Roadha Mihaaru
މުމްބާއީ ބަލިކޮށް ޗެންނާއީ ސުޕަ ކިންގްސް އެއްވަނައަށް

މުމްބާއީ އިންޑިއަންސް ބަލިކޮށް ޗެންނާއީ ސުޕަ ކިންގްސް އެއްވަނައަށް ޖެހިލައިފި

20 ސެޕްޓެމްބަރ 2021

ދުބާއީ (ސެޕްޓެމްބަރު 20) - ކޮވިޑް-19 އާ ގުޅިގެން ހަތަރު މަސްދުވަހަށް ވުރެ ގިނަ ދުވަސްވަންދެން މެދުކަނޑާލާފައި އޮތް އިންޑިއަން ޕްރިމިއަ ލީގު (އައިޕީއެލް) ގެ ކުޅުން ޔޫއޭއީ އަށް ބަދަލުކޮށް ކުޅުނު ފުރަތަމަ މެޗުގައި ޗެމްޕިއަން މުމްބާއީ އިންޑިއަންސް ބަލިކޮށް، ޗެންނާއީ ސުޕަ ކިންގްސް ލީގު ޓޭބަލްގެ އެއްވަނައަށް ޖެހިލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދުބާއީ (ސެޕްޓެމްބަރު 20) - ކޮވިޑް-19 އާ ގުޅިގެން ހަތަރު މަސްދުވަހަށް ވުރެ ގިނަ ދުވަސްވަންދެން މެދުކަނޑާލާފައި އޮތް އިންޑިއަން ޕްރިމިއަ ލީގު (އައިޕީއެލް) ގެ ކުޅުން ޔޫއޭއީ އަށް ބަދަލުކޮށް ކުޅުނު ފުރަތަމަ މެޗުގައި ޗެމްޕިއަން މުމްބާއީ އިންޑިއަންސް ބަލިކޮށް، ޗެންނާއީ ސުޕަ ކިންގްސް ލީގު ޓޭބަލްގެ އެއްވަނައަށް ޖެހިލައިފި އެވެ.

ދުބާއީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ޗެންނާއީން ނިންމީ ބެޓު ކުރާށެވެ. އެ ޓީމުން 20 އޯވަރު ތެރޭ ހަ ކުޅުންތެރިން ނުބައި ވެގެން 156 ލަނޑު ހެދިއިރު، އޯޕަނިން ބެޓްސްމަން ރުތުރާޖް ގައިކްވާޑް ވަނީ ނުބައި ނުވެ 88 ލަނޑު ހަމަކޮށްފަ އެވެ. އަދި އޯލްރައުންޑާ ޑްވޭން ބްރާވޯ ވަނީ އަށް ބޯޅައިން 23 ލަނޑު ހަދައިފަ އެވެ.

ޖަވާބުގައި މުމްބާއީ އިންޑިއަންސް އިން ކުޅެން އަރައި 20 އޯވަރުތެރޭ އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 136 ލަނޑެވެ. މުމްބާއީ އިންޑިއަންސް އިން އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ، 50 ލަނޑު ހަމަކުރި ސޯރަބް ތިވާރީ އެވެ. ޗެންނާއީ ސުޕަ ކިންގްސް އަށް ކުޅޭ ޑްވޭން ބްރާވޯ ވަނީ މި އިނިންގްސްގައި ތިން ވިކެޓް ވެސް ނަގައިފަ އެވެ.

ޗެންނާއީ ސުޕަ ކިންގްސް އަކީ އައިޕީއެލްގެ އެންމެ ކާމިޔާބު އެއް ކުލަބެވެ. އެ ޓީމުން ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިރު އެއަށް ވުރެ ގިނައިން ލީގު ކާމިޔާބުކޮށްފައި ވަނީ މުމްބާއީ އިންޑިއަންސް އެވެ. މުމްބާއީ އިންޑިއަންސް ވަނީ ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރު ޔޫއޭއީގައި ބޭއްވި މުބާރާތުގައި ޗެންނާއީ އަށް ލީގު ނިންމާލަން ޖެހުނީ ތާވަލުގެ ހަތް ވަނައިގަ އެވެ.