Roadha Mihaaru
ޓްރީޓޮޕުން ސްކިން އެލާޖީގެ ހާއްސަ ޓެސްޓަކާއި ތެރަޕީއެއް

ޓްރީޓޮޕުން ސްކިން އެލާޖީގެ ހާއްސަ ޓެސްޓަކާއި ތެރަޕީއެއް

30 ސެޕްޓެމްބަރ 2021

ޓްރީ ޓޮޕް ހޮސްޕިޓަލުން އެލާޖީ އަށް ހާއްސަ ޓެސްޓަކާއި އިމިއުނޮތެރަޕީގެ ހިދުމަތްތަކެއް ތައާރަފުކޮށްފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ޓްރީ ޓޮޕް ހޮސްޕިޓަލުން އެލާޖީ އަށް ހާއްސަ ޓެސްޓަކާއި އިމިއުނޮތެރަޕީގެ ހިދުމަތްތަކެއް ތައާރަފުކޮށްފި އެވެ.

އެ ހޮސްޕިޓަލުގެ އީއެންޓީ އަދި ރެސްޕިރޭޓަރީ ޑިޕާޓްމަންޓުން ތައާރަފުކުރި ސްކިން ޕްރިކް އެލާޖީ ޓެސްޓާއި އިމިއުނޮތެރަޕީން، އެލާޖީއެއްގެ އަސަރު ހުރިތޯ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބަލައިލެވޭނެ އެވެ.

ސްކިން އެލާޖީ ޓެސްޓް އާންމުގޮތެއްގައި ހަދަނީ އެކި ވައްތަރުގެ ކުނޑިއަށާއި ކާ އެއްޗިއްސަށް ނުވަތަ ހިރަފުހަށް އެލާޖީ ވޭތޯ ބެލުމަށެވެ.

ސްކިން އެލާޖީ ޓެސްޓު ހެދުމަށް ބޭނުންކުރާނީ ހާއްސަ ކަށްޓެކެވެ. އެއްވެސް ވަރަކަށް ތަދު އިހުސާސް ނުކުރެވި، ކުޑަ ވަގުތު ކޮޅެއް ތެރޭގައި ނިންމާލެވޭ މި ޓެސްޓު ހެދުމަށް ބޮޑެތި މީހުންގެ ބޭނުން ކުރާނީ މީހާގެ އަތެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އީއެންޓީ ޑިޕާޓްމަންޓަކީ ކަންފަތާއި ނޭފަތުގެ ސައިނަސް އާއި އަޑުފޮއްޓާއި އަނގަ އަދި ކަރުތެރޭގެ ބަލިތަކަށް ހާއްސަ ކުރެވިފައިވާ ޑިޕާޓްމެންޓެކެވެ. އަދި އެތެރެހަށީގެ ފަރުވާތަކުގެ ތެރޭގައި ފުއްޕާމޭގެ ހާއްސަ ޑިޕާޓްމަންޓަކީ ފުއްޕާމެ އާއި މޭ އަދި ނޭވާ ހޮޅިއާ ބެހޭ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓެކެވެ.

ނޭވާލުމުގައި ދިމާވާ އުދަގޫތަކާއި ކޮރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނޮރީ (ސީއޯޕީޑީ) ބައްޔާއި އިންޓަސްށިއަލް ލަންގް ބައްޔާއި، ލަންގް މެލިގްނެންސީސް އާއި މޭގެ އިންފެކްޝަންތަކާއި އަދި ނިދުމުގެ މައްސަލަތަކަށް އެ ހޮސްޕިޓަލުން ފަރުވާކޮށްދެ އެވެ.

ޓްރީ ޓޮޕުން އަލަށް ތައާރަފްކުރި ސްކިން އެލާޖީ ޓެސްޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އިސްކޮށް އެކަމުގައި އުޅޭނީ މެޑިކަލް މެނޭޖްމަންޓް އަދި އެޑްމިނިސްޓްރޭޝަން އާއި ކުއްލި ފަރުވާ އާއި އައިސީޔޫ އަދި އޮޓޮލޮޖީ ސާޖަރީ ދާއިރާކަމުގެ އެތައް އަހަރެއްގެ ތަޖުރިބާ ހޯދާފައިވާ އީއެންޓީގެ ސްޕެޝަލިސްޓް ޑރ. ޗަންދްރަޝޭކަރް ރަވަލް އެވެ. އޭނާގެ އިތުރުން ފުއްޕާމޭގެ ހާއްސަ ޑޮކްޓަރު ޑރ. ރަގުލާން ރާޖާލިންގަމް ވެސް އެކަމުގައި އިސްކޮށް އުޅުއްވާނެ އެވެ. ޑރ. ރަގުލާން އަކީ ސިއްހީ ދާއިރާގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ، އިންޑިއާގެ ޗެޓިނާޑް މެޑިކަލް ކޮލެޖް އަދި ރިސާޗް އިންސްޓިޓިއުޓުގައި އެސޯސިއޭޓް ޕްރެފެސަރުގެ މަގާމު އަދާކޮށްފައިވާ މީހެކެވެ.

އެ ހޮސްޕިޓަލުން ދޭ ހިދުމަތްތަކާ ބެހޭ ގޮތުން 3351610 ފޯނުން މައުލޫމާތު ލިބޭނެ އެވެ.