ހޮލީވުޑްގެ އެކްޓަރު ޖޯޖް ކްލޫނީގެ ފޭނުންނަށް އޮތީ ވަރަށް އުފާވެރި ޚަބަރެކެވެ. މިހާރު ސްކްރީނުން ފެންނަލެއް ވަރަށް މަދުވެފައިވާ ހުނަރުވެރި ކާމިޔާބު އެކްޓަރުގެ ކުރިއަށް އޮތް ފިލްމު "މިޑްނައިޓް ސްކައި" ގެ ޓްރެއިލާ މިހާރު މި ވަނީ ދައްކާލައިފަ އެވެ.
03 ނޮވެމްބަރ 2020
ހޮލީވުޑްގެ އެކްޓަރު ޖޯޖް ކްލޫނީގެ ފޭނުންނަށް އޮތީ ވަރަށް އުފާވެރި ޚަބަރެކެވެ. މިހާރު ސްކްރީނުން ފެންނަލެއް ވަރަށް މަދުވެފައިވާ ހުނަރުވެރި ކާމިޔާބު އެކްޓަރުގެ ކުރިއަށް އޮތް ފިލްމު "މިޑްނައިޓް ސްކައި" ގެ ޓްރެއިލާ މިހާރު މި ވަނީ ދައްކާލައިފަ އެވެ.
ނެޓްފްލިކްސް އަންނަ މަހުގެ 23 ގައި ސްޓްރީމްކުރާ މި ފިލްމަކީ ކްލޫނީ ޑައިރެކްޓް ވެސް ކޮށްފައިވާ މީހެކެވެ. ޓްރެއިލާން ވަނީ "މިޑްނައިޓް ސްކައި" އަކީ އިންތިޒާރުކުރަން ޖެހޭ ވަރުގެ ފިލްމެއްކަން ސާބިތުކޮށްދީފަ އެވެ.
މި ފިލްމުގައި ކްލޫނީ ފެނިގެން ދާނީ ދުނިޔެ ސަލާމަތްކުރަން ހިންގާ މިޝަނަކަށް ނުކުމެ، އާކްޓިކްގައި އެކަނި ދުވަސްތަކެއް ހޭދަކުރާ އެސްޓްރޮނޯޓެއްގެ ރޯލެވެ. އެތަނުގައި ހުރެގެން އޭނާ ޖައްވީ މިޝަނަކަށް ދިޔަ އެސްޓްރޮނޯޓުންގެ ޓީމަށް އެނބުރި ދުނިޔެ އައުން ހުއްޓުވަން ކުރާ މަސައްކަތްތައް ވެސް ދައްކުވައި ދޭނެ އެވެ.
"މިޑްނައިޓް ސްކައި" އަކީ ލިޔުންތެރިޔާ ލިލީ ބުރުކްސް-ޑާލްޓަން 2016 ގައި ގެނެސްދިން ސައިންސް ފިކްޝަން ވާހަކަ "ގުޑް މޯނިން، މިޑްނައިޓް" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މާލް އެލް ސުމިތުގެ ސްކްރީންޕްލޭ އަށް ހަދާފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ފެލިސިޓީ ޖޯންސް، ޑޭވިޑް އޮޔެލޯވޯ، ކައިލް ޝޭންޑްލާ، ޓިފަނީ ބޫން، ސޯފީ ރަންޑްލް، އީތަން ޕެކް، ޓިމް ރަސް އަދި މިރިއަމް ޝޯރް ހިމެނެ އެވެ.
ކްލޫނީ، 59، ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިނީ 2017 ގައި މެޓް ޑޭމަން ޖޫލިއަން މޯ މުހިއްމު ރޯލްތައް ކުޅުނު ބްލެކް ކޮމެޑީ "ސަބާބިކޮން" އެވެ.
ނެޓްފްލިކްސްގެ "އެކްސްޓްރެކްޝަން 2" ގެ ޓީޒާއެއް
ލިއޮނާޑޯގެ "ޑޯންޓް ލުކް އަޕް" ގެ ޓްރެއިލާ
ޓްރެއިލާ އިން "ރެޑް ނޯޓިސް" ގެ ބާރު ދައްކާލައިފި
ކްރިސްގެ "އެކްސްޓްރެކްޝަން" ގެ ޓްރެއިލާ ދައްކާލައިފި
ނެޓްފްލިކްސްގެ ފީތައް އަނެއްކާވެސް ބޮޑުކުރަނީ
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
މިލީގެ "ޑެމްސެލް"ގެ ޓީޒާއެއް ނެރެފި
"ރެބެލް މޫން"ގެ ޓްރެއިލާ ނެރެފި
ނެޓްފްލިކްސްއަށް އެންމެން ފައިސާ ދައްކަންޖެހޭގޮތް ހަދަނީ
މި އަހަރު ނެޓްފްލިކްސް އަށް ކޮރެއާގެ 25 އުފެއްދުމެއް