އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ވާދަކުރެއްވޭނެ ކަމަށް، އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
08 ސެޕްޓެމްބަރ 2021
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ވާދަކުރެއްވޭނެ ކަމަށް، އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
މިދިޔަ ހަފުތާގައި އިންތިހާބުކުރި އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ނިންމީ، މި މަހުގެ ފަހުކޮޅު ބާއްވާ އެތެރޭގެ އިންތިހާބުގައި މަހުލޫފަށް ވާދަކުރެއްވޭނެ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ވަކި ތުހުމަތުތަކުން ބަރީއަ ވެގެންވާ މީހުންނަށް ނޫނީ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ގައުމީ މަޖިލީހުން ނިންމުމުން، މެދު އުތުރު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރެއްވުމަށް މަހްލޫފުގެ ޝަރުތު ހަމަނުވާ ކަމަށް އެ މަޖިލީހުގެ އިންތިހާބީ ޝަކުވާ ބަލާ ކޮމިޓީން ވަނީ ނިންމައިފަ އެވެ. އެހެންވެ، އޭނާ އެ މައްސަލަ އިސްތިއުނާފު ކުރެއްވީ އެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ގައުމީ މަޖިލީހުން ކަނޑައަޅާފައި ލިސްޓުގައި ހިމެނެނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބަޔާން ކޮށްފައިވާ މީހުންނާއި މީހަކު މެރުމާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ކޮށްފައިވާ މީހުންނަށެވެ.
މަހްލޫފަށް ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތެވެ. އެ މައްސަލަ އޭސީސީން ބެލުމަށް ފަހު، ދައުވާ ކޮށްދިނުމަށް އެދި ޕީޖީގެ އޮފީހަށް ފޮނުވާފައިވީ ނަމަވެސް އަދި ދައުވާ ކުރާކަށް ކޯޓަކަށް ނުފޮނުވަ އެވެ.
ކޮރަޕްޝަންގެ ތުހުމަތާ ގުޅިގެން ވަޒީރުކަމުން ސަސްޕެންޑް ކޮށްފައިވާ މަހްލޫފު ކުރިން ވިދާޅުވެފައި ވަނީ ގައުމީ މަޖިލީހުގެ ދާއިރާތަކުގެ އިންތިހާބަށް އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ނިންމުމުން ގަބޫލު ކުރައްވަނީ އެއީ އެ ޕާޓީން ކަނޑައަޅާފައިވާ އުސޫލާ ތައާރަޒުވާ ނިންމުމެއް ކަމަށެވެ. އެކަން ބަދަލުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވެސް މަހްލޫފު އެވެ. އެ ކޮމިޝަނުން ވެސް ޝަކުވާ ނިންމީ އޭނާއާ އެއްކޮޅަށެވެ.
އީސީން ބުނެފައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ މެމްބަރަކަށް ވަކި ޝަރުތުތަކެއް ކަނޑައަޅާ ނަމަ، އެ މަގާމަށް މީހުން އިންތިހާބު ކުރާނެ ގޮތުގެ އުސޫލެއް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އެކަމަކު، އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕާޓީގެ މެމްބަރުކަން ފިޔަވައި، ވަކި ހާއްސަ ޝަރުތެއް ބަޔާންކޮށްފައެއް ނެތެވެ.
މަހުލޫފުގެ އިތުރުން މާލޭ ދާއިރާގެ ރައީސްކަމަށް ކުރިމަތިލެއްވި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޝަރުތު ހަމަނުވާ ކަމަށް ވެސް އެ ކޮމިޓީން ނިންމި އެވެ. ނަމަވެސް ހުށަހެޅި ޝަކުވާ ބެލުމަށްފަހު ނިންމާފައި ވަނީ އަކްރަމަށް ވާދަކުރެއްވޭނެ ކަމަށެވެ.
މަހުލޫފް، ރައްޔިތުންނަށް ދައްކަން ރީތި މިސާލެއް ނޫން!
މަހްލޫފުގެ މައްސަލާގައި މިފަހަރު ގޮތް ހުސްވީ ސަރުކާރު؟
މަހުލޫފުގެ އިންތިހާބީ ޝަކުވާގެ މައްސަލަ ބަލަނީ
މަހްލޫފާ ގުޅޭ މައްސަލަ ނިންމީ ރަނގަޅަށް: އެމްޑީޕީ
ޝަކުވާ އަށް ޖަވާބު ނުލިބުމުން މަހުލޫފު އީސީ އަށް
އެމްޑީޕީގެ ނިންމުން މުރާޖައާކޮށްދޭން މަހްލޫފް އެދިއްޖެ
މަހްލޫފާއި އަކްރަމަށް ފުރުސަތު ގެއްލިއްޖެ
މަހްލޫފްގެ މައްސަލަ ބެލޭނެތޯ ހައިކޯޓުން މާދަމާ ނިންމަނީ
މަހްލޫފްގެ މައްސަލަ: ވައިބަ މެސެޖްތަކަކާ މެދު ސުވާލު
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟