08 ސެޕްޓެމްބަރ 2021
މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ 500 އަށް ވުރެ ގިނަ މީހުން މިދިޔަ ދުވަސްތަކުގެ ތެރޭގައި މާލޭގެ މަގުމަތިން ހިފަހައްޓާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ފުލުހުން އިއްޔެ ބުނެފި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ 500 އަށް ވުރެ ގިނަ މީހުން މިދިޔަ ދުވަސްތަކުގެ ތެރޭގައި މާލޭގެ މަގުމަތިން ހިފަހައްޓާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ފުލުހުން އިއްޔެ ބުނެފި އެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބަދަލުކުރުމަށް ގޮވާލައި "ހޭންޑްސް ޓުގެދާ" އިން ހުށަހެޅި ޕެޓިޝަނާ ގުޅޭގޮތުން، ޕެޓިޝަން ކޮމިޓީގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ހެޑް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ ފާއިތުވި 10 ދުވަހު އެކަނި ވެސް މާލޭގެ އެކި ހިސާބުތަކުން 540 މީހުން ހިފަހައްޓާފައިވާ ކަމަށެވެ.
އެއީ އުމުރުން 18-30 އަހަރާ ދެމެދުގެ 157 މީހުން، 31-40 އަހަރާ ދެމެދުގެ 352 އަދި 50 އަހަރުން މަތީގެ 31 މީހުންނެވެ.
މަސްތުވާތަކެތި ބޭނުންކުރާ އައްޑާއެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭގެ ތެރެއިން 335 މީހުންނަކީ އެކި ގޮތްގޮތުން މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމުގައި ތިބެންޖެހޭ މީހުންކަމަށް ޝާކިރު ވިދާޅުވި އެވެ. އެކަމަކު، އެންޑީއޭއިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި މި ވަގުތު ހުރި ހަމައެކަނި ރެސިޑެންޝަލް ފަރުވާދޭ ސެންޓަރު، ކ. ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރު އޮތީ ހުހަށެވެ.
ހިންމަފުށީ ސެންޓަރުގައި އެއްފަހަރާ 172 މީހުންނަށް ފަރުވާ ދެވުނަސް އެ ތަނުގައި މި ވަގުތު ތިބީ 26 މީހުން ކަމަށް އެންޑީއޭއިން ބުނެ އެވެ.
އޭގެ އަނެއްކޮޅުން، ފަރުވާގެ ނިޒާމު ފެއިލްވެގެން ޖަލަށް ދާންޖެހޭ މީހުން ގިނަވަމުން ދާތީ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ވެސް ވަނީ ބުނެފަ އެވެ.
ސުޕްރިޓެންޑްޓު އޮފް ޕްރިޒްންސް އިބްރާހިމް ނާޝިދު ވިދާޅުވީ، ޖަލަށް ލާން ހުކުމްކޮށްފައިވާ މީހުންގެ 60 ޕަސެންޓު ހިއްސާ ކުރަނީ މަސްތުވާތަކެތީގެ އެކި މައްސަލަތަކާ ގުޅުން ހުރި މީހުން ކަމަށެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި އެ ވިއްކުމާ ގުޅޭ ކަންކަމުގައި މި ވަގުތު ވެސް 556 މީހަކު ހުކުމް ތަންފީޒުކުރަމުންދެ އެވެ. އޭގެ ތެރެއިން ވެސް 86 ޕަސެންޓަކީ އެ ބޭނުންކުރާ މީހުންނެވެ.
ފުވައްމުލަކު ޑްރަގް އޮޕަރޭޝަން: 14 މީހުން ހައްޔަރަށް
ޑްރަގް ސްޓޯރޭޖްގައި މައްސަލައެއް އުޅޭތޯ ބަލަން ދައުވަތު
ދެ ހަފުތާ ތެރޭގައި 5މިލިއަންގެ ޑްރަގްސް އަތުލައިގެންފި
ޑްރަގް ޓްރެފިކިންގައި ހައްޔަރުކުރި މީހަކު ދޫކޮށްލައިފި
130 ކިލޯ ޑްރަގްގެ މައްސަލަ: ޝަހީބު ދޫކޮށްލައިފި
ޑްރަގް މައްސަލައެއްގައި ފޭދޫ ކޯޓުން ބޮޑު ހުކުމެއް
ޑްރަގް އަތުލާފައި މި ފޮނުވާލަނީ ކޮންބައެއް؟
46 ކިލޯގެ ޑްރަގްސް ގެއްލުނު މައްސަލަ މަޖިލީހަށް
އޮޕަރޭޝަނެއްގައި 13 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ޑްރަގް އޮޕަރޭޝަނުން ހައްޔަރުކުރި 12 މީހުން ބަންދަށް