Roadha Mihaaru
ކެންގަރޫތަކެއް މަރާލުމުން ދެ ކުއްޖަކަށް ދައުވާކޮށްފި

ކެންގަރޫތަކެއް މަރާލުމުން ދެ ކުއްޖަކަށް ދައުވާކޮށްފި

13 އޮކްޓޯބަރ 2021

އޮސްޓްރޭލިއާގެ ފަހުރެއްގެ ގޮތުގައި ދެކޭ ޖަނަވާރެއް ކަމަށްވާ ކެންގަރޫތަކެއް މަރާލައިގެން އެ ގައުމުގެ 17 އަހަރުގެ ދެ ފިރިހެން ކުއްޖަކަށް ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޮސްޓްރޭލިއާގެ ފަހުރެއްގެ ގޮތުގައި ދެކޭ ޖަނަވާރެއް ކަމަށްވާ ކެންގަރޫތަކެއް މަރާލައިގެން އެ ގައުމުގެ 17 އަހަރުގެ ދެ ފިރިހެން ކުއްޖަކަށް ދައުވާކޮށްފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ސިޑްނީގެ އައްސޭރި ފަށުގެ ސަރަހައްދެއްގައި ދެ ކުދިން ވެގެން 14 ކެންގަރޫ މަރާލާފައިވެ އެވެ. އޭގެ ތެރެއިން ބައެއް އެއްޗެހި މަރާލާފައި ވަނީ ކާރަކުން ގަސްތުގައި ޖައްސާލައިގެންނެވެ. މަރާލި ކެންގަރޫތަކުގެ ތެރޭގައި ޅަ އެއްޗެހި ވެސް ހިމެނެ އެވެ.

މި ހާދިސާއާ ގުޅިގެން ނިއު ސައުތު ވޭލްސްގެ ފުލުހުން ދެ ކުދިން ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި އެ މީހުންގެ މައްޗަށް ގަސްތުގައި ޖަނަވާރުންތަކަކަށް އަނިޔާކޮށް މަރާލުމުގެ ދައުވާ ކޮށްފައިވެ އެވެ. ދައުވާގެ ފުރަތަމަ އަޑުއެހުން އަންނަ މަހަށް ތާވަލު ކޮށްފައިވެ އެވެ.

މި ދައުވާ ސާބިތުވެއްޖެ ނަމަ، ނިއު ސައުތު ވޭލްސްގައި އަމަލު ކުރަމުން އަންނަ ޖަނަވާރުންނާ ބެހޭ އާ ގާނޫނުގެ ދަށުން ދެ ކުދިންނަށް މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމަކާ އެކު 22،000 އޮސްޓްރޭލިއާ ޑޮލަރު (15،000 ޑޮލަރު) އިން ޖޫރިމަނާއެއް އަންނާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޮސްޓްރޭލިއާގައި ޖަނަވާރުންނަށް އަނިޔާ ކޮށްގެން އަހަރަކު 50،000 މައްސަލަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރެ އެވެ.