ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލުން އިމާރާތްކުރާ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅު އެ ކުންފުނީގެ މުވައްޒަފުންނާ ހަވާލުކުރަން ފަށާނެ ކަމަށް ސީއީއޯ ޝާހިދު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.
17 ސެޕްޓެމްބަރ 2021
ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލުން އިމާރާތްކުރާ ފްލެޓުތައް އަންނަ އަހަރުގެ ކުރީކޮޅު އެ ކުންފުނީގެ މުވައްޒަފުންނާ ހަވާލުކުރަން ފަށާނެ ކަމަށް ސީއީއޯ ޝާހިދު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޕީއެލްގެ 35 ވަނަ އަހަރީ ދުވަަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، އެ ކުންފުނީގެ ފްލެޓުތަކުގެ މަސައްކަތް މިހާރު ހަލުވި ކަމާއެކު ކުރިއަށް ގެންދާ ކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ހުރިހާ މަސައްކަތެއް ނިންމައިލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވިގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގަން ފެށި ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން އިމާރާތްކުރާ އެ ފްލެޓުތަކުގެ މަސައްކަތް ލަސްވީ ކޮވިޑް-19އާ އެކު ދިމާވި ދަތިތަކުގެ ސަބަބުންނެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަނީ އަންނަ އަހަރުގެ ކުރީކޮޅު ހިޔާ ޕްރޮޖެކްޓުގެ ފްލެޓުތަކުގެ މަސައްކަތް ނިންމައިލެވި، އަޅުގަނޑުމެންގެ މުވައްޒަފުންނާ އެ ފްލެޓުތައް ހަވާލު ކުރެވޭނެ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވަނީ ކޮވިޑް-19ގެ ހާލަތުގައި އެމްޕީއެލްގެ މުވައްޒަފުން ކޮށްދިން ހިދުމަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅު ވެފައި ވާތީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އިޔާދަ ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޕީއެލްގެ ހިދުމަތްތައް ކުރިމަގުގައި ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން އެ ކުންފުނީގެ މުވައްޒަފުން އިތުރަށް ތަމްރީނުކޮށް އިންސާނީ ވަސީލަތްތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އެގޮތުން، އެ ކުންފުނިން ދޭ ހިދުމަތްތަކާ ގުޅޭ ދާއިރާތަކުން މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި ފުރުސަތުގެ ދަށުން ފަސް މީހަކަށް ވަނީ ސްކޮލާޝިޕް ދީފަ އެވެ.
ޝާހިދު ވިދާޅުވިގޮތުގައި އެމްޕީއެލުން ވަނީ ކޮންމެ އަހަރަކު އޭލެވެލް އިން އެންމެ މަތިން ފާސް ހޯދާ ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ވެސް ނިންމައިފަ އެވެ. މި ފުރުސަތުގެ ދަށުން ކިޔެވުމުގެ ހުރިހާ ހަރަދެއް ކުރާނީ އެމްޕީއެލުންނެވެ.
މިރޭގެ ޖަލްސާގައި އެމްޕީއެލް އިން ވަނީ ކޮވިޑް-19ގެ ހާލަތުގައި ލޮކްޑައުންވެ ތިބެ ހިދުމަތް ދިން ހުރިހާ މުވައްޒަފުންނަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަދާނީ ލިޔުން ދީފަ އެވެ.
ޑައުންޕޭމަންޓެއް ނެތި ކުރިއަށް ދާން އުނދަގޫ:އެމްޕީއެލް
އެމްޕީއެލް މުވައްޒަފުންނަށް ފްލެޓް ދޭން ގުރު ނަގައިފި
ފްލެޓް މަޝްރޫއު ހިންގީ އެމްޕީއެލްއަށް ގެއްލުންވާ ގޮތަށް
އެމްޕީއެލްގެ ފްލެޓުތަކުން ކުލި ނަގަން ފަށަނީ
ހިޔާ ފްލެޓް ކުލި ހަމަޖައްސަން ބަޖެޓުން 177 މިލިއަން
އެމްޕީއެލް ފްލެޓްގެ އަގު ދެއްކުމުގައި އިތުރު ލުޔެއް
ކޯޓަށް ދިޔަޔަސް ނިންމުން ބަދަލެއް ނުވާނެ: އާބަންކޯ
އެމްޕީއެލް ފްލެޓަށް ފައިސާ ދެއްކުމަށް އިތުރު ލުޔެއްދީފި
މާ އުނދަގޫ ކަމަކީތަ؟ ނޫނީ ކުރަން ބޭނުން ނުވަނީތަ؟
ހިޔާގެ އާބާދީ އަށް އަހަރެއް، އަދިވެސް އެ ޝަކުވާގައި!