Roadha Mihaaru
ސަލްމާނާއި ކެޓްރީނާ ތުރުކީގެ ޓޫރިޒަމް މިނިސްޓަރާ އެކު

ސަލްމާނާއި ކެޓްރީނާ ތުރުކީގެ ޓޫރިޒަމް މިނިސްޓަރާ އެކު

06 ސެޕްޓެމްބަރ 2021

ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ ފިލްމު "ޓައިގާ 3" ގެ ޝޫޓިން މިހާރު ތުރުކީގައި ކުރިއަށްދާ އިރު، އެ ދެ ތަރިންނާއި ފިލްމުގެ ޓީމް، ތުރުކީގެ ޓޫރިޒަމް މިނިސްޓަރުގެ ފަރާތުން ލިބުނު ކެއުމެއްގައި ބައިވެރިވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ ފިލްމު "ޓައިގާ 3" ގެ ޝޫޓިން މިހާރު ތުރުކީގައި ކުރިއަށްދާ އިރު، އެ ދެ ތަރިންނާއި ފިލްމުގެ ޓީމް، ތުރުކީގެ ޓޫރިޒަމް މިނިސްޓަރުގެ ފަރާތުން ލިބުނު ކެއުމެއްގައި ބައިވެރިވެއްޖެ އެވެ.

އެ ބައްދަލުވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް މިނިސްޓަރު މެހުމޫތު ނޫރީ އަރްސޯއީގެ ހޮނިހިރު ދުވަހު އިންސްޓަގްރާމްގައި ވެސް ޕޯސްޓްކުރައްވާފައިވެ އެވެ. އޭގައި އޭނާ ވިދާޅުވީ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސަލްމާނާއި ކެޓްރީނާއާ ތުރުކީން ބައްދަލުވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ތުރުކީ އަކީ އަބަދު ވެސް އިންޓަނޭޝަލް ފިލްމުތަކުގެ ޝޫޓިން އަށް ދޮރު ހުޅުވިފައިވާ ގައުމެއް ކަމަށް ވިދާޅިވެ އެވެ.

ތުރުކީ އަކީ މީގެ ކުރިން ވެސް ބޮލީވުޑްގެ ބައެއް ފިލްމުތަކުގެ މަންޒަރުތައް ނަގާފައިވާ ގައުމެކެވެ. "ޓައިގާ 3" ގެ ޝޫޓިން އެ ގައުމުގައި ކުރިއަށްދާ އިރު ސަލްމާނާއި ކެޓްރީނާއާ އެކު ސެލްފީ ނަގަން ތުރުކީގެ ވަރަށް ގިނަ ފޭނުން އަންނަނީ ތޮއްޖެހުމުންނެވެ.

އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ "ޓައިގާ 3" ގެ ކާސްޓާއި ކްރޫ ތުރުކީ އަށް ދިޔައީ މިދިޔަ މަހުގެ ތެރޭގައި ރަޝިއާގައި ވެސް ފިލްމުގެ މަންޒަރުތަކެއް ނެގުމަށް ފަހު އެވެ. މި ފިލްމަކީ އިންޓަނޭޝަނަލް ހަތް ލޮކޭޝަންގައި ޝޫޓްކުރާނެ ފިލްމެކެވެ.

ފެބްރުއަރީ މަހުގެ ތެރޭގައި މުމްބާއީގައި ޝޫޓިން ފެށި "ޓައިގާ 3" އަކީ މަނީޝް ޝަރުމާ ޑައިރެކްޓްކުރާ ފިލްމެކެވެ. ތުރުކީގެ އިސްތަންބޫލްގައި މީގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު، ފިލްމުގެ ވިލަންގެ ރޯލު ކުޅޭ އިމްރާން ހާޝިމީ ވެސް މިދިޔަ ހަފުތާގެ ފަހުކޮޅު ވަނީ ކްރޫއާ ގުޅިފަ އެވެ.

މިދިޔަ އަހަރު ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން ތުރުކީ އަށް ކުރި ޒިޔާރަތެއްގައި އެ ގައުމުގެ ފަސްޓްލޭޑީ އެމީން އުރުދުގާންއާ ބައްދަލުކޮށްފައިވެ އެވެ.