Roadha Mihaaru

ވޯޓަށް ނުގޮސް އެމްޑީޕީގެ ދާއިރާތަކުގެ ގޮނޑިތަކަށް 100 އަށް ވުރެ ގިނަ ކެންޑިޑޭޓުން ހޮވިއްޖެ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެކި ދާއިރާތަކުގެ ގޮނޑިތަކަށް ވާދަކުރި 100 އަށް ވުރެ ކެންޑިޑޭޓުން، ވޯޓަކާ ނުލައި މިއަދު ހޮވިއްޖެ އެވެ.

ވޯޓަށް ނުގޮސް 100އަށްވުރެ ގިނަ ކެންޑިޑޭޓުން ހޮވިއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

14 ސެޕްޓެމްބަރ 2021

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެކި ދާއިރާތަކުގެ ގޮނޑިތަކަށް ވާދަކުރި 100 އަށް ވުރެ ކެންޑިޑޭޓުން، ވޯޓަކާ ނުލައި މިއަދު ހޮވިއްޖެ އެވެ.

މި އިންތިހާބުގައި އެކި ދާއިރާތަކުން އެންމެ ކެންޑިޑޭޓަކު ކުރިމަތިލުމުން ވޯޓަށް ނުގޮސް ހޮވުނު ކެންޑިޑޭޓުންގެ ލިސްޓު އެ ޕާޓީން ވަނީ އާންމުކޮށްފަ އެވެ. މި ލިސްޓުގައިވާ ގޮތުން ވޯޓަކާ ނުލައި 165 ކެންޑިޑޭޓަކު ވަނީ އެކި ދާއިރާތަކަށް ހޮވިފަ އެވެ. ސަބަބަކީ އެ ދާއިރާތަކަށް އިތުރު މީހަކު ކުރިމަތިލައިފައި ނެތުމެވެ.

އެމްޑީޕީގެ ގައުމީ ދާއިރާތަކުގެ އިންތިހާބު ބާއްވަން ތާވަލުކޮށްފައި ވަނީ މި މަހުގެ 25 ގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގުޅުން ގޯސްވެފައިވާކަން އެނގުނު ހިސާބުން، މި އިންތިހާބުގެ ވާދަވެރިކަން ވެސް އެމްޑީޕީގެ އެތެރޭގައި ވަނީ ވަރަށް ބޮޑުވެފަ އެވެ. އެ ޕާޓީ މިހާރު ދެ ފެކްޝަނަކަށް ބެހިފައިވާއިރު، ދެބައި މީހުންގެ މެދުގައި ވެސް ވާދަވެރިކަން ވަރަށް ބޮޑެވެ.

މި އިންތިހާބުގައި އެމްޑީޕީގެ 90،000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އަދި މި އިންތިހާބުގައި 455 މަގާމަކަށް މީހުން ހޮވަން ނިންމާފައިވާއިރު، 700 އަށް ވުރެ ކެންޑިޑޭޓުން އަންނަނީ ވާދަކުރަމުންނެވެ.