Roadha Mihaaru
އަލިފާނުގެ ހާދިސާގައި 20 މީހަކަށް އެހީތެރިވަނީ

އަލިފާނުގެ ހާދިސާއާ ގުޅިގެން 20 މީހަކު ސަރުކާރުގެ ބެލުމުގެ ދަށުގައި

29 ނޮވެމްބަރ 2016

މއ. ކަފިދޫގޭގައި ހުރި ގުދަނުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންގެ ތެރެއިން 20 މީހަކަށް ވަގުތީ ބޯ ހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ނޭޝަަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މއ. ކަފިދޫގޭގައި ހުރި ގުދަނުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންގެ ތެރެއިން 20 މީހަކަށް ވަގުތީ ބޯ ހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ނޭޝަަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިއަދު ބުނެފި އެވެ.

މި ހާދިސާގައި ހަތަރު ގެއަކުން މީހުން ވަނީ ހުސްކޮށްފަ އެވެ. އެކަމަކު އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ޑިޒާސްޓާ ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ އިން ފެށިގެން މިއަދުގެ މެންދުރާ ހަމައަށް 24 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިން ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ހަތަރު މީހަކު، އެމީހުންގެ ގެއަށް މިހާރު އަނބުރާ ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު 20 މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން މިދަނީ. އެމީހުންނަށް މިހާރުން މިހާރަށް ބޭނުންވާ ކަންތައްތައް މި ފޯރުކޮށްދެނީ،" އޮފިޝަލް ވިދާޅުވި އެވެ.

ވިހި މީހުންނަށް ތިބެވޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދީފައި ވަނީ ދެ ގެސްޓް ހައުސްއެއްގަ އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވިދާޅުވީ ހާދިސާގައި ގެދޮރު ހަލާކުވި މީހުންނަށް، ގެދޮރު އިމާރާތްކުރަން ލުއި ފަސޭހަ ގޮތަކަށް ސަރުކާރުން ލޯން ހަމަޖައްސައިދޭނެ ކަމަށެވެ.

މި ހާދިސާގައި ބްރަދަހުޑް ގުރޫޕްގެ ގުދަން ވަނީ އަނދާ ހުލިިވެފަ އެވެ. ދަގަނޑާއި ދަގަނޑު ޓިނުން ފަސް ބުރިއަށް ހަދާފައި ހުރި ގުދަނުގެ އެނދި ބައިތަކުން އަދިވެސް ދުން އަރަ އެވެ. އެ ގުދަނުގައި 40 ހަކަށް މިލިއަން ރުފިޔާގެ މުދާ ހުންނާނެ ކަމަށް، ކުންފުނީގެ މީހަކު އިއްޔެ ބުނެފައިވެ އެވެ.