެވޭ ގޮތަށް ހަދައިގެންނެވެ. މިހާލަތުގައި މަސައްކަތް ކުރިއަށް ގެންދިއުމަކީ މަޖިލީހުގެ އިހުތިސާސާއި މެމްބަރުންގެ ޒިންމާއާ ފުށުއަރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަޝީދަށް އެފަދަ ހާލަތެއް ކުރިމަތިވެވަަޑައިގެންނެވީ ކީއްވެތޯ ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރަައީސް ނަޝީދަށް، މަޖްލިސްގެ ރައީސަށް މިތަނަށް ވަޑައިނުގެންނެވޭ ފަދަ ހާލަތެއް މެދުވެރިވެގެން މިއުޅެނީ ކީއްވެގެންތޯ، ކޮން ކަހަލަ ސަބަބުތަކެއްތޯ މެދުވެރިވެފައި އޮތީ، އެމަނިކުފާނު އެހާ އަސަރާ އެކީގައި އަޅުގަނޑުމެންގެ ހިތްް ހަލާސްކުރުމަށް އެ އެދިވަޑައިގަތީ ހަމަ އެއް ގޮތަކަށް ވެސް ރާއްޖެއަށް އެނބުރިވަޑައިނުގަންނަވާ ގޮތަށް ނިންމަވައިގެންތޯ، އެފަދަ ހާލަތެއް ކުރިމަތިވީ ކީއްވެެގެންތޯ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެބަ ބަލަން ޖެހޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވައިލުމުގައި ބައިވެރިވި ބައެއް މީހުން ހައްޔަރުކުރެވުނަސް، އެކަމުގެ އަޑި އަދިވެސް ނުހޯދޭ ކަމަށެވެ. ނަޝީދު ފާހަގަކުރައްވާ ކަމަކީ އެއީ ކަމަށާއި އެ މަނިކުފާނުގެ ފުރާނަ ނުރައްްކަލަށް ހުށަހެޅޭ ގޮތަށް ރާއްޖެއަށް އެނބުރި ވަޑައިގެންނެވުމަކީ ރަނގަޅު ނިންމުމަކަށް ނުވާނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
"އަޅުގަނޑުވެސް އެދެނީ އެ މަނިކުފާނަށް އެ ދިން ހަމަލާގެ އެންމެ ފުނަށް ދެވި، އެ މަނިކުފާނުގެ ހަށި، ފުރާނައަަށް ރައްކާތެރިކަން ލިބޭނެކަމުގެ ޔަގީންކަމާ އެކުގައި، ސަރުކާރުންނާއި މުއައްސަސާތަކުން އެކަން ކަށަވަރުކޮށްދިނުމާއި އެކުގައި އެނބުރި ވަޑައިގެން ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވައިދެއްވަން،" އިންތި ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ރައީސްް ނަޝީދު ވަޑައިގެން މަޖިލީހުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާތަން ދެކެވަޑައިގަންނަވަން މެމްބަރުން އެދިވަޑަައިގަންނަވާ ކަމަށެވެ. ނަމަވެސް ކަނޑައެޅިގެން ނުރައްކަލުގެ ތެރެއަށް ވަޑައިގެންނެވުމަކީ އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. --- ފޮޓޯ: މަޖިލިސް
ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ރާއްޖޭގެ މާހައުލު އަމާންނޫންކަން ނަޝީދުގެ ސިޓީން އެނގޭ ކަަމަށެވެ.
"އެ ސިޓީގައި ބަަޔާންކުރައްވާފައި އެހެރަ ކަންތައްތައްތަކުން އެބަ އެނގޭ އިންސާފު ލިބުމަށް އަދިވެސް ހުރަސްތަކެއް އެބަހުރިކަން، މާހައުލު އަމާން ނޫންކަން، މުޖުތަމައު އަމާން ނޫންކަން" އޭނާ ވިދާޅުވި އެވެ.
ފަރެސް މާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސައިން މުހައްމަދު ލަަތީފް ވިދާޅުވީ ދައުލަތުގެ އެއް ބާރުގެ ވެރިޔާ ރާއްޖެއަށް އެނބުރިވަޑައިގަންނަވަން ދަތިވަނީ ކީއްވެކަން ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަމަށެވެ. ރާއްްޖޭގެ އެއްވެސް ރައްޔިތަކަށް ސަލާމަތާއި ރައްކާތެރިކަން ނެތްކަން އެކަމުން ދޭހަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސްް ލަބީބު ވިދާޅުވީ ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެތަައް މެމްބަރުންނަކަށް ވެސް އެތައް ނުރައްކަލެއް އެބަހުރިކަމަށާއި އެ ބޭފުޅުންނަށް ބަޔަކު ފާރަލައި، ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
"މިކަހަލަ ކަންތައްތައް ކުރާ މީހުންނަކީ ކޮބައިތޯ ބަލައި، އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސްގެން ނޫނީ އަޅުގަނޑުމެން އެކަކަށް ވެސް މިނިވަންކަމާ އެކީ ހިތްހަމަޖެހިލައިގެން އުޅެވޭނެކަަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އިލްޔާސް ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސަށް އެޑްރެސްކުރައްވައި ނަޝީދު ފޮނުއްވި ސިޓީގައި އެދިވަޑައިގެންނެވީ އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދެއްވުމަށެވެ. ރާއްޖޭން ބޭރުގައި ހުންނަވައިގެން ވެސް މަޖިލީހާއި ދައުލަތަަށް ހިދުމަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދުގެ ސިޓީއާ ގުޅިގެން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ އެމްޑީޕީ ބައެއް މެންބަރުން ކަމަށް ވިޔަސް އިދިކޮޅު ބައެއް މެމްބަރުން ވެސް މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ.
ފާތިހު ހައްޔަރު ކުރިއިރު އެއީ ފުލުހެއް ނޫން: ޕޮލިސް
ހަމަލާއަށް ފަންޑުކުރިތޯ ބަލަން ތަހުގީގުކުރީ ރަނގަޅަށް
ފައިސާ ހަރަދުކޮށް, ފޮރުވިގެން ތިބީ ކޮން ބައެއް؟
ހަމަލާ ރޭވިމީހުން ހައްޔަރުނުކުރެވެނީސް ނުދެވޭނެ: ނަޝީދު
ދެން އޮތީ ފައިސާ ހަރަދުކުރި ގޮތް ބެލުން: އައްބާސް
ހަމަލާދިން މީހުންނަށް ދައުވާކުރުމާ ގުޅޭ ތަފުސީލް މާދަމާ
ބޮން "ހަރުކުރި" ހައިޝަމަށް ދައުވާކުރަން ފޮނުވައިފި
ނަޝީދަށް ދިން ހަމަލާގެ ތަފުސީލު މިރޭ ހާމަކުރަނީ
މާރިޔާ އާއި އިލްޔާސް ލަބީބުގެ މައްސަލަ ފުލުހުން ބަލަނީ
ހަމަލައިގެ އިންކުއަރީ ރިޕޯޓުން ބައެއް މައުލޫމާތު ސިއްރު