Roadha Mihaaru
"ބިދޭސީ ވިޔަފާރި ނުހުއްޓުވެނީ ގާނޫނު ނެތިގެނެއް ނޫން"

ބިދޭސީން ވިޔަފާރިކުރުން ނުހުއްޓުވެނީ ގާނޫނު ނެތިގެނެއް ނޫން: އަލީ ހުސައިން

28 ސެޕްޓެމްބަރ 2021

ރާއްޖޭގެ ކުދި ވިޔަަފާރިތަކުގެ ތެރެއަށް ބިދޭސީން ވަނުން ނުހުއްޓުވެނީ ގާނޫނު ނެތިގެނެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ތަންފީޒީ އިދާރާތަކަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ކުދި ވިޔަަފާރިތަކުގެ ތެރެއަށް ބިދޭސީން ވަނުން ނުހުއްޓުވެނީ ގާނޫނު ނެތިގެނެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ތަންފީޒީ އިދާރާތަކަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އަލީ ވިދާޅުވީ ބިދޭސީން ހަދަންވީ އިތުރު ގާނޫނުތައް ނޫން ކަމަށާއި ބަލަންވީ، ތަންފީޒީ އިދާރާތަކުން ކުރާ ކަމެއް ކަމަށެވެ.

"ގާނޫނު ހެދިދާނެ ކިތަންމެ ވަަރަކަށް ވެސް. ގާނޫނުގެ މަތިން ގާނޫނު ހެދިދާނެ. މަތިމައްޗަށްް ގާނޫނު ހެދޭނެ،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ބިދޭސީން ވަދެފައިވާ ވަރުގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ މާލޭގެ ލޯކަލް މާރުކޭޓެވެ. އެތަނުގެ ގޮޮޅިތަކުގައި ވިޔަފާރިކުރާތާ އެތައް އަހަރެއް ވީ އިރު ވެސް ގޮޅި ނުލިބޭ ދިވެހިން އެބަތިބި ކަމަށާއި އެހެން ނަމަވެސް ބިދޭސީންނަށް ގޮޅި ލިބޭ ކަމުގެ ޝަކުވާ މީހުން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ މެދު އިދާރާތަކުން އަމަލުކުރާހާ ލުއިކޮށް ދުނިޔޭގެ އެއްވެސް ގައުމެއްގައި އަމަލުނުކުރާ ކަމަށް ވިދާޅުވެ، އޭގެ ބައެއް މިސާލުތައް ވެސް އަލީ ދެއްކެވި އެވެ.

"... ހަމަ ވިޔަފާރިއެއް ކޮށްލާފައި ސަރުކާރަށް ފިލައިގެން، ޖަލުގައި ބެހެއްޓުމަކީ ހަރަދުބޮޑުކަމެކޭ ކިޔާފައި ދޫކޮށްލާފައި، ކޮން ގައުމެއްގައިތޯ [އެގޮތަށް ބައިތިއްބާނީ]،" ރާއްޖޭގައި ކަންތައް ވާ ގޮތަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އެކަން ހިނގާ އުސޫލުން ކަންހިނގާ އެއްވެސް ގައުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބިދޭސީންނާ މެދު އެހާ ލުއިކޮށް ކަންތައް ކުރާ އިރު ދިވެހިންނަށް އެ ފުރުސަތު ނޯންނަ ކަމަށާއި، އެކަމަކު މާލޭގެ މަގުތަކުގައި ގާޑިޔަލަކަށް އަޅައިގެން އައިސްކްރީމް ވިއްކަން އުޅުނު ދިވެހި މީހާ ހައްޔަރުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަލީ ވިދާޅުވިގޮތުގައި އެ މީހާއާ ދޭތެރޭގައި އެގޮތަށް ކަންތައް ކުރެވުނީ އެކަށީގެންވާ ވަރަށް ވުރެ ވެސް ގިނައިން ގާނޫނުތައް ރާއްޖޭގައި ހުރީމަ އެވެ.

"އެއްވެސް ދިވެއްސަަކަށް މާލޭގެ މަގުމަތީގައި ހިކަނދިފަތްކޮޅެއް ވިއްކައިލުމުގެ ފުރުސަތެއް ނޯންނާނެ. [އެކަމަކު] ބޭރުމީހެއް ކުރާ ކަމަކަށް ވެއްޖެއްޔާ ހިފެހެއްޓޭކަށް ނޯންނާނެ،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ކުދި ވިޔަފާރިތައް ހިންގަން ދަތިވާ ފަދަ ގާނޫނުތަކާއި ގަވައިދުތައް އަދި ނަގާ ފީތައް ވެސް ގިނަ ކަަމަށެވެ. ވިޔަފާރިތަކުން އަހަރީ ފީގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީ އަށް ދައްކަން ޖެހޭ 3،000 ރުފިޔާއަކީ އޭނާ ވިދާޅުވި ގޮތުގައި އެފަދަ ފީއެކެވެ. އެ އަދަދަށް ފައިސާ ނަގާއިރު މިނިސްޓްރީން ވިޔަފާރިތަަކަށް ކޮށްދެނީ ކޮން ކަމެއްތޯ އޭނާ ސުވާލުކުރެއްވި އެވެ.