31 އޯގަސްޓް 2021
އަދުލު އިންސާފު ގާއިމު ކުރުމުގެ ނިޒާމުގެ މައްޗަށް ބާރު ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަަމަށާއި އެހެންވެ އިންސާފުގެ ވާހަަކަ ދައްކަން އިދިކޮޅުން ލަދުގަންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް މިއަދު ވިދާޅުވެއްޖެ އެވެ.
އަދުލު އިންސާފު ގާއިމު ކުރުމުގެ ނިޒާމުގެ މައްޗަށް ބާރު ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަަމަށާއި އެހެންވެ އިންސާފުގެ ވާހަަކަ ދައްކަން އިދިކޮޅުން ލަދުގަންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމްކުރި ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަަމަށް ބުނާ އޯޑިއޯތަކެއް ލީކުވުމުން އެެ މައްސަލަ ބަލައިދޭން ގޮވާލައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅުއްވަން އުޅުއްވި މައްސަަލައިގެ ބަހުސްގެ ތެރޭގަ އެވެ.
އާދަމް ޝަރީފް ހުށަހަޅުއްވަން އުޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްް ނުވުމުން، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އެ މައުލޫއުގައި ވާހަކަ ދެއްކެވީ މިއަދު ކުރިއަށް ގެންދިޔަ ބިލުގެ ބަހުސްގެ ތެރެއިންނެވެ. ނިޒާމާ ބެހޭ މައްސަލައެއް ކަަމަށް ވިދާޅުވެ، ފުރުސަތު ހޯއްދަވައިގެން ވެސް އިދިކޮޅު ކޯލިޝަންގެ ބައެއް މެމްބަރުން އެ ވާހަކަ ދެއްކެވި އެވެ.
ކުރެންދޫ ދާއިރާގެ މެމްބަރު ޣަނީ އެ މެމްބަރުންނަށް ރައްދު ދެއްވީ، ބިމާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސްގައި ލިބިވަޑައިގެންނެވި ފުރުސަތުގަ އެވެ.
އޭނާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އިންސާފުގެ ވާހަކަ ވަރަށް ހަރުއަޑުން ދައްކަވާ ކަމަށާއި ނަމަވެސް އެ ބޭފުޅުންގެ ވެރިކަމުގައި ސިޔާސީ ލީޑަރުންގެ އިތުރުން އާއްމުންނަށް ވެސް އަނިޔާވެރި ވެފައިވާ ކަމަށެވެ.
"އިންސާފުގެ ވާހަކަ އެ ބޭފުޅުން ދައްކަވަނީ ވަރަށް ހަރު އަޑުން. އެހެން ނަމަވެސް އެ ބޭފުޅުން ވަނީ ރައްޔިތުންނަށާއި ދައުލަތަށާއި އަދި އާއްމު ފަރުދުންގެ ތެރެއިން އެކިއެކި ފަންތީގެ މީހުންނަށް އަދި މުއައްސަސާތަކުގެ ވެރިންނަށް ވެސް ވަރަށް ބޮޑަށް އަނިޔާ ކޮށްފައި،" ޣަނީ ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ޖުޑިޝަރީ އަށް ނުފޫޒު ފޯރުވި ގޮތުގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލާން ހުކުމްކުރި ފަނޑިޔާރުންނާ މެދު ކަންތައް ހިނގި ގޮތެވެ.
"ކްރިމިނަލް ކޯޓުގައި ހުކުމް ކުރެއްވި އަބްދުﷲ ދީދީ ވަނީ ހައި ކޯޓަށް އައްޔަން ކުރައްވާފައި. އަދި އޭގެ ފަހުން ސުޕްރީމް ކޯޓުގައި ވެސް ރައީސް ނަޝީދުގެ މައްސަލަ ބެއްލެވީ އެ ފަނޑިޔާރު،" ޣަނީ ވިދާޅުވި އެވެ.
ނަޝީދަށް ހުކުމް ކުރީ އާއްމު އުސޫލާ ހިލާފަށް ބަންދު ދުވަހެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔާމީނުގެ ވެރިކަމުގައި ޝަރީއަތްކޮށް ހުކުމްކުރި ސިޔާސީ ލީޑަރުންގެ ލިސްޓެއް ވެސް ޣަނީ ވިދާޅުވި އެވެ.
ނަޝީދުގެ އިތުރުން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް އެ ލިސްޓްގައި ހިމެނެ އެވެ.
ޔާމީންގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެއް ކަމަކީ ވެސް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.
ދަށު ކޯޓާ ގުޅުވައި، އިސްތިއުނާފު ލަސްކުރާ ޝަކުވާ!
"ނަޝީދަށް ގިނަ ވޯޓު ލިބުމަކީ ޕީޕީއެމަށް ރަނގަޅެއް"
ސަރުކާރާއި ޖުޑީޝަރީ މައްސަލަތަކާއެކު ޔާމީން އީޔޫ އަށް
ކޯޓުތަކުން މުއްދަތު ޖަހާގޮތުން ޔާމީންގެ ނުރުހުން
ޔާމީންގެ ގެކޮޅުގައި ދެމި ބެނާ ނަގަން ގޮވާލައިފި
"ޔާމީންގެ ވާހަކަތަކާ ހެދި ގައުމީސަލާމަތަށް ނުރައްކާވޭ"
ބޭނުންވާ ހުކުމް ނުކުރާ ނަމަ ޝަރުއީ ދާއިރާ ގޯސް!
ޔާމީން ޖަލަށް ނުލާ ފަނޑިޔާރުން ވަކިކުރަންޖެހޭ: އާޒިމް
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
އިންޑިއާގެ ދިފާއުގައި ބިލެއް: ހިޔާލުފާޅުކުރުމަށް ހުރަސް