06 ޖޫން 2016
ކޮންމެ ދަރިވަރަކު ވެސް ބޭނުންވާނެ ކަމެއް އެބައޮތެވެ. ދިހަ އަހަރުގެ ކިޔެވުން ނިންމައިލާ އިރު ރަން ވަނައެއް އަދި މަައިންބަފައިން ފަހުރުވެރިވާނެ ފަދަ ނަތީޖާއެއް ހޯދުމެވެ. އެ އަށް ފަހު ފަށާ އޭ ލެވެލް އިމްތިހާނުން ވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދުމަކީ ތައުލީމީ ހަޔާތުގައި އެންމެ އުހުގައި އުޅޭ ދަރިވަރުން އެންމެ ބޭނުންވާނެ އެއް ކަންތަކެވެ. މިވާހަކަތައް ކިޔާލައިފިނަމަ މާ އުނދަގުލެއްނުވާނެ އެވެ.
ކޮންމެ ދަރިވަރަކު ވެސް ބޭނުންވާނެ ކަމެއް އެބައޮތެވެ. ދިހަ އަހަރުގެ ކިޔެވުން ނިންމައިލާ އިރު ރަން ވަނައެއް އަދި މަައިންބަފައިން ފަހުރުވެރިވާނެ ފަދަ ނަތީޖާއެއް ހޯދުމެވެ. އެ އަށް ފަހު ފަށާ އޭ ލެވެލް އިމްތިހާނުން ވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދުމަކީ ތައުލީމީ ހަޔާތުގައި އެންމެ އުހުގައި އުޅޭ ދަރިވަރުން އެންމެ ބޭނުންވާނެ އެއް ކަންތަކެވެ. މިވާހަކަތައް ކިޔާލައިފިނަމަ މާ އުނދަގުލެއްނުވާނެ އެވެ.
މި ދަރިވަރުން ދޭ ނަސޭހަތަކީ މިއީ އެވެ. ތައުލީމީ ދައުރުގައި ކާމިޔާބުވާން ބޭނުންނަމަ ބަރާބަރަށް ނަމާދު ކޮށް ސްކޫލުގައި ޓީޗަރުން ކިޔަވައިދޭ ފިލާވަޅުތަކަށް ސަމާލުކަން ދީގެން އަޑުއެހުމެވެ. އެވަރުން ވެސް ނުވާނަމަ އިންޓަނެޓާއި އެހެން ފޮތްތަކުން މައުލޫމާތު ހޯދައިގެން އެ އެއްޗެއްގައި ވާ ގޮތެއް ފީނައިގެން އެންމެ އަޑި އަށް ހޯދައި ބެލުމެވެ. އެއީ އޭލެވެލް އިން ރަންވަނަތަކެއް ހޯދި ދަރިވަރުން އެންމެ ސަމާލުކަން ދޭ ކަންކަމެވެ.
އޭ ލެެވެލް އިމްތިހާނުން އެއްވަނަ ހޯދި އަލްތާފަށް ރައީސް އިނާމު ދެއްވަނީ--ފޮޓޯ:ރައީސް އޮފީސް
ތިރީގައި މިވަނީ މިދިޔަ އަހަރު ބޭއްވި އޭލެވެލް އިމްތިހާނުން އެއް ވަނަ ހޯދި ބައެއް ދަރިވަރުން، ނަތީޖާ ރަނގަޅު ކުރުމަށާއި ކާމިޔާބުވާން ކުރި ބައެއް ކަންކަމެވެ.
އަހުމަދު ޒައިން ޒަރީރް
ޒައިން ބުނަނީ މިހެންނެވެ. ބަރާބަރަށް ނަމާދުކޮށް ދީނީ ކަންތައްތަކަށް އިސްކަންދިނުމަކީ ކިޔަވާ ދަރިވަރަކު އެންމެ އިސްކަންދޭންޖެހޭ އެއް ކަންތަކެވެ. އަދި 24 ގަޑިއިރު ކިޔެވުމާއިގެން ކުރިއަށް ދިއުމަކީ ވެސް އެންމެ ރަނގަޅުގޮތް ނޫން ކަމަށް ޒައިން ބުންޏެވެ. ކޮންމެ ދުވަހެއްގެ ވެސް އެއް ގަޑިއިރު އޭނަ ހޭދަކުރަނީ ފެތުން ފަދަ ސިކުނޑި އަށް ލުއިކަމެއް ލިބޭ ކަމެއް ކުރުމަށެވެ.
އިސްކަންދަރު ސްކޫލުން ތައުލީމީ ހަޔާތް ފެށި އިރު ވެސް އިތުރު ހަރަކާތްތަކުގެ އިތުރުން ކިޔެވުމުގެ ކަންކަމުގައި ބެލެންސްކޮށް ބައިވެރިވުމަކީ ޒައިން ވަރަށް އިސްކަންދިން ކަމެކެވެ. އަދި ނަމަކަށް ކަމެއް ކުރުމަކީ އޭނާ ބޭނުންވާ ކަމެއް ނޫނެވެ. ކުރާ ހުރިހާ ކަމަކަށް ވެސް އެކަށީގެންވާ ވަގުތު ދީ އެންމެ ރަނގަޅަށް ކުރުމަކީ ޒައިން، ޒައިން އަށް ވީ ސަބަބެެވެ.
ދަރުމަވަންތަ ސްކޫލުން ސީއެޗްއެސްއީ އަށް ބަދަލުވުމަށް ފަހު އިސްލާމް ފިލާވަޅުތައް ދަސް ކުރަން އޭނާ ދަނީ ގޭދޮށު މިސްކިތަށެވެ. ނަމާދު ކޮށްލައިގެން މިސްކިތުގައި ފޮތް ކިޔަން އިންނަނީ އޯ ލެވެލް އިމްތިހާންގެ އިސްލާމް ޓެސްޓުން އޭނާ އެންމެ ބޭނުންވި ނަތީޖާ ނުލިބުމުންނެވެ. މިސްކިތުގައި އިނދެ ކިޔަވަން ވަރަށް ފަސޭހަ ކަމަށާއި އޭގެ ސަބަބުން ބަދަލުތަކެއް އަންނަ ކަން ފާހަގަކުރެވޭ ކަމަށް ޒައިން ބުންޏެވެ. އަދި އިމްތިހާނެއް އޮތަސް އޭގެ ކުރިން ތައްޔާރު ވެވިފައި އޮތުމަކީ ހިތްހަމަޖެހިލައިގެން ޓެސްޓެއް ހަދައިލެވޭ އެއް ސަބަބު ކަން ޒައިން ވަނީ ދައްކައިދީފަ އެވެ.
"ބައެއް ކުދިން ކުރާ ކަމެއް މާދަމާ ޓެސްޓް އޮންނަންޏާ މިރޭ ފޮތް ކިޔަން އުޅުމަކީ. އެއްކޮށް ހޭލާ ހުރެގެން ފޮތް ކިޔައި ފަހު ވަގުތު ރަނގަޅަށް ދަސްނުކުރެވި ހުންނާނީ. ދެން ލަހުން ނިދާފައި ހެނދުނު ސައި ނުބޮއެ ދާނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެގޮތަކަށް ރަނގަޅަށް ޓެސްޓެއް ނުހެދޭނެ. އެހެންވެ ޒައިން ހަދާ ގޮތަކީ މާދަމާ ޓެސްޓް އޮންނަންޏާ މިރޭ ފޮތް ބަލާލާފައި އަވަހަށް ނިދަނީ. ދެން ޓެސްޓް ފެށުމުގެ ދެ ގަޑިއިރު ކުރިން ހޭލައިގެން ސައި ބޮއެލައިގެން ދެން ނޯޓްސްތައް ބަލާލަނީ،" ސ. މަރަދު އަށް އުފަން ޒައިން ބުންޏެވެ.
ބަޔޮލޮޖީ އާއި ކެމިސްޓްރީން ރާއްޖެ އިން އެއް ވަނަ ހޯދާފައިވާ ޒައިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ކުޑަ ބަނޑޮސް މާލެ ޕްރޮޖެކްޓް އެސިސްޓެންޓެއްގެ ގޮތުގަ އެވެ. އަދި އޭނާ އަންނަނީ އޭރޯނޮޓިކް އިންޖީނިއަރިން ކިޔަވަން މި އަހަރުގެ ސެޕްޓެމްބަރު ލަންޑަނަށް ދިއުމަށް ތައްޔާރު ވަމުންނެވެ.
މިދިޔަ އަހަރު ސީއެޗްއެސްސީގެ ގޭމްސް ކެޕްޓަންކަން ވެސް ކުރި ޒައިން ވަނީ އެ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ވެސް ހޯދާފައި ވެ އެވެ.
އޭ ލެވެލްއިން އެއްވަނަ ލިބުނު ޝާން އަށް ރައީސް ޔާމީން އެވޯޑު ހަވާލުކޮށްދެއްވަނީ.--ފޮޓޯ؛ ރައީސް އޮފީސް
އަހުމަދު ޝާން
އެންމެ ހިތްދަތިކަމަކަށް ދިމާވީ ލޯބިވާ އާއިލާ އާއި އެކުގައި އުޅެ ބޮޑުވި ރައްޓެހިން ދޫކޮށް މާލެ އަށް ކިޔަވަން އަންނަން ޖެހުމެވެ. އަހުމަދު ޝާން، 19، ބުނަނީ ބޭނުންވީ އާއިލާއާ ދުރުގައި ހުރެ ކިޔަވައިގެން ވެސް މަންމަމެން ފަހުރުވެރިވާ ފަދަ ނަތީޖާއެއް ހޯދުމަށެވެ. އޯ ލެވެލްގެ ނަތީޖާ އިން ޝާން ވަނީ ރާއްޖޭގެ ގަދަ ދިހަކުން ފަސް ވަނަ ހޯދައިފަ އެވެ. އަދި އިތުރު ހިތްވަރެއް ލައިގެން އޭނާ ވަނީ ފަސް މާއްދާ އިން އޭ ހޯދައިގެން އޭލެވެލް އިން އެއް ވަނަ ހޯދައިގެން ރައީސްގެ ސްކޮލަޝިޕް ވެސް ހޯދައިފަ އެވެ.
ޝާން ބުނީ އޭނާ އެންމެ އިސްކަމެއް ދިނީ އެ ދުވަހަކު ދޭ ފިލާވަޅުތައް ބަރާބަރަށް ހެދުމަށެވެ. އެއީ ފަހަށް ކަމެއް ކުރަން ބަހައްޓައިފި ނަމަ އެކަމަކީ އޭނާ އަށް ކުރަން އުނދަގޫވާނެ ކަމެއް ކަމަށް ވާތީ އެވެ.
"ކަމެއް ކުރަން ފަހަށް ބަހައްޓައިފިއްޔާ ސިކުނޑި ތެރޭގައި އޮންނާނީ، ދެން އޮތީ ފިލާވަޅޭ. އެކަމަކު ފުރަތަމަ އެކަން ކޮށްފިއްޔާ ސިކުނޑި އަށް އެ ލުއި ލިބޭނެ. އަދި ފިލާވަޅުތައް ދަސްކުރަން ވަގުތު ވެސް ލިބޭނެ. ދެން ކިޔަވަން ހުންނަ އެހެން އެއްޗެހި ދަސްކޮށްލެވޭނެ،" ރ. އިންނަމާދު އަށް އުފަން ޝާން ބުންޏެވެ.
އޭނާ ބުނީ ހަޔާތުގައި ވެސް އިމްތިހާނަކުން ފެއިލްވީ، ގްރޭޑް 11ގައި ހެދި އިކޮނޮމިކްސްގެ އެޑެކްސެލްގެ ޕޭޕަރަކުން ކަމަށެވެ. އެ ފަހަރު ދަސްވީ ބޮޑު ފިލާވަޅެއް ކަމަށް ގަބޫލުކޮށް ގަދަ އަޅައި ކުރި މަސައްކަތުން ގްރޭޑް 12ގައި އެ އިމްތިހާނުން އޭނާ ވަނީ ފުލް މާކްސް ހޯދައިފަ އެވެ.
"ގްރޭޑް 11 އަށް ކިޔަވަން ފަށާފައި ހިތަށް އެރި މިކަން ވާނެ ހެއްޔޭ. ދެން ހިތަށް އެރި އެހެން ކުދިންނަށް ވެސް މިކަން ވަންޏާ އަޅުގަނޑަށް ވެސް ވާނެއޭ. އެ ގޮތަށް އެ އަޒުމުގައި މަސައްކަތް ކޮށްފިއްޔާ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ،" ސީއެޗްއެސްސީން އޭ ލެވެލް ނިންމި ޝާން ބުންޏެވެ.
އެކައުންޓްސް އަދި ހިސާބުން ދުނިޔެއިން އެއްވަނަ ހޯދައިގެން ރާއްޖެއަށް ރީތި ނަން ހޯދައިދިން ނަޒާލް އަށް، މިދިޔަ އަހަރު ބޭއްވި ޖުމްހޫރި ދުވަހުގެ ޖަލްސާގައި ރައީސް އިނާމު ހަވާލުކޮށްދެއްވަނީ،--ފޮޓޯ:ރައީސް އޮފީސް
މުހައްމަދު ނަޒާލް އިބްރާހިމް
އޭލެވެލް އިމްތިހާނުން އެކައުންޓް އަދި ހިސާބުން ދުނިޔެ އިން އެއް ވަނަ ހޯދައިގެން ރައީސްގެ ހާއްސަ އިނާމު ހޯދާފައިވާ ނަޒާލް ބުނީ އޭނާ ވެސް ކިޔެވުމުގައި އެންމެ ހާއްސަކަމެއް ދިނީ ސްކޫލުގައި ކިޔަވައިދޭ އެއްޗެއް ރަނގަޅަށް އޮޅުން ފިލުވުމަށް ކަމަށެވެ.
"ރަނގަޅު ނަތީޖާއެއް ހޯދަންޏާ އެންމެ ރަނގަޅުވާނީ ބަރާބަރަށް ފިލާވަޅު ހެދުމާއި އޮޅުން އަރާ އެއްޗެހި އަމިއްލަ އަށް ނަމަވެސް ދަސްކޮށްލުން،" ކޮމްޕިއުޓާ ސައިންސްގެ ދާއިރާ އިން ކުރި އަށް ދާން ނިންމާފައިވާ ނަޒާލް ބުންޏެވެ.
އޯ ލެވެލްގެ އިމްތިހާނުން ވެސް ރާއްޖެ އިން އެއް ވަނަ ހޯދާފައިވާ ނަޒާލް އެންމެ އުއްމީދުކުރީ ސްކޮލަޝިޕަކަށެވެ. އަދި އެ ކަންތައްތައް ހާސިލްކުރަން ވެސް އެންމެ އުނދަގޫ ކަމަކަށް ދިމާވީ ވަގުތު މެނޭޖްކުރުން ކަމަށް ނަޒާލް ބުންޏެވެ. އެއީ ގްރޭޑް 11ގައި އުޅެމުން ޕާޓްޓައިމް ވަޒީފާއަކަށް ވެސް ދަމުންނެވެ.
"ސްކޫލަށާއި އެކްސްޓްރާ ކްލާސްތަކަށް ދަމުން އަދި ޖޮބަކަށް ވެސް ދަމުން ޓައިމް މެނޭޖްކުރަން އެންމެ އުނދަގޫވީ. އެންމެ ބޮޑު ޗެލެންޖަކީ ލިބޭ ވަގުތު ބޭނުން ކުރުން،" ސީއެޗްއެސްއީން އޭ ލެވެލް ނިންމާލުމަށް ފަހު ދިރާގާއި އުރީދޫގައި ވެސް މަސައްކަތްކުރި ނަޒާލް ބުންޏެވެ.
ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުންވާނަމަ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ނަޒާލް ބުނަނީ ދަސްކުރާ އެއްޗަކީ އެނގިގެން ދަސްކުރާ އެއްޗަކަށް ވުމާއި ޝައުގުވެރިވާ ފަދަ ގޮތަކަށް ދަސްކުރުމެވެ.
"ހަމައެކަނި ދަސްކުރުމުގެ ބަދަލުގައި ވާނުވާ އެނގިގެން ދަސް ކުރިއްޔާ ދަސްކުރި ކަމަށް އަސްލުވާނީ. ކޮންމެހެން ރަނގަޅު ނަތީޖާ ހޯދަން ބޭނުންވަންޏާ ހިތުދަސް ކުރުމުގެ ބަދަލުގައި އެ ބުނާ އެއްޗެއް އަންޑަސްޓޭންޑް ވާ ވަރަށް ދަސްކުރުމަކީ ވަރަށް މުހިއްމު ކަމެއް. އޭރުން ޝައުގުވެރިކަން ވެސް އުފެދޭނެ ކިޔެވުމާމެދު" ނަޒާލް ބުންޏެވެ.
ސީއެޗްއެސްއީގައި އާ އިމާރާތެއް އަޅަން އާރުސީސީ އަށް
އޭ ލެވެލްގެ އެއް ވަނަ: އަބަދުވެސް ކިޔަވަން މޮޅު
ޗައިނާއިން ސީއެޗްއެސްއީ އަށް އޭސީތަކެއް ހަދިޔާކޮށްފި
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ
ސީއެޗްއެސްއީގެ ކުރީގެ އިމާރާތް އަމީނިއްޔާއަށް ދީފި
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ދޭން ހޮޓްލައިނެއް
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
ހެނބަދޫ ދަރިވަރަށް އިނގިރޭސިން ދުނިޔޭން އެއް ވަނަ