ރާއްޖޭގެ ރަށްތަކުގެ މަތިން 1940 އާއި 1980 އާ ދެމެދު ނަގާފައިވާ [އޭރިއަލް] ފޮޓޯތަކުގެ ކޮޕީރައިޓް އޮތީ އިނގިރޭސި ވިލާތުގެ ސަރުކާރަށް ކަމަށާއި އެހެންވެ އެ ފޮޓޯތައް އާންމުންނާ ހިއްސާކުރެވޭނީ އެކަމަށް ކަނޑައަޅާފައި އޮތް އުސޫލެއްގެ ތެރެއިން ކަމަށް މޯލްޑިވްސް ލޭންޑް އެންޑް ސާވެ އޮތޯރިޓީން ބުނެފި އެވެ.
ރާއްޖޭގެ ރަށްތަކުގެ މަތިން 1940 އާއި 1980 އާ ދެމެދު ނަގާފައިވާ [އޭރިއަލް] ފޮޓޯތަކުގެ ކޮޕީރައިޓް އޮތީ އިނގިރޭސި ވިލާތުގެ ސަރުކާރަށް ކަމަށާއި އެހެންވެ އެ ފޮޓޯތައް އާންމުންނާ ހިއްސާކުރެވޭނީ އެކަމަށް ކަނޑައަޅާފައި އޮތް އުސޫލެއްގެ ތެރެއިން ކަމަށް މޯލްޑިވްސް ލޭންޑް އެންޑް ސާވެ އޮތޯރިޓީން ބުނެފި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ، އިހުގެ އޭރިއަލް ފޮޓޯ އާއި ސެޓެލައިޓް އިމޭޖްތައް ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން ހުށަހެޅުމުން ދިން ޖަވާބުގައި ބުނެފައިވަނީ އެއީ "އިނގިރޭސި ވިލާތު ސަރުކާރުގެ ކޮޕީރައިޓް [ކްރައުން ކޮޕީރައިޓް] ގެ ދަށުގައިވާ މައުލޫމާތުތަކެއް ކަމަށްވާތީ މި މައުލޫމާތުތައް އާންމުންނާ ހިއްސާކުރުމުގައި ވަކި އުސޫލެއް ކަނޑައެޅިފައި" އޮންނަ ކަމަށެވެ.
ނަމަވެސް އިއްޔެ ދިން ޖަވާބުގައި ބުނެފައިވަނީ ބޭނުންވާ މައުލޫމާތަކީ ކޮން ކަމަކަށް ބޭނުންކުރާ މައުލޫމާތެއްކަން އެންގުމުން ޑާޓާ ހިއްސާކުރުމުގެ އެއްބަސްވުމެއްގެ ދަށުން އެ މައުލޫމާތެއް ހިއްސާކުރެވިދާނެ ކަމަށެވެ.
ބެލެވޭ ގޮތުގައި އެއީ، އެ ފޮޓޯތަކާއި އިމޭޖްތައް ވަކި ކަންކަމަކަށް ބޭނުންކުރުން މަނާވާ ގޮތަށް ކޮޕީރައިޓް އޮތުމުންނެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެކި އިދާރާތަކުން އެތައް މައުލޫމާތެއް ހޯދަން ހުށަހަޅައި އަދި މިހާތަނަށް ގިނަ މައުލޫމާތުތަކެއް ހޯދާފައިވާ އައިމަން ލަތީފް މި ސިޓީ ޓްވީޓްކުރަމުން އިސްތިއުމާރީ ބާރުތަކުން ކޮށްފައިވާ ކަންކަމަށް އިޝާރާތްކޮށް، އަހަރެމެންގެ އަމިއްލަ ރަށްރަށުގެ ތާރީޚީ ފޮޓޯތައް ހޯދުމުގެ ހައްގު ވެސް ނެތީތޯ ސުވާލުކޮށްފައިވެ އެވެ.
ރާއްޖޭގެ މަތިން ނަގާފައިވާ އިހުގެ ގިނަ ފޮޓޯތަކަކީ ރާއްޖޭގައި އިނގިރޭސިންގެ އިސްތިއުމާރު އޮތް ދުވަސްވަރު އެކި ބޭނުންތަކަށް އިނގިރޭސި ވިލާތުން ނަގާފައިވާ ފޮޓޯތަކެވެ. އިނގިރޭސި އިސްތިއުމާރުގެ ދަށަށް 1887 ގައި ރާއްޖެ ދިއުމަށް ފަހު ފުރިހަމަ މިނިވަންކަން ލިބުނީ 1965 ވަނަ އަހަރު އެވެ.
އެލިޒަބަތުގެ ކައިވެނީގެ އުފާ: މީހަކަށް ކިރުސައެއް
ނިރުވާނާ ބޭންޑުގެ ކަވަރުގައި އިން ކުއްޖާ ދައުވާކޮށްފި
މި މީހާގެ ކަމަކީ ވީއެޗްއެސް ޓޭޕް އެއްކުރުން
ވާދޫގައި "އަނދިރިއަނދިރިންގެ މަންމަ"
ކުޑަރިކިލު ގޮނޑުދޮށުގައި ގޮވި 'ރިހި ސިލިންޑަރު'
ވާހެދިފައި ވިޔަސް މިއީ އަގުހުރި ތަރިކައެއް
ޔުކްރެއިން ހަނގުރާމަ މެދުކަނޑާލަން ހުށަހަޅައިފި
ޔޫކޭގައި ވަގަށްނެގި ރަން ފާހާނާތަށި ނުފެނުނު
މައުމޫން: ތާރީހުގައި އާ ސަފުހާތަކެއް ފަށާނެ ފޮންޓެއް
ޔޫކޭގައި މުސްލިމުންނާ ދެކޮޅު އަމަލުތައް ރެކޯޑް މަތީގައި