Roadha Mihaaru
ބޮކްސާ ފެންނާތީ ޓްރެކްސޫޓްގެ އަގު 1،200 ޑޮލަރަށް

ބޮކްސާ ފެންނާތީ ޓްރެކްސޫޓްގެ އަގު 1،200 ޑޮލަރަށް

12 ސެޕްޓެމްބަރ 2021

ފެޝަން ކުންފުނިތަކުން މިހާރު ނެރޭ ބައެއް އުފެއްދުންތަކާ ހެދި، އެ މީހުންގެ ހިޔާލު ހުސްވެގެން އުޅެނީއޭ ބުނާ މީހުން ބައިވަރެވެ. މިއީ ވެސް އޭގެ އުފެއްދުމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފެޝަން ކުންފުނިތަކުން މިހާރު ނެރޭ ބައެއް އުފެއްދުންތަކާ ހެދި، އެ މީހުންގެ ހިޔާލު ހުސްވެގެން އުޅެނީއޭ ބުނާ މީހުން ބައިވަރެވެ. މިއީ ވެސް އޭގެ އުފެއްދުމެކެވެ.

ސްޕެއިންގެ މަޝްހޫރު ފެޝަން ކުންފުނި ބެލެންޝިއާގާގެ މި އުފެއްދުމަކީ ގަޔަށް ދޫ ޓްރެކްސޫޓް ބޮޓަމެކެވެ. މި ލައިގެން ހުންނައިރު ހީވާނީ އުނަގަނޑުމަތިން ޓްރެކްސޫޓް ސޮއްސައިލުމުން ބޮކްސާ ފެންނަހެންނެވެ. އެކަމަކު އެ ބޮކްސާ އަކީ ޓްރެކްސޫޓްގެ ބައެކެވެ.

ބައެއް މީހުން ބުނެފައިވަނީ މިއީ ބޮކްސާ ފެންނަ ގޮތަށް އުނަގަނގުމަތިން ސޮއްސާލައިގެން އުޅުމަކީ ރީތި ގޮތެއްކަން ރަސްމީކޮށް ކަނޑައެޅުމެވެ. އެކަމަކު މި ހިސާބަށް ވިސްނުން ގެންދިޔައީ ކީއްވެތޯ އެތައް ބަޔަކު ސުވާލުކޮށްފައިވެ އެވެ.

ބެލެންޝިއާގާގެ މި އުފެއްދުމުން ފާފެޗް ވެބްސައިޓްގައި ވިއްކަނީ 950 ޕައުންޑް (1,314 ޑޮލަރު) އަށެވެ.