Roadha Mihaaru
ކޮވިޑާ ގުޅޭ ޑޮކިއުމަންޓަރީއެއް ނެޓްފްލިކްސް އަށް

ކޮވިޑާ ގުޅޭ ޑޮކިއުމަންޓަރީއެއް ނެޓްފްލިކްސް އަށް

15 އޮކްޓޯބަރ 2021

ދުނިޔެ މިހާރު އޮތް ހާލަތާ ގުޅޭ އެއްޗެއް ބަލާލަން ބޭނުން ނަމަ ނެޓްފްލިކްސް ގެ "ކޮންވަޖެންސް: ކަރޭޖް އިން އަ ކްރައިސިސް" އަކީ ދޫކޮށްލާ ވަރުގެ އެއްޗެއް ނޫނެވެ. އަންގާރަ ދުވަހު ސްޓްރީމް ކުރަން ފެށި މި ޑޮކިއުމަންޓަރީ އަކީ ކޮވިޑް-19 ގެ ސަބަބުން ދިމާވި ކަންކަން ދައްކުވައިދޭ އެއްޗެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔެ މިހާރު އޮތް ހާލަތާ ގުޅޭ އެއްޗެއް ބަލާލަން ބޭނުން ނަމަ ނެޓްފްލިކްސް ގެ "ކޮންވަޖެންސް: ކަރޭޖް އިން އަ ކްރައިސިސް" އަކީ ދޫކޮށްލާ ވަރުގެ އެއްޗެއް ނޫނެވެ. އަންގާރަ ދުވަހު ސްޓްރީމް ކުރަން ފެށި މި ޑޮކިއުމަންޓަރީ އަކީ ކޮވިޑް-19 ގެ ސަބަބުން ދިމާވި ކަންކަން ދައްކުވައިދޭ އެއްޗެކެވެ.

އެއް ގަޑިއިރާއި 53 މިނިޓްގެ "ކޮންވަޖެންސް" އަކީ މިދިޔަ އަހަރުން ފެށިގެން މުޅި ދުނިޔެ ކުރިމަތިލާން ޖެހުނު ކޮވިޑްގެ ނުރައްކާތެރި ވަބާ އާއި އޭގެ ސަބަބުން ދިމާވި އެތައް ކަމެއް ފެނިގެންދާނެ އެއްޗެކެވެ. އެގޮތުން ބަލީގެ ހާލަތުގެ ސަބަބުން ދުނިޔޭގެ ގައުމުތަކަށް ދިމާވި ކަންކަމާއި ސިއްހީ ދާއިރާ އަށް އެރި ލޮޅުންތަކާއި ސިއްހީ އެހީތެރިކަން އުފުލަން ޖެހުނު ބުރަ އާއި ނުރައްކާތެރި ބޮޑު ބަލިމަޑުކަމަކާ އެކު ބައިބައިވުން އުފެދުން ފަދަ މައްސަލަތަކަށް މަގުފަހިވި ކަންކަން ޑޮކިއުމަންޓަރީގައި ދައްކުވައި ދޭނެ އެވެ.

ކޮވިޑަކީ ފަހުގެ ޒަމާނެއްގައި އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލިގެން ދިޔަ ވަބާ އެވެ. މުޅި ދުނިޔެ އަދިވެސް އޮތީ މި ބަލިމަޑުކަމުގެ ވޭނާއި ކެކުޅުންތަކުގެ ތެރޭގަ އެވެ.

ހަގީގަތާ ކުރިމަތިލާން ބޭނުން މީހުންނަށް "ކޮންވަޖެންސް" އަކީ ހަމަ ޔަގީނުން ވެސް ބޮޑު ފިލާވަޅަށް ވާނެ އެވެ. މި ޑައިރެކްޓް ކޮށްފައި ވަނީ ޑޮކިއުމަންޓަރީ ހަދައިގެން އޮސްކާ އެވޯޑް ވެސް ހާސިލު ކޮށްފައިވާ އޯލަންޑޯ ވޮން އެއިންސީޑެލް އެވެ.

އިނގިރޭސިވިލާތަށް އުފަން 41 އަހަރުގެ ޑައިރެކްޓަރު ގެނެސްދިން ޑޮކިއުމަންޓަރީތަކުގެ ތެރޭގައި 2018 ގެ "އީވްލީން" އާއި 2016 ގެ "ދަ ވައިޓް ހެލްމެޓްސް" އާއި 2014 ގެ "ވިރޫންގާ" އާއި 2013 ގެ "ވީ ރައިޑް: ދަ ސްޓޯރީ އޮފް ސްނޯބޯޑިން" އަދި 2010 ގެ "ސްކޭޓީސްތާން: ޓު ލިވް އެންޑް ސްކޭޓް ކާބުލް" ހިމެނެ އެވެ.

އޮސްކާ ހޯދި އޯލަންޑޯގެ ޑޮކިއުމަންޓަރީ އަކީ "ދަ ވައިޓް ހެލްމެޓްސް" އެވެ.