Roadha Mihaaru
ތާރީހީ ސްޓޭޑިއަމްގައި އިންޑިއާ އަށް ތާރީހީ މޮޅެއް

ބައިގަރުނަށް ފަހު ތާރީހީ ސްޓޭޑިއަމްގައި އިންޑިއާ އަށް ހާއްސަ މޮޅެއް

07 ސެޕްޓެމްބަރ 2021

ލަންޑަން (ސެޕްޓެމްބަރު 7) - އިންގްލެންޑްގެ އެންމެ ދުވަސްވީ އިންޓަނޭޝަނަަލް ކްރިކެޓް ސްޓޭޑިއަމްގައި 50 އަހަރަށް ފަހު، އިންޑިއާ އިން ކްރިކެޓް ސީރީޒެއް ކާމިޔާބުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (ސެޕްޓެމްބަރު 7) - އިންގްލެންޑްގެ އެންމެ ދުވަސްވީ އިންޓަނޭޝަނަަލް ކްރިކެޓް ސްޓޭޑިއަމްގައި 50 އަހަރަށް ފަހު، އިންޑިއާ އިން ކްރިކެޓް ސީރީޒެއް ކާމިޔާބުކޮށްފި އެވެ.

ދަ އޯވަލް އަކީ، އިންގްލެންޑްގެ އެންމެ ތާރީހީ ސްޓޭޑިއަމް އެވެ. ސީރީޒްގެ ފަސް ވަނަ ދުވަހު އިިންޑިއާ އިން އިންގްލެންޑުގެ މައްޗަށް ކާމިޔާބު ހޯދީ 157 ލަނޑުންނެވެ.

އޯވަލްގައި އިންޑިއާ މީގެ ކުރިން މޮޅުވީ 1971 ވަނަ އަހަރު އެވެ. އިންޑިއާގެ ކުރީގެ ކެޕްޓަން އަޖިތު ވަޑެކަރްގެ ކެޕްޓަންކަމުގެ ދަށުން އިންޑިއާ ސީރީޒް ކާމިޔާބު ކުރީ ހަތަރު ވިކެޓުންނެވެ.

އިންޑިއާ އާއި އިންގެލްނޑުގެ ޓެސްޓް މެޗުގެ ތެރެއިން އިްނޑިއާ ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ. -- ފޮޓޯ: ދި ގާޑިއަން

އިންޑިއާ އާއި އިންގެލްނޑުގެ ޓެސްޓް މެޗުގެ ތެރެއިން އިްނޑިއާ ޓީމުގެ ކުޅުންތެރިން އުފާފާޅު ކުރަނީ. -- ފޮޓޯ: ދި ގާޑިއަން

އޯވަލްގައި ކުޅެ އިންޑިއާ ވަނީ ހަތް ފަހަރު އިންގްލެންޑާ އެއްވަރުކޮށްފަ އެވެ. އެއީ 1946، 1952، 1979، 1982، 1990، 2002، އަދި 2007 ގަ އެވެ. އަދި ތިން ފަހަރު ބަލިވި އެވެ. އެއީ 2018، 2014 އަދި 2011 ގަ އެވެ.

ޓެސްޓް ސީރީޒެއްގައި އިންޑިއާ އިން އިންގްލެންޑްގައި އެއް މެޗަށް ވުރެ ގިނައިން އެންމެ ފަހުން މޮޅުވީ 1986 ގަ އެވެ. އޭރު ތިން މެޗަށް ކުޅުނު ޓެސްޓް ސީރީޒްގައި އިންޑިއާ ވަނީ ދެ މެޗު ކާމިޔާބުކޮށްފަ އެވެ. އެ ފަހަރު މެޗުތައް ކުޅުނީ އެރުންޑަލް ކާސްޓަލް ކްރިކެޓް ސްޓޭޑިއަމްގަ އެވެ.

ދަ އޯވަލް ސްޓޭޑިއަމްގައި މި ފަހަރު އިންޑިއާގެ މި ކާމިޔާބަކީ ކެޕްޓަން ވިރާތު ކޯލީ އަށް ވެސް ހާއްސަ އެވެ. ތިން ޓެސްޓް މެޗުން އިންގްލެންޑްގައި މޮޅުވި ހަމައެކަނި އިންޑިއާގެ ކެޕްޓަނަކީ އޭނާ އެވެެ. ކުރިން އެ ރެކޯޑް އޮންނަނީ ދެ މެޗުން މޮޅުވި ކަޕިލް ދޭވް އަތުގަ އެވެ.