Roadha Mihaaru
މަހްލޫފާ ގުޅޭ މައްސަލަ ނިންމީ ރަނގަޅަށް: އެމްޑީޕީ

މަހުލޫފަށް ވާދަ ނުކުރެއްވޭނެ ކަމަށް ނިންމީ ރަނގަޅަށް: އެމްޑީޕީ

24 އޯގަސްޓް 2021

އަންނަ މަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ކެންޑިޑެސީ ބާތިލުކުރީ ރަނގަޅަށް ކަމަށް އެ ޕާޓީން މިއަދު ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އަންނަ މަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ކެންޑިޑެސީ ބާތިލުކުރީ ރަނގަޅަށް ކަމަށް އެ ޕާޓީން މިއަދު ނިންމައިފި އެވެ.

އެމްޑީޕީން ވަނީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތުތަކުގެ ތެރޭގައި، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނަށް ވާދަ ނުކުރެވޭނެ ކަމަށް ނިންމައިފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތާ ގުޅިގެން މަހުލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އޭނާ އަށް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް އެ ޕާޓީން ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް މަހްލޫފު އެދިވަޑައިގަތީ އެވެ.

އެހެންވެ، އެ މައްސަލަ މުރާޖައާ ކުރުމަށް ފަހު، ގައުމީ މަޖިލީހުގެ އިންތިހާބީ ޝަކުވާ ބަލާ ކޮމިޓީން މިއަދު ނިންމީ އެ އިންތިހާބަށް މަހުލޫފްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށާއި އޭނާގެ ކެންޑިޑެސީ ބާތިލު ކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ.

ސަބަބެއް ގޮތުގައި އެ ކޮމިޓީން ބުނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެއްގެ ޝަރުތު މަހުލޫފްގެ ފުރިހަމަވިޔަސް ގައުމީ މަޖިލީހަށް އިންތިހާބުވާ މީހުންނަކީ އެ މަގާމުގެ ހައިސިއްޔަތުން ގައުމީ މަޖިލީހަށް އައްޔަން ކުރާ މެންބަރުންނަށް ނުވާތީ އެވެ. އަދި އިންތިހާބުގައި ވާދަ ކުރުމަށް ވަކި ޝަރުތުކެއް ކަނޑައެޅުމަކީ ގާނޫނު ދަންނަ ކަމެއް ކަމަށާއި އޭސީސީން މަހުލޫފްގެ މައްސަލައެއްގައި ދައުވާ ކުރަން ފޮނުވާފައިވާތީ އޭނާގެ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށް އެ ކޮމިޓީން ބުންޏެވެ.

މަހުލޫފަށް ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމި ނަމަވެސް ކުރިން އޭނާއާއެކު ކެންޑިޑެސީ ބާތިލު ކުރި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ މައްސަލަ މުރާޖައާ ކުރުމަށް ފަހު، އޭނާއަށް ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން ބަދަލު ކޮށް އަލުން އެ ފުރުސަތު ވަނީ ދީފަ އެވެ.

ގައުމީ މަޖިލީހުގެ އިންތިހާބުގައި މަހްލޫފް ވާދަކުރައްވަން ނިންމެވީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސަށެވެ.