26 ސެޕްޓެމްބަރ 2021
މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް ކުޑަކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ހަރަދުކުރުމަށްޓަކައި އަހަރަކު އެއް ބިލިޔަން ޑޮލަރު ހަރަދުކުރަން މުއްސަނދި ގައުމުތަކުން ވެފައިވާ ވައުދު ފުއްދަން އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްﷲ ޝާހިދު މިއަދު ގޮވަައިލައްވައިފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް ކުޑަކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ހަރަދުކުރުމަށްޓަކައި އަހަރަކު އެއް ބިލިޔަން ޑޮލަރު ހަރަދުކުރަން މުއްސަނދި ގައުމުތަކުން ވެފައިވާ ވައުދު ފުއްދަން އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްﷲ ޝާހިދު މިއަދު ގޮވަައިލައްވައިފި އެވެ.
އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ ގްލޯބަލް ސިޓިޒަންސް ކޮންސެޓް ބަލަން ވަދެ ތިބި 60،000 އަށް ވުރެ ގިނަ މީހުންނާ މުހާތަބުކުރައްވައި ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ކާރިސާގެ ޒިންމާ އެންމެން ނަގަން ޖެހޭ ކަމަށާއި އެއީ އެންމެނަށް ވެސް އެކަމުގެ އަސަރުކުރާތީ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.
ދުނިޔޭގެ ގިނަ އަދަދެއްގެ، މަޝްހޫރު ފަންނާނުން ލަވަކީ އެ ކޮންސެޓްގައި ވާހަކަ ދައްކަވަން ފުރުސަތު ލިބިވަޑައިގަތުމުން ވަަރަށް އުފާކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ލަވަ ކިޔޭނެ ނަމައޭ ހިތަށް އަރާ. އެކަމަކު މި ހާލަތުގައި، އަޅުގަނޑު އެންމެ ރަނގަޅުވާނީ މޫސުމީ ބަދަލާ ބެހޭ ގޮތުން ދައްކަން ހުރި ވާހަކަތައް ދެއްކިއްޔާ،" އޭނާ ވިދާޅުވި އެވެ.
“To world leaders, I ask you to RAISE your climate ambition that is necessary for a resilient, sustainable, and net-zero emissions future, by taking action now to put us on a pathway to cut global emissions in half by 2030.”
— UN GA President (@UN_PGA) September 26, 2021
My remarks at the #GlobalCitizen pic.twitter.com/4R39CSiEHA
މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންކުޑަކުރުމަށް، ދުނިޔެ ހޫނުވާ މިންވަރު ކުޑަކުރަން މަސައްކަތްކުރަން ޖެހެ އެވެ. އެގޮތުން ސިނާއީ ޒަމާނުގެ ކުރިން ދުނިޔޭގެ ފިނިހޫނުމިން ހުރިވަރަށް ވުރެ ފިނިހޫނުމިން މަތިވާ ވަރު 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ ކުޑަކުރުމަކީ ބައިނަލް އަގުވާމީ އަމާޒެކެވެ. ޝާހިދު ގޮޮވައިލެއްވީ އެ އަމާޒަށް ވާސިލުވެވޭ ގޮތަށް ދުނިޔޭގެ ވެރިން މަސައްކަތްކުރެއްވުމަށެވެ.
I ask you to choose optimism.
— UN GA President (@UN_PGA) September 26, 2021
To choose change; change how you consume, how you commute, and how you live.
Like in John Lennon’s song: “You may say I'm a dreamer” – but tonight I realised that “I'm not the only one.” #GlobalCitizen pic.twitter.com/C7qjNKDp9y
"އަދި އަޅުގަނޑު ގޮވާލަން، މުއްސަނދި ގައުމުތަކުން މީގެ ފަސް އަހަރުކުރިން ވީ ވައުދު ފުއްދަން. [އެއީ] ތަރައްގީވަމުން އަންނަ ގައުމުތަކަށް ކްލައިމެޓް ފަންޑިންގެ ގޮތުގައި އަހަރަކު 100 ބިލިޔަން ޑޮލަރު ހަރަދުކުރަންވީ ވައުދު. އޭގެ ދެބައިކުޅަ އެއްބައި ދާން ޖެހޭނީ ކްލައިމެޓް އެޑަޕްޓޭޝަނަށް،" ޝާހިދު ވިދާޅުވި އެވެ.
ދުނިޔެ ހޫނުވުމަށް މަގުފަހިވާ މާއްދާތައް ބޭރުކުރާ މިންވަރު 2030 ވަނަ އަހަރާ ހަމައަށް ދާއިރު މިހާރަށް ވުރެ ދެބައިކުޅަ އެއްބައި މަދުކުރަން މަސައްކަތްކުރަން ވެސް ގައުމުތަކުގެ ވެރިންނަށް އޭނާ ގޮވައިލެއްވި އެވެ.
What an Evening! ? I was honored to address the vibrant crowd at the #GlobalCitizen, a 24-hour global event promoted by and for those who want to defend the planet and defeat poverty. Let's place our bet on humankind! #PresidencyOfHope pic.twitter.com/XoNmHt7JVl
— Abdulla Shahid (@abdulla_shahid) September 26, 2021
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ނުރައްކާ ސިފަކޮށްްދެއްވަމުން ޝާހިދު ވިދާޅުވީ ރާއްޖެއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ އަސަރު އެންމެ ފުރަތަމަ ކުރާނެ ގައުމުކަމަށެވެ. އަދި މިއީ މި ގަރުނު ނިމޭއިރު ގެއްލިގެން ހިނގައިދާނެ ތަނެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަނޑުގެ ހިމާޔަތަށް ޒުވާނުން މުހިންމު: ޝާހިދު
ކްލައިމެޓް ޗޭންޖްގެ ގެއްލުން މިހާރު އިހުސާސްވޭ: ޝާހިދު
ޒިޔާންގެ ސިޓީ އދ.އަށް: ދުނިޔެ ހޫނުވުން ހުއްޓުވައިދީ
މޫސުމީ ބަދަލުތަކަށް ހައްލުހޯދުމަކީ އެންމެންގެ ޒިންމާއެއް
ތެލަށް 65 މިލިއަން ޑޮލަރު ހޭދަވެއްޖެ:ރައީސް
މޫސުމީ ގެއްލުންތަކާ ގުޅިގެން ދޭ އެހީ އިތުރުކުރަންޖެހޭ
ރާއްޖެއާއެކު 15ގައުމަކަށް 135މިލިއަން ޑޮލަރުގެ އެހީ
ރާއްޖޭގެ ނާޒުކުކަން ބަލިޔަފަކަށް ނުހަދާ: ރައީސް
ކުދި ގައުމުތަކަށް ސެކިއުރިޓީކައުންސިލް ގޮނޑިއެއް ހޯދަނީ
އިސްކަންދޭނީ ހަމަހަމަ ފުރުސަތު ހޯދައިދޭން: ޝާހިދު