އެމްޑީޕީގެ އޮފީސް ތެރޭގައި ހިންގި މާރާމާރީއެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ބޯ މިއަދު ފަޅާލައިފި އެވެ.
02 ސެޕްޓެމްބަރ 2021
އެމްޑީޕީގެ އޮފީސް ތެރޭގައި ހިންގި މާރާމާރީއެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ބޯ މިއަދު ފަޅާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ އޮފީސް ތެރޭގައި މާރާމާރީއެއް ހިންގައި އުމުރުން 50 އަހަރުގެ އަންހެނަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް މެންދުރު 12:30 ހާއިރު ލިބިފައިވާ ކަމަށެވެ. އަނިޔާވި މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މި މާރާމާރީގައި މަންދީގެ އިތުރުން ކޭޝިއަރަކަށް އުޅޭ ފިރިހެނަކު ވެސް ޒަހަމްވިއިރު، އެ ދެ މީހުންނަށް ހަމަލާދިނީ ޗޭނުގަނޑަކުންނެވެ.
"ބޮލުގެ ފުއްކިބައިގައި ޖަހާފައި ވަނީ،" މި މާރާމާރީއާ ގުޅޭ މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.
މަންދީއަކީ އެމްޑީޕީގެ އޮފީހުގެ އިދާރީ ކަންކަމުގައި މަސައްކަތް ކުރާތާ ގިނަ ދުވަސް ވެފައިވާ މުވައްޒަފެކެވެ.
ސިޔާސީ ބަދަލު އަންނަން ޖެހޭނީ ވޯޓުން: ޕީއެންސީ
އެމްޑީޕީން ބުނީ ރޭ ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް
"ގުރޫޕު ނެރެ، މާލެ ހަލަބޮލިކުރަން ފުރުސަތު ނުދޭނަން"
ކަޅުތެޔޮ ޖެހި މައްސަލަ ސާޖިދާ ކުށްވެރި ކުރައްވައިފި
ތުހުމަތުތަކަށް އިންކާރުކޮށް، ޝާފިއު ހުރީ ހަނު!
ޖަޒީލަށް ބޭނުންވަނީ ފަރުވާ: މަންދީ
އެމްޑީޕީ އޮފީހުގައި މާރާމާރީ ހިންގީ މުސާރަ ކުޑަކުރުމުން
އެމްޑީޕީގެ އޮފީސް ތަޅައިލި މައްސަލައިގައި ދައުވާކޮށްފި
ބޮންޑޭއަށް އަނިޔާކުރި ވީޑިއޯ މަޖިލީހުގައި ދައްކައިފި
ޝިދާތާގެ ރުޅި އެމްޑީޕީއަށް: ވޯޓަށް އަދާލަތު މުހިއްމުވޭ